ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބު ފަސް ކުރުމާއިމެދު ގޮތެއް ނިންމަން ގައުމީ މަޖިލިސް ޖަލްސާއެއް މާދަމާ ރޭ!

އިންތިހާބުގައި ވާދަކުރައްވާ އިންތި އާއި ފައްޔާޒް: ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމަށް މާދަމާރޭ ގައުމީ މަޖިލީހުގެ ޖަލްސާ އެއްބޭއްވުމަށް އެޕާޓީން ހަމަޖައްސައިފިއެވެ.

އެމްޑީޕީ އިން މައުލޫމާތު އާންމުކޮށްފައިވާ ގޮތުގައި ގައުމީ މަޖިލީހުގެ ޖަލްސާ އޮންނާނީ މާދަމާރޭގެ 8:30 ގައި އިމާދުއްދީން ސްކޫލްގެ ހޯލުގައެވެ.

މި ޖަލްސާ އަކީ ޗެއަރޕާސަން އިންތިހާބު ބޭއްވުމަށް ކަނޑައެޅި ތާރީހު ކަމުގައިވާ އެޕްރިލް މަހުގެ 16 ވަނަ ދުވަސް ރޯދަ މަހާ ދިމާވާތީ އެނޫން ދުވަސްވަރަކު އިންތިހާބު ބޭއްވުމާއި މެދު ގޮތެއް ނިންމުމަށް ބޭއްވޭ ޖަލްސާއެކެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގައި ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ. ޗެއަރޕާސަން އިންތިހާބުގެ ދެ ކެންޑިޑޭޓުންވެސް އަންނަނީ ފޯރިގަދަ ވާދަވެރި ކެމްޕޭނެއް ކުރައްވަމުންނެވެ.

 

 

އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް، ވޯޓުލާ ތާރީހަށް ބަދަލު ގެނައުމަށް އެންމެ ފުރަތަމަ ވާހަކަ ދެއްކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ކެމްޕެއިން ޓީމުންނެވެ. އެކަމަށް އިންތިގެ ކެމްޕެއިން ޓީމުން އެއްބަސްވެދާނަން ތޯ “ސަންގު” އިން ސުވާލު ކުރުމުން އިންތިގެ ތަރުޖަމާނު އަދި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ އިންތިހާބަކަށް ވަކި ތާރީހެއް ކަނޑައަޅަނީ ވަރަށް ގިނަ ވިސްނުންތަކާއި މަޝްވަރާއަށް ފަހުކަމަށް ދެކޭކަމަށެވެ. އެހެން ކަމުން އިންތިހާބެއްގެ ތާރީހެއް އެއްވެސް ގޮތަކަށް ލަސް ކުރުން ގަބޫލެއް ނޫންކަމަށް ވައްޑެ ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް އަނެއްކާވެސް މައްސަލަތައް ގޯސްވެފައިވާއިރު، އެންމެ ފަހުން ޖެހުނީ ރ. ދުވާފަރު އާމިރު، އެ ރަށުގެ ހެލްތް ސެންޓަރުގެ ވަޒީފާއިން ވަކި ކުރި މައްސަލަ އެވެ. އިންތިގެ ކެމްޕެއިން ޓީމުން ތުހުމަތު ކުރާގޮތުގައި އޭނާ ވަޒީފާއިން ވަކި ކުރީ ފައްޔާޒަށް ތާއީދު ކުރަން އެންގުމުން އެގޮތަށް އަމަލު ނުކުރުމުގެ ސަބަބުންނެވެ. އެ މައްސަލަ އިއްޔެގެ މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅުމުން އެމްޑީޕީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަރިސް ބޭފުޅުން ވަނީ ނުރުހުންފާޅުކޮށް މިއީ ރައީސް ސޯލިހަށް ދަތިކުރުންގެ ގޮތުގައި ސިފަކޮށްފަ އެވެ. އެކަމަށް ރައްދު ދީ ރައީސް ނަޝީދާއި އަރިސް ބޭފުޅުން ވަނީ ނުފޫޒާއި ބާރުގެ ބޭނުން ކުރުން ހުއްޓާލުމަށާއި، އެއީ އެމްޑީޕީގެ ސިފަތަކެއް ނޫންކަމަށް ބުނެފަ އެވެ.

ޗެއަރޕާސަންގެ އިންތިހާބާ އެކު ޕާޓީގެ އެތެރޭގެ ދެން ހުރި އިންތިހާބުތައް ކަމުގައިވާ އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިންތިހާބު ވެސް 16 އޭޕްރިލްގައި ބޭއްވުމަށް އެންމެ ފަހުން ބޭއްވުނު ގައުމީ މަޖިލީހުން ވަނީ ފާސްކޮށްޕައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: