ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުންފުނިތައް ހެދުމަށް ދޭންޖެހޭ ހުއްދައަށް ހުރަސް އަޅަނީ ފައްޔާޒް: ނަރީޝް

މާލެ ސިޓީ ގެ ޑެޕިއުޓީ މޭޔަރ ނަރީޝް
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލް އުފައްދުމަށް ބާރު ލިބޭ ކުންފުނިތައް ހެދުމަށް ދޭންޖެހޭ ހުއްދަ އިކޮނޮމިކް މިނިސްޓްރީ އިން ލިބިފައިނުވަނީ  މިނިސްޓަރު ފައްޔާޒް އެކަމަށް ހުރަސް އަޅުއްވާތީކަމުގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހްމަދު ނަރީޝް ތުހުމަތު ކުރައްވައިފިއެވެ.

މިއީ ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބެން ޖެހޭ ހުއްދައެއް ކަމަށް ނަރީޝް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިކަން ކުރުމަށް ކުރިމަތި ކުރުވާ ދަތިތަކަށް އަލިއަޅުވާލަމުން ނަރީޝް ވަނީ މިނިސްޓާ ފައްޔާޒަށް ފާޑު ވިދާޅުވެފައެވެ.

މިގޮތަކަށް ކައްތައްތައް ކުރުމުން ކައުންސިލްތަކަށް ލިބެން އޮތް އާމްދަނީއަށް ހުރަސް އެޅޭނެ ކަމަށާއި އަދި މިއީ ލަދުވެތިކަމެއް ކަމުގައި ބުނެ ނަރީޝް ވަނީ ޓްވީޓެއް ކުރައްވާފައެވެ.

ކައުންސިލްގެ ބައްދަލުވުމުގައި ނަރީޝް ފާހަގަ ކުރެއްވީ ސަރުކާރުން މާލެ ސިޓީ ކައުންސިލަށް އާމްދަނީ އިތުރުވަނެ ގޮތެއް ހަމަޖައްސައިދޭނެ ކަމުގައި ބުނި ނަމަވެސް އެކަމަށް އެއްބާރުލުން ނުދޭ މައްސަލަ އެވެ.

މިފަދަ ކަންކަމުގައި ސަރުކާރުން އެއްބާރުލުން ނުދިނުމަކީ ލާމަރުކަޒީ ނިޒާމަށް ކުރެވޭ ބޭ އިހްތިރާމެއް ކަމުގައި މޭޔަރ ފާހަގަ ކުރައްވަމުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

މި ހުއްދައަށް އެދި އިކޮނޮމިކް މިނިސްޓްރީއަށް ހުށައެޅިތާ 4 މަސް ވެގެން ދިޔައިރު އެއްވެސް ޖަވާބެއް ލިބިފައި ނުވާއިރު މިކަމުގެ ސަބަބުން އިތުރު މަޝްރޫޢުތަކަށް ހުރަސް އެޅިގެންދާކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: