ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯ ހޯލްސޭލް ޕްރޮމޯޝަން: ކޮންމެ ހަފްތާއަކު ނަސީބުވެރި ތިން ފަރާތަކަށް ރަށު ޕިކަޕެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯ އިން ހިންގާ އަހަރުގެ ބޮޑު ސޭލް “އެސްޓީއޯ ރަމަޒާން ބަޒާރު 2022” ގެ ތެރެއިން ހޯލްސޭލް ކަސްޓަމަރުންނަށް ހާއްސަ ކޮށް “އެސްޓީއޯ ހޯލްސޭލް ޕްރޮމޯޝަން” މިއަދު ފަށައިފިއެވެ.

އެސްޓީއޯ ހޯލްސޭލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަންގައި ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ކޮންމެ ހަފްތާއަކު ނަސީބުވެރި ތިން ފަރާތެއް ހޮވައި ކޮންމެ ނަސީބުވެރިޔަކަށް ރަށު ޕިކަޕެއް ލިބިގެންދާނެ ކަމުގައި އެސްޓިއޯއިން ވަނީ ބުނެފައެވެ. އަދި އިތުރު ތިން ނަސީބުވެރިއަކު ހޮވާނެ އެވެ. މި ނަސީބުވެރިންނަށް ދިނުމަށް ހަމަޖެހިފައިވަނީ 1500ރ ގެ ގިފްޓް ވައުޗާރ އެކެވެ.

މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ދިނުމަށް ކަނޑައަޅާފައިވަނީ ދެ ވައްތަރެއްގެ އޮފާއެކެވެ. އޭގެތެރޭގައި ބަންޑަލް އޮފާތައް އަދި ކޫޕަންގެ އޮފާތައް ހިމެނެއެވެ.

ކޮންމެ 1000 ރ އިން މަތީގެ ވިޔަފާރިއަކަށް ކޫޕަންއެއް ލިބޭނެއެވެ. އޭގެ ތެރެއިން ހޮވޭ ތިން ނަސީބުވެރިއަކަށް 1500ރ ގެ ގިފްޓް ވައުޗާރ އެއް ލިބިގެންދާނެ ކަމުގައި އެސްޓިއޯއިން ބުންޏެވެ.

ބަންޑަލް އޮފާތަކުގެ ތެރޭގައި ބައްލަވައިގަންނަވާ 400 ގްރާމް ކްރޫގަރ ޕާސްތާ ނުސާ ޗޮކްލެޓް ސްޕްރެޑް ގެ ކޮންމެ 2 ކާޓަން އަކަށް 400 ގްރާމް ކްރޫގަރ ޕާސްތާ ނުސާ ޑާކް ޗޮކްލެޓް ސްޕްރެޑް ކާރޓަންއެއް ހިލޭ ލިބޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ކްރޫގަރ ޕާސްތާ ނުސާ ޑުއޯ ސްޕްރެޑް 400 ގްރާމް ކާރޓަންއެއް ބައްލަވައި ގަނެގެން ކުރޫގަރ ކޮކޯ ޕައުޑަރ 250 ގްރާމް ގެ ކާރޓަން އެއް ހިލޭ ލިބޭނެއެވެ.

އަލްނޫރު ހިކި ކިރު ކޮންމެ 2 ކާރޓަންއަކަށް ޑާރކް ޗޮކްލެޓް ޕާސްތާ ނުސާ 400ގްރާމް 1 ކާރޓަން ހިލޭ ލިބިލައްވާނެ ކަމުގައިވެސް އެސްޓީއޯއިން ވަނީ ބުނެފައެެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 1 މާރޗް 2022 އިން ފެށިގެން 30 އޭޕްރިލް 2022 ގެ ނިޔަލަށެވެ.

ހޯމް އިމްޕްރޫވްމަންޓް ފިހާރަ އަދި ރީޖަނަލް ފިހާރަ ތަކުގައި މި މުއްދަތުގެ ތެރޭގައި ސޭލް ކުރިއަށް ދާނެ ކަމުގައި އެސްޓީއޯއިން ހާމަ ކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: