ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައްޔާޒްގެ ޖަލްސާއަށް ފަހު ފުރައްސަރާއި މަލާމާތާއި ދަނީ ކުރިމަތިވަމުން: ޝާހިދު

ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޗެއާޕާސަނަކަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ކެމްޕޭން ޖަލްސާގައި ބައިވެރިވީތީ އެމްޑީޕީގައި އެންމެ އިސްކޮށް އުޅުއްވާ ބޭފުޅުންގެ މަލާމާތާއި ފުރައްސާރަ ކުރުން ރައްދުވާ ކަމަށް ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހަބާއި ދިމާކޮށް ނުފޫޒު ފޯރުވައި ވަޒީފާގެ ބިރު ދައްކަމުންދާކަމަށް ބުނެ މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައާއި އެކު އެމްޑީޕީގެ އެތެރޭގެ މައްސަލަތައް އަނެއްކާވެސް ވަނީ ބޮޑުވެފަ އެވެ. އަދި މިއަދުގެ ޖަލްސާގައި އެއް މެމްބަރު އަނެއް މެމްބަރަށް ބަހުގެ ހަމަލާތައް ދިންއިރު، ބައެއް ބޭފުޅުން ޕާޓީއާއި މެދު ގެންގުޅޭ އިހުލާސްތެރިކަމާއި މެދު ވެސް ސުވާލު އުފައްދާފައި ވެއެވެ.

ކުއްލި މައްސަލައިގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ފައްޔާޒްގެ ކެމްޕޭން ޖަލްސާގައި ބައިވެރިވީ ވަގުންކަމާއި އެއީ ހިޔާނަތްތެރިން ކަމުގައި އެމްޑީޕީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ސިފަކުރައްވަމުން ގެންދަވާ ކަމުގައެވެ.

މީގެ އިތުރުން މަޖިލީހުގައި ކޮރަޕްޝަންގެ ވާހަކަ ދައްކަމުން ދިޔަ އިރު ވަކި ބޭފުޅެއްގެ މޫނު ފެނުނީމާ އޭނާ އަކީ ކޮރަޕްޓް ބޭފުޅެއްކަން އެނގޭކަމަށް ވިދާޅުވި ބޭފުޅުން މަޖިލިސްގައި ތިއްބެވި ކަމަށާއި އެއީ ބޭއިންސާފެއް ކަމުގައި ޝާހިދު ވިދާޅުވިއެވެ.

ބޭއިންސާފުވެރި ބޭފުޅުން މިއަދު އިންސާފޭ ވިދާޅުވާއިރު ބައެއް ބޭފުޅުންނަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަކި މައްސަލައެއް ހެކި ނެތުމުގެ ސަބަބުން ނުބެލޭނެ ކަމުގައި ކަނޑައެޅުމުންވެސް މަޖިލީހަށް އެ މައްސަލައާއި ގުޅުންހުރި މީހަކު ހާޒިރުކޮށް އެމައްސަލަ ގަދަކަމުން ބެލުމަށް އަންގާފައިވާ މީހުން ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ޕީޖީއަށް ފޮނުވާ މައްސަލަތައް މަޖިލިސް މެމްބަރުންގެ ނުފޫޒުން ނުބެލޭނެ ކަމުގައި ކަނޑައަޅާ މެމްބަރުން ތިއްބެވި ކަމަށާއި އެބޭފުޅަކު ޗެއަޕާސަން ކަމުގެ ކެންޑިޑޭޓެއްގެ ގޮތުގައި ވެވަޑައިގެން މަޖިލިސްގައި އިންނަވައި ނާއިންސާފުގެ ވާހަކަ ދެއްކެވީމާ ވަކިން ހުތުުރު ކަމުގައި އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑުމެން ދެނަހުރިން ޕީޖީން ވަކިމައްސަލެއް ނުބެލޭނެ ކަމަށް، ހެކިނެތް ކަމަށް ވިދާޅުވީމާ މިތަނުން އެބޭފުޅާ ގެންނަވާ ބަލަން ޖެހޭނެއޭ އެންގެވި ބޭފުޅުން. އަދި ކޮބާ؟ ބައެއް ބޭފުޅުންގެ މައްސަލަތައް ފޮނުއްވީމަ އެ މައްސަލަ ބެލިގެން ނުވާނެއޭ ބުނި ބޭފުޅުންވެސް އެބަތިބި. މިބޭފުޅުން އިންސާފޭ ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން  ކެންޑިޑޭޓަކު އަމިއްލަފުޅަށް ތިމަންނަމީ ކެންޑިޑޭޓެއްގެ ގޮތުގައި އިންނަވައިގެން މިތަނުގައި ނާއިންސާފުގެ ވާހަކަ ދެއްކީމާ އަދި ވަކިން ހުތުރު.” ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު

އޭނާ އިތުރަށް ވިދާޅުވީ އެފަދަ ވާހަކަތައް އެހެން ދެއްކުމަކީ ވިޔާނުދާ ކަމެއް ކަމަށާއި އިމްތިޔާޒް ފަހުމީ އަކަށް ވުރެ ފައްޔާޒް އިސްމާއީލްގެ އިހްލާސްތެރިކަން ކުޑަ ނުވާނެ ކަމުގައެެވެ.

“އެނގިވަޑައިގަންނަވާނެ އިމްތިޔާޒް ފަހުމީ އަކަށް ވުރެ ފައްޔާޒް އިސްމާއީލްގެ އިހްލާސްތެރިކަމެއް ވަކި ކުޑައެއް ނުވާނެ. އެއީ ހަމަ މިއޮތް ސަރުކާރު ގެންނަން ވެގެން މަސައްކަތް ކުރެއްވި ބޭފުޅެއް.” މެމްބަރު ޝާހިދު

ޝާހިދު ވިދާޅުވީ ފައްޔާޒަކީ މިސަރުކާރު ގެންނަން މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި އަދި އެއީ ސޯޝަލް ލިބަރަލް ޕާޓީ ބޭފުޅެއްކަމަށް ނުބުނެވޭނެ ކަމަށެވެ. ސޯޝަލް ލިބަރަލް ޕާޓީއަކީ އެމްޑީޕީ އުފެދިގެން އައުމަށް ފަހު، ޕާޓީގެ ރައީސަކަށް އިބްރާހިމް އިސްމާއިލް (އިބްރާ) ހުންނަވަނިކޮށް އޭނާ އެ ޕާޓީން ބޭރުކުރުމުން އުފެއްދި ޕާޓީއެކެވެ. ފައްޔާޒަކީ އިބްރާގެ ކޮއްކޮ އެވެ.

ފައްޔާޒަކީ އެހެން ޕާޓީއެެއްގެ ބޭފުޅެއްކަމަށް ބުނެ ވާހަކަ ދައްކާތީ، ނުރުހުންފާޅުކޮށް ޝާހިދު ވިދާޅުވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެންމެ ފަހުން ޗެއާޕާސަނެއްގެ ގޮތުގައި ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ހަސަން ލަތީފަކީ ވެސް ސޯޝަލް ލިބެރަލް ޕާޓީން އެމްޑީޕީއާއި ގުޅިވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. އެހެންކަމުން އިހްލާސްތެރިކަމަކީ ވަކި މީހަކަށް އޮންނަ ކަމެއް ނޫން ކަމަށާއި ކޮންމެ މީހަކަށްވެސް އިޚްލާސްތެރިވެވިދާނެ ކަމުގައި ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވާހަކަފުޅުކުރިއަށް ގެންދަވަނިކޮށް އުނގޫގާރު ދާއިރާގެ މެމްބަރު އަދި ޗެރަރޕާސަން ކެންޑިޑޭޓް އިމްތިޔާޒް ފަހުމީގެ ސްޕޯކްސްޕާސަން މުހައްމަދު ވަހީދު ނިޒާމީ ނުކުތާ ނަންގަވައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެއްވެސް މުޒާހިރާ އަކަށް ވަޑައިގެންނެވިންތޯ އޭނާއަށް ސުވާލު ދެންނެވިއެވެ. ޖަވާބުގައި ޝާހިދު ވިދާޅުވީ އެބޭފުޅާއަށް ޖަވާބު އަރުވަން ނުޖެހޭނެ ކަމަށާއި އެބޭފުޅާއަށް ޝާހިދު ނުދާ މުޒާހަރާއެއްގައި ނުހުރެވޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: