ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެމްޕޭނަށް އިންތި މާދަމާ އައްޑުއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އައްޑު އަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެ އެވެ.

އިންތި ވިދާޅުވީ މާދަމާ އިން ފެށިގެން އަންނަ އާދީއްތަ ދުވަހަށް ޗެއާޕާސަން އިންތިޚާބުގެ ކެމްޕޭން ދަތުރެއްގައި އައްޑޫ އަށް ވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން އައްޑޫ ރައްޔިތުންނާ ބައްދަލުކޮށްލުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށް އިންތި ވިދާޅުވި އެވެ.

އިންތި ވަނީ މިދިޔަ ހަފްތާ ބަންދުގައި ފުވައްމުލަކު ސިޓީ އަށް ވަޑައިގެން ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.

އަންނަ އޭޕްރިލް މަހު 16 ގައި ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި އިންތިއާ ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ.

އެމްޑީޕީގެ ޗެއާޕާސަންއަކީ ޕާޓީގެ އެތެރޭގައި ހިންގުމުގެ އެންމެހާ ކަންކަން އިންތިޒާމުކޮށް ރާވާ ބަލަހައްޓާ ފަރާތެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ކޮންގްރެސްއާއި ގައުމީ މަޖިލިސް އަދި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުން އަދި ދާއިރާތަކުގެ ހިންގާ ކޮމިޓީގެ އިންތިހާބުތައް އިންތިޒާމުކޮށް ހިންގުން އަދި ޕާޓީގެ އިދާރީ ކަންކަމުގެ އެންމެހާ މަސްއޫލިއްޔަތުތައްވެސް އުފުއްލަވާނީ ޗެއާޕާސަންއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: