ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާމިރު ވަޒީފާއަށް ފަރުވާކުޑަވި، މަގާމުން ވަކި ކުރީ ޝަކުވާތަކަށް ރިއާޔަތް ކުރުމަށްފަހު: އިއްސެ

ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހްމަދު / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރ. ދުވާފަރުގެ ސިއްހީ މަރުކަޒުގައި ސީނިއާ އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައި ހުންނެވި އާމިރު އަހުމަދު އެ ފަޒީފާއިން ވަކިކުރަން ނިންމެވީ އެމްޑީޕީގެ އާއްމު މެންބަރުންކަމަށް އެ ދާއިރާގެ މަޖިލީސް މެންބަރު އިސްމާއީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

އާމިރު ވަޒީފާއިން ވަކި ކުރުމާއި އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ދިމާވެ ޕާޓީގެ އެތެރޭގައި ހޫނު ބަހުސްތަކެއް ވަނީ ކުރެވިފަ އެވެ. ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި ވެސް އާމިރު ވަޒީފާއިން ވަކި ކުރުން ހުށަހަޅައިގެން ބަހުސް ކުރިއިރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒުގެ ފަރާތުން ހުށަހެޅި މައްސަލައިގައި ވަނީ އިންތިހާބާއި ދިމާކޮށް ވަކި ކެނޑިޑޭޓަކަށް ތާއީދު ކުރަން އަންގައި ވަޒީފާގެ ބިރު ދައްކަމުން ގެންދާ ކަމަށެވެ. މިއީ ސަރުކާރަށް ރައްޔިތުންގެ ތާއީދު ގެއްލޭނެ ސަބަބެއްގެ ގޮތުގައި ފާހަގަކޮށް، މައްސަލައިގައި ބުނީ އެތެރޭގެ އިންތިހާބަކަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލަން ޖެހޭ ކަމަށެވެ.

ވަޒީފާގެ ބިރު ދެއްކުމާއި އެކު، ވަޒީފާތައް އެކި މީހުންނަށް ދެމުން ގެންދާކަމަށް ބުނެ އިންތިއަށް ތާއީދު ކުރާ މެމްބަރުން ވިދާޅުވީ މިއީ މީގެ ކުރިން އެމްޑީޕީގެ އެތެރެއިން ދުވަހަކު ވެސް ފެންމަތިވި ފަދަ މައްސަލަތަކެއް ނޫން ކަމަށެވެ. އެމްޑީޕީއަށް ވެރިކަމަށް އާދެވުނީ އާމިރު ފަދަ މީހުން ކުރި މަސައްކަތުންކަމަށާއި، އެމްޑީޕީގެ ވެރިކަމެއްގައި ޕާޓީގެ މެމްބަރުންނާއި މެދު މިހާ ބޭއިންސާފުން އަމަލުކޮށްގެން ނުވާނެކަމަށް އެބޭފުޅުން ވަނީ މަޖިލީހުގެ ތަޅުމުގައި ވިދާޅުވެފަ އެވެ. އަދި މި މައްސަލައިގެ ވާހަކަ މަޖިލީހުގެ ތަޅުމުގައި އާއި، އަދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައިގެން ވެސް ފާހަގަ ކުރާނެކަމަށް ވިދާޅުވެފައި ވެއެވެ.

މީޑިއާތަކުގައި މި ވާހަކަ ދެކެވި، މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުމުން ސަރުކާރުން ބުނީ އާމިރު ވަޒީފާއިން ވަކި ކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިބުނު ޕެޓިޝަނެއްގެ މައްސަލަ ބެލުމަށް ފަހު ކަމަށެވެ. އަދި ބައެއް ޝަކުވާތައް ވެސް ބަލާފައިވާނެކަމަށާއި، އޭނާ ވަޒީފާއިން ވަކި ކުރީ އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ. އިންތިހާބަށް ނުފޫޒުފޯރުވުމުގެ ގޮތުން ސަރުކާރުގެ ވަސީލަތްތައް ބޭނުންކުރުމަކީ، މި ސަރުކާރުން އެއްވެސް ހާލެއްގައި ގަބޫލުކުރާ އަދި އަމަލުކޮށްފައިވާ ގޮތެއް ނޫންކަމުގައި ވެސް މީޑިއާތަކަށް ފޮނުވި މެސެޖުގައި ވެއެވެ.

ދުވާފަރުގައި ސިޔާސީ މަގާމެއްގައި ހުރި މީހަކު ވަޒީފާއިން ވަކި ކުރި މައްސަލައިގައި، އެމްޑީޕީގެ ބައެއް މެމްބަރުން އެންމެ ބޮޑު ތުހުމަތެއް އަމާޒު ކުރީ ދާއިރާގެ މެމްބަރަށެވެ. އަދި މަޖިލީހަށް ވަޑައިގެން، މާބޮޑު މީހެއްގެ ގޮތުގައި ހުރެ މީހުން ވަޒީފާއިން ވަކި ކުރަނީކަމަށް ތުހުމަތުތައް ކުރި އެވެ. މި ތުހުމަތުތަކަށް ސަންގުޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމުގައި ރައްދު ދެއްވައި އިސްމާއިލް ވިދާޅުވީ އާމިރު ވަޒީފާއިން ވަކި ކުރަން ޖެހުނީ އޭނާ އެމްޑީޕީގެ އަސާސީ ގަވައިދާއި ހިލާފުވުމުން ކަމަށެވެ. އޭގެ އެއް ނުކުތާއެއްގެ ގޮތުގައި އޭނާ ފާހަގަކުރީ ނިމިދިޔަ ކައުންސިލް އިންތިހާބުގެ ދުވަސްވަރު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތާއި ހިލާފަށް އަމަލުތައް ބަހައްޓައި ކެމްޕެއިން ކުރުމެވެ. އިސްމާއިލް ވިދާޅުވި ގޮތުގައި އެކަމުގެ ޝަކުވާތައް އާއްމުންގެ ފަރާތުން ވަނީ ލިބިފަ އެވެ.

“މަޖިލީހަށް ހުށަހަޅައި އެކަންކަން ނުހިނގި ނަމަ ހުރިހާ އެއްޗެއް ފަޟީހަތް ވާން ޖާގައެއް ނުލިބުނީސް.. އެހެންވީމަ މި ބުނަނީ ލިބުނީ ދެރައޭ… ލިބުނު މޮޅެއް ނެތޭ… ހަގީގަތުގައި މުޅި ރާއްޖެއަށް ބޭޒާރުވުން ފިޔަވައި… 54 ޕަސަންޓް ދުވަހު އޮފީހަށް ހާޒިރު ނުވޭ ތިން އަހަރު ދުވަހު… މިއީ ރައްޔިތުންނަށް ގާތުން ވަގުތުން ވަގުތަށް ހިދުމަތް ދޭންޖެހޭ މުވައްސަސާއެއް.. ރަށެއްގައި ހުންނަ އެންމެ މުހިންމު މުވައްސަސާއަކީ ހެލްތް ސެންޓަރު.. އާއްމުން ވެސް މި ޝަކުވާ އުފުލި.. އަދި ތަނުގެ މުވައްޒަފުން ވެސް މި ޝަކުވާ އުފުލައިފި… މި ފިޔަވަޅާއި އިންތިހާބާއި އެއްވެސް ގުޅުމެއް ނެތް….” އިއްމާއިލް

އިސްމާއިލް ވިދާޅުވީ އާމިރު ވަޒީފާއަށް ފަރުވާކުޑަވުމުގެ ޝަކުވާތައް ވެސް ލިބިފައިވާ ކަމަށެވެ. މި ސަބަބުތަކާއި ހުރެ އެމްޑީޕީގެ އާއްމުންގެ ފަރާތުން ކަންބޮޑުވުންފާޅުކޮށް ޝަކުވާތައް ހިމަނައި 158 މީހުންގެ ސޮޔާއި އެކު ޕެޓިޝަނެއް ރައީސުލްޖުމްހޫރިއްޔާއަށް ޑިސެމްބަރު މަހުގެ ފަހުކޮޅު ހުށަހަޅާފައިވާކަމަށް އިސްމާއިލް ވިދާޅުވި އެވެ. މި ޕެޓިޝަން ދުވާފަރު ދާއިރާގެ އާއްމު މެމްބަރުން އިންތިހާބުކޮށްފައިވާ ދާއިރާގެ ހިންގާ ކޮމިޓީއަށް ވެސް ލިބިފައިވާކަން ފާހަގަކުރައްވައި އިސްމާއިލް ވިދާޅުވީ އެ ޕެޓިޝަން ކޮމިޓީއަށް ލިބުނީ އޮކްޓޯބަރު މަހު ކަމަށެވެ. އެހެންވެ އެ ހިންގާ ކޮމިޓީއަށް ޕެޓިޝަން އެޖެންޑާ ކުރުމުން ކޮމިޓީގެ މެމްބަރުން އިއްތިފާގު ވީ އާމިރު ގޯސްތަކެއް ހަދާފައިވާކަން ކަމަށް އޭނާ ވިދާޅުވި އެވެ.

ޕެޓިޝަންގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ވަނީ އާމިރު ވަޒީފާއަށް ފަރުވާކުޑަވުންކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ. އިސްމާއިލް ވިދާޅުވި ގޮތުގައި އާމިރު ފާއިތުވި ތިން އަހަރުގެ ތެރޭގައި ވަޒީފާއަށްއެހން ހާޒިރުވެފައި ވަނީ 54 އިންސައްތަ ދުވަހު އެވެ. މިއީ ރައްޔިތުންނަށް ހިދުމަތް ދޭ ތަނެއްގައި ވަޒީފާ އަދާ ކުރާ މީހެއްގެ ފަރާތުން ފެނިގެންވާނެ ފަދަ އަމަލުތަކެއް ނޫންކަމަށް އިސްމާއިލް ވިދާޅުވި އެވެ.

“އެ ޕެޓިޝަން އައީ ދުވާފަރު ދާއިރާގެ ހިންގާ ކޮމިޓީއަށް، އެއީ ދުވާފަރުގެ އާއްމު މެމްބަރުން އިންތިހާބުކޮށްފައި އޮންނަ ކޮމިޓީއެއް.. އެ ޕެޓިޝަން އެންމެ ފުރަތަމަ ހިންގާފައި ވަނީ އެޕްރިލް މަހުގެ ތެރޭގައި.. އެއަށް ފަހު އޮކްޓޯބަރުގައި އެ އެޖެންޑާ ކުރި… އެ އަށްފަހު ހުރިހާ މެމްބަރުން ވެސް އިއްތިފާގުވޭ ގޯސް ހެއްދެވިކަން… ހައްގު އަދަބެއް ލިބެންޖެހޭ ކަމަށް.. އެކަމަކު ފަސް މެމްބަރުންގެ ތެރެއިން މި ޕެޓިޝަނަށް ވޯޓު ދެއްވީ ހަތަރު މެމްބަރުން ރައީސްގެ އަތްޕުޅަށް މި ޕެޓިޝަން އަރުވަން… އެއް ބޭފުޅަކު ނުދެއްވާ… އެކަމަކު އޭނާވެސް ގަބޫލު ކުރައްވާ ގޯސް ހައްދަވާފައި އޮތްކަން، އެއަށް އަދަބު ލިބެން ޖެހޭކަން.. އެއީ މުސްތުގަބުލައި އެކަން ތަކުރާވިޔަ ނުދިނުމަށްޓަކާ…” އިސްމާއިލް

މީގެ އިތުރުން ވަކި ވަކި ރައްޔިތުން އަދި އޭގެ އިތުރަށް ތަނުގެ މުވައްޒަފުންވެސް އެނާ އާއި ބައްދަލު ކުރައްވާ މިކަމުގެ ޝަކުވާ ހުށައަޅާފައި ވާކަމަށް އިސްމާއިލް އަހްމަދު ފާހަގަ ކުރެއްވިއެވެ. ރައީސް އޮފީހަށް ޕެޓިޝަން ހުށައަޅާފައި ވާނީ މިހުރިހާ ކަންތައްތަކަށްވެސް ރިއާޔަތް ކޮށްފައި ކަމުގައި އޭނާ ވިދާޅުވިއެވެ. އާމިރު ވަޒީފާއިން ވަކިކުރެވިގެން ދިޔައީ ރައީސް އޮފީހުން ބެލި ބެލުމުންވެސް މައްސަލަތަކެއް ހުރިކަމުގައި ފެނިގެން ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

މި ދަނޑިވަޅުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މީޑިއާތަކަށް ވިދާޅުވީ ސިޔާސީ މަގާމެއްގައި ވަޒީފާ އަދާކުރަމުންދިޔަ މީހަކު ވަޒީފާއިން ވަކިކޮށްފައި ވަނީ އެކަމާއި ގުޅުންހުރި ކަންކަމަށް ބެލުމަށްފަހު އެފަދަ ހާލަތްތަކުގައި އަމަލުކުރުމަށް ކަނޑައަޅާފައި އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: