ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީ ދޫކޮށް އެހެން މޭޒެއްގައި ތިބެ ގޮނޑި ނުހޯދޭނެ: ހަސަންޓޭ

އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ވަގަށްތިބެ އެހެން މޭޒެއްގައި ތިބެ ކެންޑިޑޭޓުން ހޮވައިގެން ތަންތަނަށް ކުރިމަތިލައިގެން އުޅޭކަމަށް ވާނަމަ އުނދަގޫތައް ވާނެކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔަ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައިގައި ވާހަކަ ދައްކަވަމުން ހަސަންޓޭ ވިދާޅުވީ އެމްޑީޕީ ނޫން އެހެން ޕާޓީތަކުން ވަގަަށް އެހެން މޭޒެއްގައި ތިބެ ނެރޭ ކެންޑިޑޭޓުން ހޮވަން އުނދަގޫވާނެކަމުގައެވެ.

ހަސަންޓޭ މިމޭރުމަކުން ވާހަކަ ދައްކަވާފައިވަނީ އެމްޑީޕީގެ އާންމު މެމްބަރެއް ކަމަށްވާ އާމިރު ދުވާފަރު ހޮސްޕިޓަލްގައި މަސައްކަތް ކުރަމުން ދަނިކޮށް އޭނާ ޗެއަރޕާސަން އިންތިހާބުގައި އިންތިއަށް ކެމްޕޭން ކުރާކަމަށް ބުނެ ވަޒީފާއިން ވަކި ކުރުމާއި ގުޅިގެން މަޖިލީހަށް ހުށައެޅުނު ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން ކަމުގައިވެސް ފާހަގަކުރެވިފައިވެއެވެ،

ބާރާއި ނުފޫޒު ފޯރުވައިގެން އިންސާނެއްގެ ކައިބޮއި މުއްތިކުރަން ހުންނަ ވަޒީފާއިން ވަކި ކުރުމަކީ ދެރަވަރުކަމެއްކަމުގައި ހަސަންޓޭ ވިދާޅުވިއެވެ. މީހަކު ވަޒީފާއިން ވަކިކުރުމަށް ބުނާ މީހާ ބުނާއިރު މާދަމާ އެމީހަކަށް ވާނެ ގޮތް ދެކެން ޖެހޭނެ ކަމުގައި ހަސަންޓޭ ވިދާޅުވިއެވެ.

ސަރުކާރެއް ބިނާވެގެން އަންނަނީ ޕާޓީގެ އާންމު މެމްބަރުންނާއި ޕާޓީގެ ލީޑަޝިޕާއިއެކު މަސައްކަތްތަކެއް ކޮށްގެން ކަމަށާއި ޕާޓީ ދޫކޮށް އެހެން މޭޒުތަކުގެ ތެރޭގައި ކެންޑިޑޭޓުން ނެރެގެން ގޮނޑި ހޯދަން އުނދަގޫވާނެ ކަމުގައި ހަސަންޓޭ ވިދާޅުވިއެވެ.

” ޕާޓީ ދޫކޮށް އެހެން މޭޒެއްގައި ތިބެ ކެންޑިޑޭޓޫން ނެރެންޏާ ގޮނޑިހޯދަން އުނދަގޫވާނެ.” އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު

ހަސަންޓޭ ވިދާޅުވީ މަޝްވަރާގެ މަތީން ރިވެތި އުސޫލުތަކާއި އެއްގޮތަށް ގޮނޑި ކާމިޔާބު ކުރަން މަސައްކަތް ކުރާނަމަ އުނދަގޫ ނުވާނެކަމަށެވެ.

އެމްޑީޕީގެ ފަލްސަފާ އަކީ ރިވެތި ގޮތުގައި ހަމަތަކާއި އުސޫލުތަކުގެ ތެރެއިން އިންތިހާބުތައް ކާމިޔާބު ކުރުން ކަމުގައިވެސް ހަސަންޓޭ ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެމީހަކު ބޭނުން މީހަކަށް ތާއީދު ކުރުމުގެ އިހްތިޔާރު އޮންނަން ޖެހޭ ކަމަށާއި އެކަމުގައި ރުޅިވެރިކަމާއި ނަފްރަތާއި ދެބަސްވުން އޮވެގެން ނުވާނެ ކަމުގައިވެސް ހަސަންޓޭ ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް ޕާޓީ ތެރޭގައި ހިޔާލު ތަފާތުވުން ތަކެއް އުފެދި އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ  މެދުގައި ބައިބައިވުން އުފެދިފައިވާ މި ދަނޑިވަޅުގައި ފަހަކަށް އައިސް މަޖިލިސް ތެރޭގައި އެއް މެމްބަރަކު އަނެއް މެމްބަރަކަށް ބަހުގެ ހަމަލާދިނުން އާންމުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: