ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ މޭޔަރު ނިޒާރުގެ ތާއީދު ވެސް ފައްޔާޒަށް!

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީ ގަމު ދާއިރާ ރައީސް ފައްޔާޒް އިސްމާއިލްގެ ކެމްޕޭންގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ބައިވެރިވެވަޑައިގެންފި އެވެ.

ނިޒާރަކީ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރެވެ. އެތެރޭގެ އިންތިހާބުގެ ކެމްޕެއިން ވާދަވެރިކަމާއި އެކު ކުރިޔަށްދާއިރު މިވަގުތު ފައްޔާޒް ހުންނެވީ ތާއީދު ހޯއްދެވުމަށް އައްޑޫގަ އެވެ. އަދި ފައްޔާޒާއި އޭނާގެ ކެމްޕެއިން ޓީމު އައްޑޫއަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވި ބޭފުޅުންގެ ތެރޭގައި ނިޒާރު ހިމެނެ އެވެ. އެއަށް ފަހު ނިޒާރު ވަނީ ފައްޔާޒްގެ އެކި ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފަ އެވެ.

އައްޑޫ ސިޓީގައި މިވަގުތު ފައްޔާޒްގެ ކެމްޕޭން ކުރިއަށްދާއިރު އިއްޔެގެ ވަގުތެއްގައި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްވެސް ވަނީ ފައްޔާޒަށް ތާއީދު ކުރައްވަން  ނިންމެވިކަން ހާމަކޮށްފަ އެވެ. އަސްލަމް ވިދާޅުވި ގޮތުގައި ފައްޔާޒަކީ ސިޔާސީ ގޮތުން އާދަޔާ ހިލާފު ހުނަރުވެރިކަމެއް ލިބިފައިވާ އެމްޑީޕީގައި ސާބިތުކަމާއެކު ދެމިހުންނެވި ބޭފުޅެކެވެ.

އަސްލަމްގެ އިތުރުން އައްޑޫ ސިޓީ އަށް ނިސްބަތްވެ ވަޑައިގަންނަވާ އެހެން ބައެއް މެމްބަރުން ވެސް ގެންދަވަނީ ފައްޔާޒާއި އެކު ކެމްޕެއިން ކުރައްވަމުންނެވެ.

އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ހިޔާލު ތަފާތުވުން ހިމެނޭ ބޭފުޅެކެވެ. ނިޒާރުގެ ނަން އެމްއެމްޕީއާރުސީގެ ލިސްޓުގައި ހިމެނިފައިވަނީ ސިޓީގެ މޭޔަރު ހޮވުމުގެ އިންތިހާބީ ދުވަސްވަރު ކަމަށްވެފައި ވުމުން އެކަމާއި އެމްޑީޕީގެ ބައެއް މެމްބަރުން ހިތްހަމަނުޖެހުން ފާޅުކޮށްފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: