ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައިގެ ކޮންމެ ބްރާންޗަކީ ޓްރޭނިންގ އިންސްޓިޓިއުޓެއް: ސައީދު

ފެނަކަ އިންސްޓިޓިއުޓް ފޯރ ޓްރެއިނިންގ އެންޑް ރިސާރޗް އިން ކުރިއަށް ގެންދިޔަ ފުނަރު ޕްރޮގްރާމްގެ ދަށުން އިންޖީން ރިޕެއަރ އެންޑް މެއިންޓެނެންސްގެ ދަރިވަރުން ދަސްވެނިވުމުގެ ޙަފްލާގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކައިގެ ކޮންމެ ބްރާންޗަކީ ޓްރޭނިންގ އިންސްޓިޓިއުޓެއް ކަމުގައި އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންގެ އިންސްޓިޓިއުޓް ފޯ ޓްރެއިނިންގ އެންޑް ރިސާޗްގެ އެޕްރެންޓިޝިޕް ޕްރޮގްރާމްގެ ދަށުން ހިންގި ލެވެލް 3 ގެ އިންޖީން ރިޕެއާރ އެންޑް މެއިންޓަނަންސް ކޯހުގެ ފުރަތަމަ ބެޗްގެ ދަސްވެނިވުމުގައި ސައީދު ވިދާޅުވީ ފެނަކައިގެ ކޮންމެ ބްރާންޗަކީ ޓްރޭނިންގް އިންސްޓިޓިއުޓެއް ކަމަށެވެ.

ފެނަކަ ކޯޕަރޭޝަން އުފެދި މިވީ 12 އަހަރުދުވަހުގެ ތެރޭގައި ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގައި ފެނަކައިގެ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް މުޅި ޖުމްލަ 7 ބޭފުޅުން ޕޭލީވްގައި ތަމްރީނު ކުރެވިފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. ނަމަވެސް މިއަދު 30 އަށްވުރެ ގިނަ ފުލް ސްކޮލަރޝިޕް ފެނަކަ އިންސްޓިޓިއުޓް މެދުވެރިކޮށް މިހާތަނަށް ދެވިފައިވާ ކަމުގައި ސައީދު ވިދާޅުވިއެވެ.

ފެނަކައިގެ މުޅި އަމާޒަކީ އިންސާނީ ވަސީލަތް ތަރައްގީކޮށް ކުންފުނިން ދޭ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިއުމަށް ޓަކައި މުވައްޒަފުން ތަމްރީނު ކުރުންކަން ސައީދު ފާހަގަ ކުރެއްވި އެވެ. އެގޮތުން ފެނަކައިގައި ވިހި އަހަރާއި ފަންސަވީސް އަހަރުވެފައިވާ މުވައްޒަފުންނަށް ފާއިތުވެދިޔަ ތަނުގައި ސެޓްފިކެޓެއް ނެތި ވަޒީފާއެއް ނުލިބި ތިބި ތިބުން މާޒީވެގޮސްފައިވާ ކަމުގައި ސައީދު ވިދާޅުވިއެވެ. ވުމާއެކު ފެނަކައިގައި ދުވަސްވީ މުވައްޒަފުންނަށް ވަޒީފާ ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ހޯދައިދޭނެ ކަމުގައި ސައީދު ވިދާޅުވިއެވެ.

އެކަމުގެ ނަތީޖާއެއްގެ ގޮތުގައި ސައީދު ވިދާޅުވީ ފެނަކަ އިންސްޓިޓިއުޓްގެ ދަށުން ހިންގި ފުނަރު ޕްރޮގްރާމްގައި ބައިވެރިވެ ކިޔަވާ ނިމި މަސް ދުވަސް ތެރޭގައި ފެނަކަ ދޫކޮށް ރިސޯޓެއްގެ ވަޒީފާއަށް ގޮސްފައިވާ ކަމަށެވެ. ފެނަކަ އިންސްޓްޓިއުޓްގެ ސެޓްފިކެޓް ރިސޯޓުން ބަލައިގަތުމަކީ ލިބުނު އުފަލެއް ކަމުގައި ސައީދު ވިދާޅުވިއެވެ.

މުސްތަގުބަލުގައި ފެނަކަ ވެގެންދާނީ ޓްރެއިނިންގ އިންސްޓިޓިއުޓެއްގެ ގޮތުގައިކަމަށް ސައީދު ވިދާޅުވި އެވެ. އެގޮތުން ފެނަކައިން ތަމްރީނު ނިންމާ ފަރާތްތަކުން ފެނަކައިގެ ވަޒީފާގައި ތިބުން ލާޒިމް ނޫން ކަމަށާއި ނަމަވެސް މުހިއްމީ ރާއްޖޭގެ ކޮންމެ ތަނެއްގައި ވިޔަސް މަސައްކަތްކޮށް ގައުމަށް ހިދުމަތް ކުރުން ކަމަށާއި އޭރުން ފެނަކައިގެ މަގްސަދު ހާސިލްވީ ކަމުގައި ސައީދު ވިދާޅުވިއެވެ. ހަމައެއާއެކު ސައީދު  ވިދާޅުވީ  ފެނަކައިން ތަމްރީނު ކުރާ ބޭފުޅުން ފެނަކައިގައި ތިބުމަކީ ވަރަށް ބޮޑު އެދުމެއް ކަމުގައި ވިދާޅުވިއެވެ. އެހެންނޫންނަމަ ކުންފުނިން ރައްޔިތުންނަށް ހިދުމަތް  ދެމެހެއްޓެނިވި ގޮތެއްގައި ދިނުމުގައި އުނދަގޫ ތަކެއް ކުރިމަތިވާނެ ކަމުގައި ސައީދު ވިދާޅުވިއެވެ.

ރަށްރަށުގައި ހިދުމަތްދިނުމުގައި ފަސޭހަތަކެއް ހުރިކަން ފާހަގަ ކުރައްވައި ސައީދު ވިދާޅުވީ  އެއީ ޒަމާނީ ވަސީލަތްތަކުގެ ޒަރިއްޔާއިން ފެނަކައިގެ މުވައްޒަފުން ތަމްރީނުވެ އެހެން މީހުންނަށް އެކަން ވާސިލްކޮށްދިނުމަށް ކުރާ މަސައްކަތުގެ ނަތީޖާ ކަމުގައެވެ.

ފެނަކައިގެ އިންސްޓިޓިއުޓް އޮފް ރިސާޗް އެންޑް ޓެކްނޮލޮޖީގެ ތަމްރީންތަކާއި ހޯދުންތައް ބައިނަލްއަގްވާމީ ފެންވަރަށް ފުޅާކުރުމުގެ މަސައްކަތް އެކ ގައުމުތަކާ ގުޅިގެން ފަށާފައިވާ ކަމުގައި ސައީދު ވިދާޅުވިއެވެ.

ދާއިރާގެ މުހިއްމު 3 ރިސާރޗް މަސައްކަތެއް އެ އިންސްޓިޓިއުޓްއިން ވަނީ ފަށާފައެވެ.

އިންސްޓިޓިއުޓް އުފެއްދިއިރު ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވިކަމަށާއި ނަމަވެސް މިހާރު މި ދައްކުވައިދެނީ މިދާއިރާއަށް މީހުން ބިނާކުރުމުގެ މުހިއްމުކަމާއި، ކުރިމަގުގައި ދާއިރާ އިތުރަށް ތަރައްގީވެގެން އައުމުގައި ފެނަކައިގެ ހިއްސާ ކަމެވެ.

ސައީދު ވިދާޅުވީ ފެނަކައިގެ މިސްރާބު މިހާރު ހުރީ މި ދާއިރާއިން ހޯދުންތައް ހޯދާ ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރެވޭ މަސައްކަތްތަކާ ދިމާލަށްކަމުގައެވެ. އެގޮތުން މިހާރުވެސް ފެނާއި ނަރުދަމާގެ ދިރާސާއަކާއި އިއާދަކުރުވަނިވި ހަކަތައިގެ ދިރާސާއެއް ފެށިގެން ކުރިއަށްދާކަމުގައެވެ.

“އުންމީދަކީ މި މަސައްކަތަކީ ބައިނަލްއަގްވާމީ ރޮނގުގައި ފާހަގަކޮށްލެވޭ މަސައްކަތަކަށް ހެދުން. މިހާރުވެސް ނެދަރލެންޑްގެ 1 ނަންބަރު ޔުނިވަރސިޓީ “ޑެލްފާ” ގުޅިގެން އެބަ މަސައްކަތްކުރެވޭ. އަދި ލަންކާގެ އެކިއެކި ޔުނނިވަރސިޓީތަކާއެކުވެސް އެއްބަސްވުންތައް ހެދުމަށް ދަނީ ތައްޔާރު ވަމުން” އަހުމަދު ސައީދު

ސައީދު ވިދާޅުވީ ފެނަކައަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުންފުންޏެއްކަމުގައެވެ. އެންމެ ޒަމާނީ ވަސީލަތްތައް ފެނަކައިގެ އިންޖީނުގެތަކުގައި ބޭނުން ކުރަމުން އަންނައިރު އިންޖީނުތަކާއިގުޅޭ ހުރިހާ ޓެކްނިކަލް މަސައްކަތްތަކެއް ބަލަހައްޓަނީ  %100 ދިވެހި ފެނަކަ މުވައްޒަފުން ކަމުގައިވެސް ސައީދު ވިދާޅުވިއެވެ.

ފެނަކަ އިންސްޓިޓިއުޓުން ދަނީ ޓެކްނިކަމް ދާއިރާގެ އިތުރުން ފެނާއި ނަރުދަމާއާއި ކަރަންޓާއި ގުޅޭ ދާއިރާގެ އިދާރީ މަސައްކަތްތަކާއި ގޫޅޭ ކޯސްތަކެއް ފެށުމަށް ތައްޔާރުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: