ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސެމްސަންގް އެސް 22 އަލްޓްރާގެ ޕްރީ އޯޑަރަށް އުރީދޫގެ މޫލީގައި ހުޅުވާލައިފި

ފޮޓޯ/ އުރީދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

ސެމަސްންގުގެ އެންމެ ފަހުގެ އުފެއްދުމެއް ކަމަށްވާ ގެލެކްސީ އެސް 22 އަލްޓްރާ ފޯނު ޕްރީ އޯޑާ ކުރުމަށް އުރީދޫއިން ހުޅުވާލައިފި އެވެ.

އުރީދޫގެ މޫލީ މެދުވެރިކޮށް ސެމްސަންގް އެސް 22 އަލްޓްރާގެ ކުރައްވާ ކޮންމެ އޯޑާއަކަށް ހާއްސަ އޮފާތަކެއް ލިބިގެންދާނެ އެވެ.

2019 ވަނަ އަހަރު އިފްތިތާހް ކުރި އުރީދޫގެ އީކޮމާސް ޕްލެޓްފޯމް މޫލީން އޯޑާ ކުރާ މުދާ ރާއްޖޭގެ ހުރިހާ ހިސާބަކަށް ޑެލިވަރީ ކޮށްދެއެވެ. ގަނެވިއްކުމުގެ ހުރިހާ މަރުހަލާއެއް ޑިޖިޓަލްކޮށް ފުރިހަމަކުރެވޭ މި ޕްލެޓްފޯމުން ޕްރޮޑަކްޓަށް އޯޑަރުކޮށް، ފައިސާ ވެސް ދެއްކޭނެ އެވެ.

އުރީދޫއިން މައުލޫމާތު ދިން ގޮތުގައި މޫލީ މެދުވެރިކޮށް ގަންނަ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 22 އަލްޓްރާ ފޯނަކާއިއެކު، 06 މަސް ދުވަހުގެ މުއްދަތަކަށް ހިލޭ 10 ޖީބީ ޑޭޓާ ލިބިގެން ދާނެ އެވެ. އަދި ބުނީ ބޯނަސް ޑޭޓާގެ އިތުރުން ޕްރީ އޯޑާ ކަސްޓަމަރުންނަށް ގެލެކްސީ ބަޑެއް ލިބޭނެކަމަށެވެ.

05 ޖީގެ ހިދުމަތް ތަޖުރިބާ ކޮށްލެވޭ ސެމްސަންގްގެ މި ފޯނު ފަރުމާ ކޮށްފައި ވަނީ ސެމްސަންގުގެ އެންމެ ފެންވަރު ރަނގަޅު ފުރިހަމަ ކެމެރާ ސިސްޓަމާއި އެކުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: