ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބު ފަސްކުރަން އިންތިގެ ޓީމުން ދެކޮޅު: “ވޯޓު ގަޑުބަޑު ކުރަން ފުރުސަތު ނުދޭނަން”

އިންތިގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ތާރީހަށް ބަދަލު ގެނެސް ފަސް ކުރަން ބޭނުން ނުވާކަމަށް، އެ މަގާމަށް ވާދަކުރާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ކެމްޕެއިން ޓީމުން ބުނެފި އެވެ.

އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް، ވޯޓުލާ ތާރީހަށް ބަދަލު ގެނައުމަށް އެންމެ ފުރަތަމަ ވާހަކަ ދެއްކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ކެމްޕެއިން ޓީމުންނެވެ. އެކަމަށް އިންތިގެ ކެމްޕެއިން ޓީމުން އެއްބަސްވެދާނަން ތޯ “ސަންގު” އިން ސުވާލު ކުރުމުން އިންތިގެ ތަރުޖަމާނު އަދި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ އިންތިހާބަކަށް ވަކި ތާރީހެއް ކަނޑައަޅަނީ ވަރަށް ގިނަ ވިސްނުންތަކާއި މަޝްވަރާއަށް ފަހުކަމަށް ދެކޭކަމަށެވެ. އެހެން ކަމުން އިންތިހާބެއްގެ ތާރީހެއް އެއްވެސް ގޮތަކަށް ލަސް ކުރުން ގަބޫލެއް ނޫންކަމަށް ވައްޑެ ވިދާޅުވި އެވެ.

ވައްޑެ ވިދާޅުވީ އިންތިހާބު ބާއްވާ ތާރީހާއި ކުޅުމުގެ ފުރުސަތު އެއްވެސް ބަޔަކަށް އޮވެގެން ނުވާނެކަމަށާއި، ކެމްޕެއިން ޓީމަކުން މުޅި މަސައްކަތް ބިނާ ކުރަނީ އޭގެ މައްޗަށް ކަމަށެޗެ.

“އިންތިހާބު އެއްވެސް ގޮތަކަށް ލަސްކުރެވިގެން ނުވާނެ… އިންތިހާބަކާއި އެއްވެސް ގޮތަކުން ކުޅެވިގެން ނުވާނެ…” ވައްޑޭ

ޗެއާޕާސަންގެ އިންތިހާބު އޮތީ ރޯދަ މަހުގެ ތެރޭގައިކަމަށް ވުމުން ފައްޔާޒްގެ ފަރާތުން ވަނީ އިންތިހާބުގެ ތާރީހު ފަސް ކުރަން ނުވަތަ ރޯދައިގެ ކުރިޔަށް ބަދަލު ކުުރަން ހުށަހަޅާފަ އެވެ. ނަމަވެސް އެކަމަށް ދެކޮޅު ހަދައި ވައްޑެ ވިދާޅުވީ އިންތިހާބުގައި އޮޅުވާލުންތަކަށާއި، މަކަރު ހެދުމަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ.

ވައްޑެ ވިދާޅުވި ގޮތުގައި އިންތިހާބު އަވަސް ކުރުމަށް ކޮންމެވެސް ވަރެއްގެ މަޝްވަރާއަކަށް ދެވިދާނެ އެވެ. އަދި ގަބޫލު ނޫނީ ފަސް ކުރަންކަން އޭނާ ފާހަގަ ކުރި އެވެ. އެފަދަ ހާލަތެއް ވެސް އަންނާނެ ހަމައެކަނި ގޮތަކީ ރޯދަ މަހުގެ ތެރޭގައި ވޯޓުލާން ދާން ޖެހުމުން ތާރީހާއި މެދު މެމްބަރުންނަށް އުނދަގޫތަކެއް ވެ އެކަމުގެ ޝަކުވާ އައުން އެކަނިކަމަށް ވައްޑޭ ވިދާޅުވި އެވެ.

“އެއްވެސް ވަރަކަށް ޖާގައެއް ނުދޭނަން އިންތިހާބު ލަސްކުރާކަށް… އަދި އިންތިހާބު ގަޑުބަޑު ކުރަން ވެސް، އިންތިހާބުގައި މަކަރާއި ހީލަތް ހެދުމަށް ވެސް” ވައްޑޭ

އޭނާ ވިދާޅުވީ އިންތިހާބު ފަސްކުރުމުގެ ބަދަލުގައި އިންތިހާބު އަވަސްކުރަން އިމްތިޔާޒްގެ ޓީމުން އެއްބަސްވެދާނެ ކަމަށެވެ. ނަމަވެސް އެއީ ޕާޓީގެ މެމްބަރުންނަށް ވޯޓުލުމަށާއި ކެމްޕޭން ކުރުމަށް ދަތިތަކެއް ހުރެއްޖެ ހިނދެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވައްޑޭ ވަނީ އިންތިހާބަށް ނުފޫޒު ފޯރުވާތީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ސަރުކާރުން އިންތިހާބަށް ނަހަމަގޮތުގައި ބާރު ފޯރުވުމުގެ މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތުތައް ކުރައްވައި ވައްޑޭ ވިދާޅުވީ ވަޒީފާއެއް އަދާ ކުރަމުންދާ އެއްވެސް މީހަކަށް ވަކި ކެނޑިޑޭޓަކަށް ތާއީދު ކުރަން މަޖުބޫރު ނުކުރެވޭނެ ކަމަށެވެ. އަދި އެ މީހަކު އެގޮތަށް އަމަލު ކުރަން ދެކޮޅު ހަދައިފި ނަމަ ވަޒީފާއަށް ދަތި ކުރުމުގެ ގޮތުން ފިޔަވަޅުތައް އަޅައި އާއިލާގެ އެހެން މެމްބަރުންގެ ވަޒީފާތައް ގެއްލުވާލާނެ ކަމުގެ އިންޒާރު ދީގެން ނުވާނެ ކަމަށެވެ.

ރ. ދުވާފަރު އާމިރު އަހުމަދު އެ ރަށު ސިއްހީ މަރުކަޒުގެ ވަޒީފާއިން ވަކި ކުރީ އިންތިއަށް ތާއީދު ކުރާތީކަމަށާއި މިއީ މީގެ ކުރިން އެމްޑީޕީގެ އެތެރޭގައި ހިންގާފައި ހުރި ކަންތަކެއް ނޫންކަން ވައްޑޭ ފާހަގަ ކުރެއްވި އެވެ. މިއީ އެތެރޭގެ އިންތިހާބާއި ގުޅުވައި އައި ނިންމުމެއްކަމަށާއި، މިފަދަ އެތައް ޝަކުވާތައް ލިބެމުންދާކަމަށް ވައްޑެގެ ވާހަކައިގައި ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ބޭނުން ނަހަމަގޮތުގައި ބޭނުން ކުރުން ހުއްޓާލަން ގޮވާލައި، ވައްޑޭ ވިދާޅުވީ އެންމެން ވެސް ޕާޓީގެ އަސްލު އުސޫލުތަކާއި ހަމަތަކުގައި ހިފައްހައްޓަން ޖެހޭ ކަމަށެވެ. އެއަށް ފަހު ކުރިޔަށް ދާންވީ ރިވެތި ކެމްޕެއިނެއްގެ ތެރެއިންކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް އަނެއްކާވެސް މައްސަލަތައް ގޯސްވެފައިވާއިރު، އެންމެ ފަހުން ޖެހުނީ އާމިރު ވަޒީފާއިން ވަކި ކުރި މައްސަލަ އެވެ. އިންތިގެ ކެމްޕެއިން ޓީމުން ތުހުމަތު ކުރާގޮތުގައި އޭނާ ވަޒީފާއިން ވަކި ކުރީ ފައްޔާޒަށް ތާއީދު ކުރަން އެންގުމުން އެގޮތަށް އަމަލު ނުކުރުމުގެ ސަބަބުންނެވެ. އެ މައްސަލަ އިއްޔެގެ މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅުމުން އެމްޑީޕީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަރިސް ބޭފުޅުން ވަނީ ނުރުހުންފާޅުކޮށް މިއީ ރައީސް ސޯލިހަށް ދަތިކުރުންގެ ގޮތުގައި ސިފަކޮށްފަ އެވެ. އެކަމަށް ރައްދު ދީ ރައީސް ނަޝީދާއި އަރިސް ބޭފުޅުން ވަނީ ނުފޫޒާއި ބާރުގެ ބޭނުން ކުރުން ހުއްޓާލުމަށާއި، އެއީ އެމްޑީޕީގެ ސިފަތަކެއް ނޫންކަމަށް ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: