ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗެއާޕާސަންގެ އިންތިހާބުގެ ތާރީހަށް ބަދަލު ގެންނަން އިންތިގެ ޓީމުން ދެކޮޅު!

އިންތިގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗެއަޕާސަންގެ އިންތިހާބު ކަނޑައަޅާފައިވާ ތާރީހުގައި ބޭއްވުމަށް ގޮވާލައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ފަރާތުން ބަޔާނެއް އާއްމުކޮށްފި އެވެ.

އިންތިގެ ފަރާތުން ނެރެފައިވާ ބަޔާނުގައިވާގޮތުން ޗެއަޕާސަންގެ އިންތިހާބު ލަސްނުކޮށް ތާވަލް ކުރެވިފައިވާ ތާރީހް ކަމުގައިވާ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު  ބޭއްވުމަށް އެދޭ ކަމުގައިވެސް އެދެއެވެ.

ތާރީހަށް އެއްވެސް ބަދަލެއް ގެންނަން ބޭނުން ނުވާކަން ފާހަގަކޮށް އިންތިގެ ފަރާތުން އާއްމު ކުރި ބަޔާނުގައި ބުނީ، ވޯޓުލާނެ ދުވަސް ކަނޑައަޅައި ކެނޑިޑޭޓުން ކެމްޕެއިން ފަށާފައިވަނިކޮށް ތާރީހަށް ބަދަލު ގެނެސް ގަޑުބަޑު ކުރުމަކީ އިންތިހާބުގެ ސައްހަކަމާއި މެދުގައި ވަހުމް އުފެއްދުމަށް ބައެއް މީހުން އަބަދުވެސް ގެންގުޅޭ އުކުޅެއް ކަމަށެވެ. އަދި އެމްޑީޕީއަކީ އަބަދުވެސް އެފަދަ ވިސްނުންތަކާއި ދެކޮޅު ޕާޓީއެއްކަމަށާއި އެކަން އެންމެ ރަނގަޅަށް އެނގޭނީ ޕާޓީގެ އާއްމު މެމްބަރުންނަށްކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ބުނީ އިންތިހާބު ލަސްކުރެވެން ނެތް ކަމަށާއި ކަނޑައަޅާފައިވާ ތާރީހުގައި އިންތިހާބު ބޭއްވުމަށް ގޮވާލާ ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ އާންމު މެމްބަރުން ތިބީ އިންތިހާބަށް ޖޯޝާއި ފޯރީގައި ތައްޔާރުވެކަމަށާއި އަދި ކެމްޕޭންގެ ހަރަކާތް ފޯރީގައި ކުރިއަށްދާ ކަމުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ސަރުކާރުގެ ފަރާތުން ކެމްޕޭނަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން ކަމަށާއި އެކަމުގެ ޝަކުވާ ޕާޓީގެ އާންމު މެމްބަރުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ.

ހަމަ އެއާއެކު މުޅި ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތަކއި ފައިސާގެ ބޭނުން ނަހަމަ ގޮތުގައި ކުރަމުން އަންނަ ކަމަށާއި ކުންފުނިތަކުން ހިދުމަތް ހޯދާ އާންމު މެމްބަރުންނަށް ދަތިތައް ކުރިމަތި ކުރުވުން ކަމުގައިވެސް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އިންތިގެ ކެމްޕޭން ޓީމްގެ ފަރާތުން މައުލޫމާތު ދޭ ގޮތުގައި އެމްޑީޕީ އިން އިންތިހާބުތަކުގައި އަބަދުވެސް އާންމު މެމްބަރުންނާއި ބައްދަލުކޮށް ހާލުބަލައި ތާއީދު ހޯދުމަށް މަސައްކަތް ކުރުމަކީ އެޕާޓީއިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ގޮތް ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: