ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒީ ނިޒާމް އުފަން ކުރުވީ އެމްޑީޕީން: ޝިއްޕެ

އެމްޑީޕީގެ ނައިބްރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒް (ޝިއްޕެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ނިޒާމް އުފަންކުރުވީ އެމްޑީޕީން ކަމުގައި އެޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ކުރެންދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި އިލެކްޝަންގައި އެމްޑީޕީ ކެންޑިޑޭޓް އަލީ ނަސީމްގެ މާލެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ ތިލަފަތުގެ ރީތި ރަމްޒުން އުފަންކުރުވި ވިސްނުމަކީ ރާއްޖޭގެ ރައްޔިތުންނަށް ބާރުވެރިކަން ހޯދައިދިނުން ކަމުގައެވެ.

ލާމަރުކަޒީ ގާނޫނު ވުޖޫދުވެފައިވަނީ އެމްޑީޕީގެ ހީވާގި މަސައްކަތުން ކަމުގައި ފާހަގަ ކުރައްވައި ޝިފާޒް ވިދާޅުވީ ލާމަރުކަޒީ ނިޒާމެއްގެ ވިސްނުމަކީ އެހެންޕާޓީ އަކުން އުފަން ކުރުވި ވިސްނުމެއް ނޫން ކަމުގައެވެ. އަދި މި ވިސްނުމަކީ އެމްޑީޕީގެ ވިސްނުމެއްކަމުގައި އޭނާ ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ ކުރިޔަށް އޮތް އިންތިހާބުގައި ވާދަކުރަނީ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމް ކަމަށެވެ. އޭނާ ވިދާޅުވީ މިވަގުތު ވޯޓް އަޅަންވީ ދެބަޔަށް ކަން ސާފުވާ ކަމަށާއި އޭގެތެރޭގައި ހިމެނެނީ ލާމަރުކަޒީ ނިޒާމުގެ ވިސްނުމާއި ކަނޑައެޅިގެން ދެކޮޅު ފިކުރުގެ ބަޔަކާއި ލާމަރުކަޒީ ނިޒާމް އުފަންކުރުވި އެމްޑީޕީގެ ފިކުރު ކަމަށެވެ.

ކުރެންދޫ ކައުންސިލްގެ ބައި އިލެކްޝަންގައި ވެސް އެންމެން އެކީ ނިކުމެ އެމްޑީޕީ ކެންޑިޑޭޓަށް ވޯޓް އަޅައި ތިލަފަތް ފުރާލާނެ ކަމުގައި ޝިފާޒް ވިދާޅުވިއެވެ.

ކުރެންދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި އިލެކްޝަން ކާމިޔާބު ކުރުން މުހިއްމު ވަނީ ލާމަރުކަޒީ ނިޒާމު ހަރުދަަނާ ކުރުމުގެ ގޮތުން އެ ނިޒާމުގެ އޮނިގަނޑުގެ ތެރޭގައި ހިމެނޭ އަތޮޅު ކައުންސިލްގެ އޮނިގަނޑަށް ގެނެވުނު ބަދަލުތައްކަމުގައި ޝިފާޒް ވިދާޅުވިއެވެ.

އަތޮޅު ކައުންސިލްގެ އޮނިގަނޑަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ ކޮންމެ އަތޮޅެއްގައި ހިމެނޭ ރަށު ކައުންސިލްތަކުގެ ރައީސުން އެ އަތޮޅެއްގެ އަތޮޅު ކައުންސިލްގައި އެ ރަށެއް ތަމްސީލު ކުރުމަށް ހިމެނިފައިވާގޮތަށް ކަމުގައި ޝިފާޒް ވިދާޅުވިއެވެ.

އެގޮތުން މިވަގުތު ޅ. އަތޮޅުގެ އަތޮޅު ކައުންސިލް އޮތީ ބެލެންސް ވެފައި ކަމަށާއި ނަމަވެސް މިވަގުތު އެއަތޮޅުގެ ކުރެންދޫ ކައުންސިލްގެ ރައީސްގެ އިންތިހާބު އެމްޑީޕީއަށް ލިބިއްޖެ ނަމަ އަތޮޅު ކައުންސިލްގެ މެޖޯރިޓީ ލިބޭނެ ކަމުގައިވެސް ޝިފާޒް ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު ބައި އިލެކްޝަން އިންތިހާބަކީ ހަަމައެކަނި ކުރެންދޫ ރައްޔިތުންނަށް އެކަނި އޮތް ކަމެއް ނޫން ކަމަށާއި އެ އިންތިހާބަކީ މުޅި ޅ. އަތޮޅުގެ ރައްޔިތުންގެ ތަރައްގީ އާއި ގުޅިފައިވާ އިންތިހާބެއްކަމުގައި ވެސް ޝިފާޒް ވިދާޅުވިއެވެ.

ކުރެންދޫ ކައުންސިލްގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: