ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯ ޕީޕަލްސް ޗޮއިސް އެޖެންޓުން ތައާރަފުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯ ޕީޕަލްސް ޗޮއިސް (އެސްޓީއޯ) އިން ރާއްޖެ އެތެރެކޮށް ވިއްކާ ބުރޭންޑްތަކުގެ މުދާ އަތޮޅުތަކުގެ ރަށްރަށުގައި ވިއްކުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުން އައްޔަނުކޮށް ލިޔުން ހަވާލުކޮށްފި އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އޭޖެންޓު ތައާރަފު ކުރުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ވެސް އެސްޓީއޯ އިން އެތެރެކޮށް ވިއްކާ ބުރޭންޑްތަކުގެ މުދާ ފަސޭހައިން ލިބޭނެ މަގު ފަހިވުން ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯގެ އޭޖެންޓުން ހޮވުމުގައި އަތޮޅުތަކުން ބޮޑު ތަރުހީބެއްް ލިބިފައިވަކަމަށް ކުންފުނިން މައުލޫމާތުދެއެވެ. އެސްޓީއޯއިން ބުނީ މީގެ ބޭނުމަކީ އަތޮޅު ތަކުގައި ތިބި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުން ކަމަށެވެ.

އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި އެސްޓީއޯއިން އެތެރެ ކުރާ ބުރޭންޑްތަކުގެ މުދާ ފޯރުކޮށްދޭނެ 136 އެސްޓީއޯ (ޕީޕަލްސްޗޮއިސް އޭޖެންޓުން) ވަނީ އައްޔަންކޮށްފައެވެ.

މި ރަސްމިއްޔާތުގައި އެސްޓީއޯގެ ޕްރޮޑަކްޓްސް ތަކުގެ މައުލޫމާތު އޭޖެންޓުންނާއި ހިއްސާ ކުރި އެވެ. އަދި މިކަމުގައި ވިޔަފާރިވެރިން ދެއްވާ ތަރުހީބު އެސްޓީއޯއިން ފާހަގަކޮށް ޝުކުރުދެންނެވިއެވެ. 

ރާއްޖޭގެ އެކި އަތޮޅުތަކުގެ ރަށްރަށުގައި އެސްޓީއޯ ކޮންސްޓްރަކްޝަން އޭޖެންޓުން އަދި އެސްޓީއޯ ސްޓޭޕަލް އޭޖެންޓް ތިބިއިރު މި ފަރާތްތަކަށްވެސް އެސްޓީއޯ ޕީޕަލްޗޮއިސް މުދާ ވިއްކުމުގެ އެޖެންޓަކަށް ވެވިދާނެކަން އެކުންފުނިން މައުލޫމާތުދެއްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: