ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯއިން ދުނިޔޭގެ ފެންވަރުގައި ތެޔޮ ޓެސްޓް ކުރެވޭ ލެބޯޓްރީއެއް ރާއްޖޭގައި!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އެތެރެކުރާ ތެޔޮ ރާއްޖެއިން ޓެސްޓުކޮށް އޭގެ ހަގީގަތް ދެނެގަނެ ކޮލިޓީ ޓެސްޓް ކުރެވޭނެ އިންތިޒާމްތަށް ހަމަޖެހިފައިވާ ފިއުލް ޓެސްޓިން ލެބޯރަޓަރީއެއް އެސްޓީއޯއިން މިއަދު ހުޅުވައިފި އެވެ.

އެކަމަށްޓަކައ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ލެބޯޓްރީ އިފްތިތާހުކޮށްދެއްވާފައި ވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އާއި، ކުންފުނީގެ ޗެއާމަން ހާމިދު ނަޝީދެވެ.

މި ލެބޯޓްރީ ގާއިމް ކޮށްފައި ވަނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައެވެ. ލެބޯތްރީ އޮޕަރޭޓް ކުރެއްވުމުގައި ހަރާކާތްތެރި ވާނީ ޕްރޮޑަކްޓް ޓެސްޓިންގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ޖީއީއޯ ކެމް މިޑްލްއީސްޓް ކުންފުނިން ކަމުގައި އެސްޓިއޯއިން ބުންޏެވެ. އަދި ލެބޯޓްރީގެ ސަބަބުން ރާއްޖެއަށް އެތެރޭ ކުރެވޭ ފިއުލްތައް ރާއްޖެއިން އަވަސް ކަމާއިއެކު ޓެސްޓު ކުރެވޭނޭ ކަމުގައި ފާހަގަކޮށް އެސްޓީއޯއިން ބުނީ މިއީ މިހާރު ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވައިގެން ޓެސްޓުކުރާ ފަރާތްތަކަށް ލިބޭ ބޮޑު ލުޔެއް ކަމަށެވެ.

މިގޮތުން ފާހަގަ ކޮށްފައި ވަނީ އޭވިއޭޝަން ދާއިރާގައި ބޭނުންކުރާ ޖެޓް ފިއުލް ޝިޕްމަންޓްތަކެވެ.

މި ޝިޕްމެންޓްތައް ކޮންމެ ފަހަރަކު ރާއްޖެ އެތެރެ ކުރުމަށްފަހު ރިޓެސްޓް ކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވާ ފޮނުވުމުގެ ނިމުން ކަމުގައި މި ލެބޯޓްރީ ވެގެންދާނެ ކަމުގައި އެސްޓީއޯއިން މައުލޫމާތު ދިނެވެ.

މި ލެބޯޓްރީއަށް ދުނިޔޭގެ ފެންވަރުގައި ގަބޫލުކުރާ ފާސްތަށް ލިބިގެންދާނެ ކަން ފާހަގަ ކުރައްވަމުން އެސްޓީޢޯގެ ޗެއަރޕާސަން އަމްރު ވިދާޅުވީ މިހެން ކަމުން މި ލެބޯޓަރީން ދޫކުރާ ޓެސްޓް ސެޓްފިކެޓް ދުނިޔޭގެ ކޮންމެ ތަނަކުންވެސް ބަލައިގަންނާނެ ކަމަށެވެ.

މިފަދަ ލެބޯޓްރީއެއް ހުޅުވިގެން ދިޔުމަކީ ވަރަށް ބުރަ މަސައްކަތުން ކުރެވުނު ކަމެއްކަމަށާއި މިއީ އެ ކުންފުނީގެ އިތުރުން ރާއްޖެއަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަން އަމްރުވަނީ ފާހަގަ ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: