ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑީއާރުޕީގައި އުޅެވުނީތީ ރޮޒެއިނާ އެމްޑީޕީގެ މެމްބަރުންގެ ކިބައިން މައާފަށް އެދެން ޖެހޭ: ދޮންބިލަތް

ބިލަތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އާންމު މެމްބަރުންގެ ކައިރިން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މައާފަށް އެދިވަޑައިގަންނަވަން ޖެހޭނެ ކަމުގައި ބިލަތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވެއްޖެއެވެ.

“ސަންގު ޓީވީ” ގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދޮންބިލަތް ވިދާޅުވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އެމްޑީޕީގެ އާންމު މެމްބަރުންގެ ކިބައިން މާފަށް އެދެން ޖެހޭނެ ކަމުގައެވެ. އެއީ އޭނާ އަކީ އެމްޑީޕީގެ ވެރިކަން ވައްޓާލި ބަޣާވާތުގައި ބައިވެރިވެފައިވާ ބޭފުޅެއް ކަމުގައިވާތީ ކަމަށެވެ.

2008 ގައި އުފެދުނު އެމްޑީޕީގެ ވެރިކަން ބާޣާވާތަކުން ވައްޓާލުމުގައި ރޮޒެއިނާ އަކީ އިސްކޮށް އުޅުނު އެކަކުކަމަށާއި، މިއަދު ރާއްޖެ ދެކެމުން މިދަނީ އޭގެ ނަތީޖާކަމަށް ދޮންބިލަތް ވިދާޅުވި އެވެ. ރާއްޖެ ހަމަނުޖެހުމުގެ ތެރެއަށް ވެއްޓި، އެތަށް އަނިޔާތަކެއް ވުމުގެ ޒިންމާވެސް ރޮޒެއިނާ ނަގަން ޖެހޭކަމަށް ދޮންބިލަތް ވިދާޅުވި އެވެ.

“އެހެން ނަމަވެސް ބައެއްފަހަރު އެއްކަލަ މުޅިއެތި ގިތެޔޮގުޅީގަ އެއްކަލަ ވަސް ހުންނަ ހެން މުޅިއެތި އެއްކޮށް ސާފުވިޔަސް ކުޑަ ވަހެއް ހުރެއެެއްނޫންތޯ ގިތެޔޮ ގުޅީގަ. އެހެންވީމަ އަޅުގަނޑަށް ހީވަނީ އެކަހަލަ ގޮތެއްހެން ރޮޒެއިނާ އަށް އެވަނީ.” މެމްބަރު އަހްމަދު ހަލީމް.

މިހުރިހާ ކަމަކަށް ފަހު ވެސް އެމްޑީޕީން ރޮޒެއިނާ އާއި އެކު މަސައްކަތް ކުރީ ގައުމު ބިނާ ކުރުމަށް ބޭނުންވާތީކަން ދޮންބިލަތް ވިދާޅުވި އެވެ. ރޮޒެއިނާ އަކީ އެމްޑީޕީގައި ވޭތުވެ ދިޔަ ހަތް އަހަރުގެ ތެރޭގައި ރަނގަޅު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ނަމަވެސް އަދިވެސް  މުޅިން އެމްޑީޕީގެ ފިކުރާއި ވިސްނުން ނެތްކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަށް އިޝާރާތްކޮށް ދޮންބިލެތް ވިދާޅުވީ، ގިތެޔޮ ގުޅި މުޅިން ސާފުކުރި ނަމަވެސް ވަސް ނުފިލާ ހުންނަ ހެން މުޅި އެތި ސާފު ވިޔަސް އަދިވެސް ކުރިން މަސައްކަތް ކުރެއްވި ޑީއާރުޕީގެ އަސަރު ނުފިލާ ހުރިކަމުގައެވެ.

“ރޮޒޭނާ އަކީ މުޅިފިކުރަކީ ކުޑަކޮށް އެހެން ފިކުރެއްގައި ރޮޒޭނާ ވަރަށް ގިނަ ދުވަހު މަސައްކަތް ކުރައްވާފަ ރޮޒެއިނާ ވަޑައިގެންނެވީ. ދެން ރޮޒެއިނާ މިއަދު މިޕާޓީ އަށް މިދިޔަ ހައެއްކަ އަހަރުތެރޭ މަސައްކަތްތަކެއް ވެސް ކުރައްވައިފި. އަޅުގަނޑުދެކޭ ގޮތުގައި މިއަދު އެމްޑީޕީގެ އާންމު މެމްބަރުން ކައިރިން ރޮޒެއިނާ މާފަށްވެސް އެދިވަޑައިގަންނަވަން ޖެހޭނެ. އެއީ އަޅުގަނޑުމެންގެ 2008 ވަނަ އަހަރު އުފެދުނު ސަރުކާރު ވައްޓާލުމުގައި އެބަޣާވާތުގައި ބައިވެރިވެވަޑައިގަންނަވައިގެން އެމަސައްކަތުގައި އޭރުގައި އުޅުއްވިފައި ހުރީމަ.” މެމްބަރ އަހްމަދު ހަލީމް

ރޮޒޭނާ އަކީ ހިތުގައި ކަންކަން ނުބާއްވާ ސީދާ ދިމާލަށް ބުނެލާ މެމްބަރެއް ކަން ފާހަގަ ކުރަައްވައި ދޮންބިލަތް ވިދާޅުވީ ރޮޒެއިނާގެ ހިޔާލު ތަފާތުވަނީ އޭނާއަކީ އެހެން ފިކުރެއްގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރުމަށް ފަހު އެމްޑީޕީއަށް އައި މެމްބަރަކަށް ވުމުން ކަމަށެވެ. ނަމަވެސް މީގެ ދިހަވަރަކަށް ފަނަރަ ވަރަކަށް އަހަރު އެމްޑީޕީ ތެރޭގައި މަސައްކަތް ކުރުމަށްފަހު ރޮޒެއިނާގެ ވިސްނުންވެސް މުޅި އެއްކޮށް އެމްޑީޕީގެ ފިކުރަށް ބަދަލުވެގެން ދާނެ ކަމުގައި ދޮންބިލަތް ވިދާޅުވިއެވެ.

އެމްޑީޕީ ތެރޭގައި ދެބަސްވުން ހިމެނޭ ކަމަށާއި ނަމަވެސް އެމްޑީޕީ އަކީ ދެބަސްވުމާއެކީގައި ކަންކަމަށް އެއްބަސްވެވޭ ބައެއްގެ ގޮތުގައި ދޮންބިލެތް ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ އެމްޑީޕީ އަކީ ސަރުކާރަށް ޕްރެޝަރ ކުރުމާއެކީ ވާގިވެރިވާ ބައެއް ކަމަށެވެ.

“އަޅުގަނޑުމެން ތެރޭގައި ދެބަސްވުންހުރޭ، އަޅުގަނޑުމެންނަކީ ދެބަސްވުންތަކާ އެކީގައި އެއްބަސްވެވޭ ބައެއް. އަޅުގަނޑުމެންނަކީ ސަރުކާރަށް ޕްރެޝަރ ކުރުމާއެކީގައި ސަރުކާރަށް ވާގިވެރިވާ ބައެއް.” މެމްބަރު އަހްމަދު ހަލީމް

މީގެ އިތުރުން ކަންކަން ނިންމުމުގައި އެކަމެއްގެ މުނާސަބު ވަގުތުގައި އެކަމެއް ކުރަން ވިސްނުމުގައި ހުންނަން ވާނެކަން ފާހަގަކުރައްވައި ދޮންބިލެތް ވިދާޅުވީ ރަނގަޅު ވަގުތުގައި ރަނގަޅު ގަޑީގައި ކަންކަން ކުރުމުން ރަނގަޅުވާނެކަމަށެވެ. ދޮންބިލަތް އެ އިޝާރާތް ކުރެއްވީ ދާދި ފަހުން ދުވާފަރު ސިއްހީމަރުކަޒުގައި މަސައްކަތް ކުރަމުން ދިޔަ އާމިރު އެތެރޭގެ އިންތިހާބާއި ދިމާކޮށް ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފައި ވާތީ އެވެ. އެކަމާއި ގުޅޭގޮތުން ދޮންބިލަތް އިތުރަށް ވިދާޅުވީ ނުރަނަގަޅު ވަގުތުގައި ނުރަނގަޅު ނިންމުންތައް ނިންމުމުގެ ސަބަބުން އަންނަ ރަނގަޅަށް ވުރެ ނުބައި ގިނަވާ ކަމުގަ އެވެ.

ދޮންބިލަތް ވިދާޅުވި ގޮތުގައި އެމްޑީޕީން ކުރަމުން އަންނަނީ ސިޔާސީ މަސައްކަތެއް ކަމަށާއި އެގޮތުން މަޖިލީހުގެ ތެރާގައި ކުރެވޭ މަޝްވަރާ ތަކާއި ސީދާ ރައީސުލްޖުމްހޫރިއްޔާ އާ އެކު ކުރެވޭ މަޝްވަރާތައް އެކުލެވޭ މަސައްކަތްތައް ޕާޓީ އިން ކުރަމުންދާ ކަމަށެވެ. އެގޮތުން އެމްޑީޕީގެ އަސާސަކީ އިންސާފުވެރިކަމާއި އެކީ އެންމެނަންނަށް ހަމަހަމަ ކަމާއެކު ހިދުމަތް ކުރުން ކަމުގައިވެސް ދޮންބިލަތް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ގިތެޔޮ ގުޅިއެކޭ ނުކިޔާ ރައްޔިތުންނަށް ބޯހިޔާވަހިކަން ދީބަލަ. ގދ.ހަވަރު ތިނަދޫގަ ހިއްކާފަ އެއޮތް 64 ހެކަޓަރު ބިމަކީ ޔާމިނު ސަރުކާރުން ހިއްކާފަ އޮތް ބިމެއްވީމަތޯ އެތަނުން ތިނަދޫ ރައްޔިތުންނަށް ގޯތި ދޫނުކޮއްގެން ތިއުޅެނީވެސް. ވަރަށް ސާފު ވަންނާނެ އަމިއްލަ ބޯހިޔާވަހެކަމެއްމެތި އެމްޑީޕީއަކަށް ދެން ދޭނެ ވޯޓެއް ނޯންނާނެ. އެމްޑީޕޯއަށްޓަކައި ލައްކަ ގުރުބާނީ ތަކެއް ވެވިއްޖެއެވެ. މިހާރު ހަވަރު ތިނަދޫ ޒުވާނުންވެސް މިބަލަނީ އެމްޑީޕީ ބައިބައި ކޮއްލެވޭތޯއެވެ. ވަގުތު ފާއިތު ނުވަނީސް ތިނަދޫ ރައްޔިތުންނަށް ތިނަދޫއިން ގޯތިދީ ރިޔާސީ ވައުދަކަށްވި ޓާޝަރީ ހޮސްޕިޓަލް ތިނަދޫގަ އަޅާށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: