ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައްޔާޒް އަކީ ވަކި ބޭފުޅެއްގެ ހިޔަނީގައި ހުންނަވައިގެން ހިންގަވާނެ ބޭފުޅެއް ނޫން : ސަނީފް

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޗެއާޕާސްގެ މަގާމަށް ވާދަ ކުރައްވާ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް އަކީ ވަކި ބޭފުޅެއްގެ ހިޔަނީގައި ހުންނަވައިގެން ހިންގަވާނެ ބޭފުޅެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

.”ސަންގު” ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސަނީފް ވިދާޅުވީ އެމްޑީޕީގައި ބައެއް ބޭފުޅުން ކުރައްވާ މަސައްކަތް ބައްޓަން ވެގެންދަނީ ވަކި ބޭފުޅަކު ވިދާޅުވާ ގޮތަށް ކަމަށާއި އެކަމަކީ މުޅި ޕާޓީގައި ހިމެނޭ އެންމެން ދަންނާނެ ކަމެއް ކަމަށެވެ. މިސާލެއްގެ ގޮތުގައި ސަންނަ ނެންގެވީ ކުއްލި ނުރައްކަލުގެ ހާލަތު 2014 ވަނަ އަހަރު އިއުލާން ކުރުމާއި ދެކޮޅު ހެއްދެވުމަށް ފަހު މިދައުރުގައި ހިނގި ކަމަކާއި ގުޅޭ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ވަކާލާތު ކުރެއްވި ބޭފުޅުން އެމްޑީޕީ ތެރޭގައި ތިބި ކަމަށެވެ.

ސަންނަ ވިދާޅުވީ ފައްޔާޒް އިސްމާއީލާއި އިމްތިޔާޒް ފަހުމީ އާ ދެމެދުގައި ތަފާތު އެބަހުރިކަމަށެވެ. އެތަފާތަކީ މިހާރު ތިއްބެވި ލީޑަރޝިޕުން ބުނާ ގޮތަށް އެބޭފުޅުންގެ ފޮޓޯ ހިފައިގެން ފައްޔާޒް މަސައްކަތް ނުކުރާނެ ކަމުގެ

ސަނީފް ވިދާޅުވީ މިއަދު ފެނިގެންދަނީ ޕާޓީ ތެރޭގައި ތަފާތު ހިޔާލަށް ޖާގަދޭން ބޭނުން ނުވާ މަންޒަރު ކަމަށެވެ. ޕާޓީ ކަންކަން އިސްލާހު ކުރެވޭނީ ތަފާތު ހިޔާލަށް ޖާގަ ދެވިގެން ކަމަށާއި އެޢީ ޑިމޮކްރަސީ ކަމުގައި ސަންނަ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ އަށް ބުނަން ޖެހޭ ބަސް، ބުނަންޖެހޭ ހުދޫދާއި މިންގަނޑު ތެރެއިން ބުނެވެން ޖެހޭނެ ކަމުގައި ސަންނަ ވިދާޅުވިއެވެ. ހަމަ އެއާއެކު ޕާޓީގެ ރައީސާއި ނައިބުރައީސާ ދޭތެރޭގައި ބުނެވެން ޖެހޭ ބަސްބަސް ވެސް ބުނެވެން ޖެހޭނެ ކަމުގައި ސަނީފް ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ ކަންކަން އިސްލާހު ކުރަން ޖެހޭކަން ހާމަ ކޮށްދެއްވައި އެމްޑީޕީގެ ހުރިހާ އިންތިހާބެއް ނިމިގެންދާއިރު އެމްޑީޕީގެ ދީނީ ކޮމިޓީގެ ވާހަކަ ދެއްކެވީ ކާކުތޯ ވިދާޅުވެ ސަނީފް ސުވާލު އުފެއްދެވިއެވެ. އެހެންކަމުން ސަނީފް ވިދާޅުވީ ޕާޓީގައި ހުންނަން ޖެހޭ މިންގަޑު ތަކާއި އުސޫލްތަކަކީ ވަކި ބޭފުޅަކު ބޭނުންވީމާ ނުވަތަ ވަކި ބަޔަކު ބޭނުން ނުވީމާ އޮންނަން ޖެހޭ ކަމެއް ނޫންކަމުގައި ސަނީފް ވިދާޅުވިއެވެ.

ރައީސް ސާލީހު ވެރިކަމުން ދުރުކޮށް ބަޢާވާތެއް ގެންނަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާއި ބެހޭ ގޮތުން ސުވާލު ކުރުމުން ސަނީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ބާރު ކަނޑުވާލަން ބަޣާވާތެއް ކުރުމަށްޓަކައި އެވިސްނުން ވިސްނާކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެމަގަށް ޕާޓީތެރޭގައި މަސައްކަތްކުރާ ތަންނުފެންނަ ކަމަށާއި އެކަމުގެ ސިގްނަލެއް ލިބިފައި ނުވާ ކަމަށް ސަންނަ ވިދާޅުވިއެވެ. ހަމައެއާއެކު ޕާޓީގެ ރައީސްގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ދުރުކުރުމަށްޓަކައި ހިންގޭ އެއްވެސް  ހަރަކާތެއް އެތެރޭގެ އިންތިހާބުގައި ނުހިމެނޭ ކަމުގައިވެސް ސަނީފް ވިދާޅުވިއެވެ.

އެދެވާހަކަ އަކީ ވެސް އިންތިހާބާ ދިމާކޮށް ތާއީދު ހޯދުމަށްޓަކައި ދެކެވޭ ވާހަކަ ކަމުގައި ސަނީފް ވިދާޅުވިއެވެ.

މީގެއިތުރުން ޕާޓީ ހިސޯރު ކުރާކަށް އެކަކުވެސް ނޫޅޭ ކަމަށާއި އެންމެ ވިސްނުމެއް ތަފާތު ވެގެން ހިސޯރު ކުރެވޭނެ ތޯ ސަނީފް ވިދާޅުވެ ސުވާލު އުފެއްދެވިއެވެ. ޕާޓީގެ ތެެރެއަށް އެއްވެގެންދާނީ އިތުރު ވިސްނުމާއި ހިޔާލު ކަމުގައި ސަނީފް ވިދާޅުވިއެވެ، ސަނީފް އިތުރަށް ވިދާޅުވީ އެއްވެސް ހާލަތެއް ގައި ރައީސް ނަޝީދަށް ދެރަވާނެ ގޮތެއް ޕާޓީގެ މެމްބަރުން ނަހަދާނެ ކަމަށެވެ.

“އެއްވެސް ހާލަތެއް ގައި ރައީސް ނަޝީދަށް ދެރަވާނެ ގޮތެއް ޕާޓީގެ މެމްބަރުން ނަހަދާނެ!” މެމްބަރު ސަނީފް

ހަމައެއާއެކު ޗެއަރޕާސަންގެ މަގާމަކީ އެކަމުގެ ސަބަބުން ޕާޓީގެ ރައީސް އާއި ނައިބު ރައީސަށް އެއްވެސް ގެއްލުމެއް އުފުލަންޖެހޭނެ ކަމެއް ނޫންކަމަށްވެސް ސަނީފް ވިދާޅުވިއެވެ.

ސަނީފް ވިދާޅުވީ ޕާޓީގެ ރައީސްއާއި ނައިބުރައީސް އަދި ޗެއަރޕާސަން ގުޅިގެން މަސައްކަތްކޮށްފިނަމަ ޕާޓީއަށް އިތުރު ކުރިއެރުން ހޯދިދާނެ ކަމަށާއި ޕާޓީތެެރޭގައި ދާއިރާތަކުގެ ކުދިން ކުރާ ޝަކުވާތަކަށް ހައްލެއް ލިބިގެންދާނެ ކަމުގައި ދެކޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: