ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ޕީޖީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރަކަށް އަނދުން ހުސައިން!

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެން ޝަމީޟް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރަކަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސައިން) ހޮވިވަޑައިގެންފި އެވެ.

މިއަދު ބޭއްވި އިންތިހާބުގައި އަނދުން ހުސެއިނާ ވާދަކުރައްވާފައި ވަނީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

ވޯޓްގައި ބައިވެރިވެލެއްވި 63 އެމްޑީޕީގެ މެމްބަރުންގެ ތެރެއިން 38 ވޯޓު ހޯއްދަވާ އަނދުން ހުސެއިން އިންތިހާބު ކާމިޔާބު ކުރެއްވިއިރު އިލްޔާސް އަށް ލިބިވަޑައިގެންނެވީ 25 ވޯޓެވެ.

އެމްޑީޕީ ޕީޖީ ގުރޫޕްގައި ދެ ނައިބު ރައީސުން ތިއްބަވައެވެ. އެގޮތުން އެއް ނައިބެއްގެ ގޮތުގައި މީގެ ކުރިން އިންތިހާބު ވެފައިވަނީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން ރަޝީދު (ބިގޭ) އެވެ.

އެމްޑީޕީ ޕީޖީ ގުރޫޕްގެ ލީޑަރަކަށް އިންތިހާބު ވެފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.

އަސްލަމް ޕީޖީ ލީޑަރުކަމުގެ މަގާމް ކާމިޔާބު ކުރެއްވީ ކުރިން އެމަގާމުގައި ހުންނެވި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ވާދަކޮށްގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: