ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިވިލް ކޯޓަށް ދެ ފަނޑިޔާރުން އައްޔަނުކުރަން ޖޭއެސްސީން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސިވިލް ކޯޓަށް އަލްއުސްތާޒާ ޒުލައިހާ ޝީޒާ އަދި އަހުމަދު ނިމާލް ޖުނައިދު ފަނޑިޔާރުންގެ ގޮތުގައި އައްޔަނު ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ސިވިލް ކޯޓުގެ ޤާޒީކަމަށް އެ ދެބޭފުޅުން އައްޔަން ކުރަން ނިންމާފައި ވަނީ އެމަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، އިންޓަވިއުގައި އެންމެ ގާބިލުކަމަށް، ފަނޑިޔާރުން އައްޔަންކުރާ ކޮމިޓީން، ކޮމިޝަނަށް ލަފާ އެރުވުމުންނެވެ.

އަލްއުސްތާޛާ ޒުލައިޚާ ޝީޒާ އަކީ މެލޭޝިއާގެ ހެލްޕް ޔުނިވަރސިޓީ އިން ބެޗްލާސް އޮފް ލޯސް (އޮނަރސް) ހާސިލުލްކުރައްވައި، ބަރކްބެކް ކޮލެޖް، ޔުނިވަރސިޓީ އޮފް ލަންޑަންއިން މާސްޓަރ އޮފް ލޯސް އިން ކޮންސްޓިޓުޝަނަލް ޕޮލިޓިކްސް، ލޯ އެންޑް ތިއަރީ ހާސިލްކުރައްފައިވާ ކަނބަލެކެވެ.

މީގެ އިތުރުން، އަލްއުސްތާޛާ ޒުލައިޚާ ޝީޒާ އަކީ އެޓާނީ ޖެނެރަލް އޮފީހުގެ ސްޓޭޓް ކައުންސެލް، ސީނިއަރ ސްޓޭޓް އެޓާރނީ އަދި ސްޓޭޓް އެޓާރނީ މަޤާމުގައި 3 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އަލްއުސްތާޛު އަޙްމަދު ނިމާލް ވަނީ ވިލާ ކޮލެޖްއިން ބެޗެލާރސް އޮފް ޝަރީޢާ އެންޑް ލޯ (އޮނަރސް) ހާސިލު ކުރައްވާފައެވެ. އަލްއުސްތާޛު އަޙްމަދު ނިމާލް ވަނީ ފަރްހާން ޒަމީލް އެންޑް ނިމާލްގެ މެނޭޖިންގް ޕާރޓްނާރގެ ގޮތުގައި 1 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައެވެ.

މި ދެ ފަނޑިޔާރުން ހުވާ ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: