ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެެމްޑީޕީގެ ނައިބު ރައީސް މިހާރު ހިންގަމުންގެންދާ އަމަލުތަކަކީ ހުތުރު އަމަލުތަކެއް: ސަނީފު

ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް (ސަންނަ)
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ޕާޓީގެ ނައިބް ރައީސްގެ މަގާމުގައި ހުންނަވައިގެން މިއަދު ހިންގަވަމުން ގެންދަވާ އަމަލުތަކަކީ ޑިމޮކްރެސީއާއި ބީރަށްޓެހި ނާތަހުޒީބް ހުތުރު އަމަލުތަކެއް ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް (ސަންނަ) ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “ހަބަރަށް ފަހު” ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ސަނީފް ވިދާޅުވީ ޕާޓީގެ އިސް ލީޑަރު ނުވަތަ ޕާޓީގެ ރައީސް، ނުވަތަ ނައިބް ރައީސް ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި ވަކި ކެނޑިޑޭޓަކަށް ތާއިދުކޮށް ކެމްޕެއިން ކުރެއްވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ޑިމޮކްރެސީއާއި ހިލާފް ބީރަށްޓެހި އަމަލެއްގެ ގޮތުގައި ސަނީފް ސިފަ ކުރެއްވިއެވެ.

ސަނީފް ވިދާޅުވީ އިންތިހާބެއްގައި ކޮންމެ މީހަކަށް ވެސް އެ މީހަކު ބޭނުންވާ ކެނޑިޑޭޓަކަށް ތާއިދުކޮށް ކެމްޕެއިން ކުރުމުގެ ހައްގު ލިބިގެންވާ ކަމަށާއި ނަމަވެސް ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި ޕާޓީގެ ރައީސް ނުވަތަ ނައިބް ރައީސް ވަކި މީޙަކަށް ތާއިދުކޮށް ކެމްޕެއިން ކުރުމަކީ އަހުލާގީ ގޮތުން ވެސް ވަރަށް ދަށު ދަރަޖައިގެ ކަމެއްގެ ގޮތުގައި ސަނީފް ސިފަ ކުރެއްވިއެވެ.

ނައިބް ރައީސް ޝިފާޒް އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ސަނީފް ވިދާޅުވީ ޝިފާޒް އެމްޑީޕީގެ ނަިއބް ރައީސްގެ މަގާމަށް އިންތިހާބު ވެގެން މިއަދާއި ހަމައަށް ޕާޓީ ހަރުދަނާ ކުރުމަށް ކުރި އެއްވެސް މަސައްކަތެއް ނެތް ކަމަށެވެ. އެގޮތުން ޕާޓީގެ މެމްބަރޝިޕް އިތު ކުރުމަށް ނުވަތަ ރަށްރަށުގައި ޕާޓީގެ ހަރަކާތްތައް އިތުރު ކުރުމަށް ޕާޓީގެ ނައިބް ރައީސްގެ ހައިސިއްޔަތުން ޝިފާޒް އެއްވެސް ރަށަކަށް އެއްވެސް ދަތުރެއް ކޮށްފައި ނުވާ ކަމަށާއި ނަމަވެސް މިއަދު ޗެއާޕާސަންގެ އިންތިހާބުގައި ވަކި ބޭފުޅަކަށް ތާއިދު ކުރައްވައިގެން އެ ބޭފުޅާގެ ކެމްޕެއިންނަށް ރަށްރަށް ޝިފާޒް ވަޑައިގަތުމަކީ ވަރަށް ހުތުރު އަމަލެއްގެ ގޮތުގައި ސަނީފް ސިފަ ކުރެއްވިއެވެ.

ސަނީފް ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕްގައި ރައީސްއާއި ނައިބް ރައީސް އަށް ފަހު ދެން އެންމެ އިސް ފަރާތަކީ ޗެއާޕާސަން ކަމަށާއި އެހެން ކަމުން ނައިބް ރައީސް ޗެއާޕާސަން ކަމަށް ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން އެއްވެސް ކެނޑިޑޭޓަކަށް ތާއިދު ކުރުމަކީ އިންތިހާބަށް ނުފޫޒް ފޯރުވުން ކަމަށާއި އެއީ ބަލަން ޖެހޭ ކަމެއް ކަމަށް ސަނީފް ވިދާޅުވިއެވެ.

ނަމަވެސް އެފަދަ މައްސަލައެއް މިއަދު އެމްޑީޕީގެ އެތެރޭގައި ބެލެން ނެތް ކަމަށާއި ސަބަބަކީ މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހެނީ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީއަށް ކަމަށާއި ފިޔަވަޅު އަޅާ ކޮމެޓީގެ މުގައްރިރަކީ ނައިބް ރައީސް ޝިފާޒް ކަމަށާއި ޝިފާޒް ވަކި ކެނޑިޭޓަކަށް ތާއޮދު ކުރައްވާ ނަމަ އެ މައްސަލަ ބެލިދާނެ ގޮތަކާއި މެދު ސަނީފް ސުވާލު އުފެއްދެވިއެވެ.

ސަނީފް ވިދާޅުވީ ނަިއބް ރައީސް ޝިފާޒް ވަކި ކެނޑިޑޭޓަކަށް ތާއިދު ކުރައްވައިގެން މިވަގުތު ކެމްޕެއިން ކުރައްވަމުން ގެންދަވާނަމަ ޕާޓީ އެތެރޭގެ އެކި އިންތިހާބުތަކުގައި ޕާޓީގެ ރައީސް ނައިބް ރައީސް ޗެއާޕާސަންއަށް އެ މީހަކު ބޭނުންވާ ކެނޑިޑޭޓަކަށް ތާއިދުކޮށް ކެމްޕެއިން ކުރެވެން ޖެހޭނެ ކަމަށެވެ.

ނަމަވެސް ސަނީފް ވިދާޅުވީ ޕާޓީގެ ރައީސް ނުވަތަ ނައިބް ރައީސް ވަކި ކެނޑިޑޭޓަކަށް ތާއިދު ކުރައްވައި އެ ތާއިދު ކުރެއްވި ކެނޑިޑޭޓަށް އިންތިހާބު ކާމިޔާބް ނުކުރެވިއްޖެނަމަ ދެން ޕާޓީ ހިންގުމަށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އެހެން ކަމުން އެފަދަ މައްސަލަތައް ހައްލުކޮށް ޕާޓީ ހިންގާލަން ޕާޓީއަށް ބަދަލުތައް އަންނަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ ޗެއާޕާސަންގެ މަގާމަށް ފައްޔާޒް އިންތިހާބު ކޮށްގެން ކަމަށް ސަނީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
38%ވަރަށް ގަދަ 23%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 38%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. އޭވބްކެމް ކުރިމަތީގައި ހިންގި ޢަމަލަށްވުރެ މުޑުދާރު ޢަމަލެއް ހިންގޭނެ ހެނެއް ހިޔެއްނުވޭ އެދުވަހު ސަނީފުހުރީ ކޮންތާކުތޯ

  2. ކޮއްމެ މީހަކަށްވެސް ލިބެންވާނެ ކެންޕޭންކުރުމުގެ ހައްގު ތިގޮތައް ވާހަކަދެއްކިއަސް އަރެމެންނުހެއްލޭނެ އެށްމެންގެ ވޯޓުއިންތިއަށް މަގޭވޯޓު އިންތޔާޒު ފަހުމީ އަށް
    ސާބަހޭއިންތި

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: