ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ހިސޯރުކުރުމަށް ޕާޓީތެެެރެއިން ބަޔަކު މަސައްކަތް ކުރަމުންގެންދޭ: މޯޑު

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ތެރެއިން ވަކި ބަޔަކު އެކަހެރިކޮށް ޕާޓީ ހިސޯރު ކުރަން މަސައްކަތް ކުރާ ބަޔަކު ޕާޓީ ތެރޭގައި އުޅޭ  ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވެއްޖެއެވެ.

“ސަންގު ޓީވީ”ގެ ހަބަރަށްފަހު ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން މޯޑު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކާއި ދިމާކޮށް އެމްޑީޕީ ހިސޯރު ކުރުމުގެ ވިސްނުން ޕާޓީ ތެރޭގައި ބަޔަކު ގެންގުޅެމުންދާ ކަމުގައެވެ. އެގޮތުން އެ ބަޔަކު ބޭނުން ވަނީ ޕާޓީން ރައީސް ނަޝީދު އެކަހެރިކޮށްލަން ކަމަށާއި އެ ކަމަށް ދުރާލާ ރޭވިގެން މަސައްކަތް ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޗެއަރޕާސަން އިންތިހާބާއި ދިމާކޮށް ޕާޓީގެ ތެރެއިން ބަޔަކު ޕާޓީ ހިސޯރުކުރުމަށް މަސައްކަތް ކުރަމުން ދާ ކަމުގައި މޯޑު ސިފަކުރެއްވިއެވެ. އެގޮތުން ވަޒީފާގެ ބިރު ދެއްކުމާއި ނުފޫޒު ފޯރުވުން މިއިންތިހާބާއި ދިމާކޮށް އާންމުވެފައިވާ ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

“އަޅުގަނޑުގެ ދާއިރާގެ ރައްޔިތުންނަށް ވެސް ތަޖުރިބާ ކުރެވިފައި އެބަހުރި މި ކަންތައްތައް، އެމްޑީޕީގެ ދާއިރާ ރައީސްގެ އިންތިޚާބާއި ދިމާކޮށް ވަޒީފާގެ ބިރު ދައްކާފައި އެބަ ހުރި، ކަމެއް ގޯސް ވާނީ ވަކި ބޭފުޅަކު ކޮށްގެނެއް ނޫން، ކުރިން އަޅުގަނޑުމެނަށް ގޯސްވި ކަންތައް މިހާރު ވެސް ގޯސްވާނެ،” މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް

އެ ގޮތަށް ކަންތައްތައް ހިނގުމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕާއި ވަޒީރުންގެ އަރިހުގައާއި، ސަރުކާރުގެ ކުންފުނިތަކުގެ އިސް ބޭފުޅުންގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހުގައި ވެސް އެ ވާހަކަ ދެއްކެވި ކަމަށް މޯޑު ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުން އެކަން އިސްލާހު ނުކުރި ކަމަށާއި އެހެން ކަމުން އެވާހަކަ މަޖިލީހުގައިވެސް ދެއްކެވި ކަމަށް މޯޑު ވިދާޅުވިއެވެ.

“އެ ކަންކަން އިސްލާހު ކުރަން ސަރުކާރުން ބޭނުން ނުވަނީ، ދެން ސަރުކާރުން އެބަވޭ ބަޔާނެއް ނެރެފަ، އެއީ ދެން އެ ބޭފުޅުންގެ ބަސް، އެކަމަކު އިންތިޚާބާއި ދިމާކޮށް އަނެއްކާ ވެސް މި އަންނަނީ އެ ކަންތައްތައް ކަން ގަބޫލު ކުރެވޭ. މެމްބަރު މޯޑް

މީގެ އިތުރުން މޯޑު ވިދާޅުވި ގޮތުގައި  އިންތިހާބުގައި  ސަރުކާރު ޖަވާބުދާރީކޮށް ސަރުކާރަށް ވާގިވެރިވާނެ މަސައްކަތް ކުރާނެ ކަމަށް ރައްޔިތުންގެ އަރިހުގައި ދަންނަވާފައިވާނެ ކަމަށާއި ކުރިއަށް ދަނީ އެގޮތުގައި ހުރެގެންކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ ރައްޔިތުން އިންތިހާބުކޮށްފައި ތިބޭ މެމްބަރުން ކަމަށާއި ހުރިހާ މެމްބަރުންވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމުގައި ކަމަށް މޯޑު ވިދާޅުވިއެވެ. އެކަން ނުކުރެވޭކަމުގައިވާނަމަ ރައްޔިތުންގެ މަޖީލިހުގެ މެމްބަރުންގެ ގޮތުގައި ތިބުމުގެ މާނައެއް ނެތްކަމުގައި މޯޑު ވިދާޅުވިއެވެ.

އެގޮތުން ރައްޔިތުންނަށް ކަންބޮޑުވުމެއް އަންނަ ނަމަ މަޖިލިސް ތެރޭގައި އެވާހަކަ ދެކެވެން ޖެހޭނެ ކަމުގައި މޯޑު ވިދާޅުވިއެވެ.ހަމަ އެއާއެކު ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ވާހަކަ ދައްކާ ތަނެއްކަމުގައި ވެސް މޯޑު ވިދާޅުވިއެވެ. ރައްޔިތުންނަށް ހުންނަ ކަންބޮޑުވުމުގެ ވާހަކަ އާއި ރައްޔިތުންގެ ހާލަތުގެ ވާހަކަ ދެއްކުމަށް ރައްޔިތުންގެ މަޖިލީހަށް ވުރެ އެކަށީގެންވާ ތަނެއް ނުފެންނަ ކަމުގައި މޯޑު ވިދާޅުވިއެވެ.

“އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލިސް ވަކި ގޮތަކަށް ބައްޓަން ކުރުމަށް ފަހު މި އަންނަނީ ޗެއާޕާސަންގެ އިންތޚާބު، މި އިންތިޚާބުގައި މިހާ ނުފޫޒު މި ފޯރުވަނީ ހަމަ ޕާޓީ ދަމައިގަންނަން، ރައީސް މުހައްމަދު ނަޝީދު އެކަހެރި ކުރަން،” މެމްބަރު މޯޑު

ރައީސް ނަޝީދަށް މިދިޔަ އަހަރުގެ މެއި މަހު ދިން ބޮމުގެ ހަމަލާއަށް ފަހު، އެ ހަމަލާގެ ކަންކަން ޕާޓީގެ ތެރެއިން ބަލަމުން ދިޔައިރު ވެސް “އަޅާނުލާ” އެއް ބަޔަކު ތިބި ކަން މޯޑު ފާހަގަ ކުރެއްވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަން ފޯރީގައި ކުރިއަށްދާއިރު ޗެެއަރޕާސަންކަމަށް ކުރިމަތިލައްވާފައިވާ ދެކެންޑިޑޭޓުން ކަމުގައިވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލާއި މާފަންނު އުތުރު ދާއިރާގެ  މެމްބަރު އިމްތިޔާޒް ފަހުމީ ގެންދަވަނީ ކެމްޕޭން ދަތުރުތައް ރާއްޖޭގެ ރަށްތަކަށް ކުރައްވަމުންނެވެ. އެގޮތުން ފައްޔާޒްގެ ޓީމުން  ކެމްޕޭން ށ. އަތޮޅު މިލަންދޫގައި ލޯންޗް ކޮށްފައިވާއިރު އިންތިގެ ފަރާތުން ފެނިގެންދަނީ ދޮރުންދޮރަށް ހިނގަމުންދާ މަންޒަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: