ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންހެނުންގެ ދުވަހާއި ގުޅިގެން ޖަމްއިއްޔާތަކުން ނެރުން ނޫސް ބަޔާން: “އަދިވެސް ގޮންޖެހުންތަށް ގިނަ”

އަންހެނުންގެ ދުވަހުގެ ރަސްމިއްޔާތެއްގެ ތެރެއިން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލް އަގުވާމީ އަންހެނުންގެ ދުވާހާއި ގުޅިގެން ޖަމްއިއްޔާތަކުން ނެރުނު ނޫސް ބަޔާނުގައި އަންހެނުންނަށް ހުރި ގޮންޖެހުންތައް އަދިވެސް ގިނަކަމަށް ބުނެފި އެވެ.

މި ބަޔާނުގައި ވަނީ ބައިނަލްއަގުވާމީ ގޮތުން އަންހެނުންގެ ދުވަހެއް ފާހަގަކުރަން ނިންމާފައި ވަނީ އިގްތިސާދީ، އިޖުތިމާއި، އަދި ސިޔާސީ ދާއިރާގައި ފިރިހެނުންނާއި އެއްހަމައެއްގައި ހަރަކާތްތެރިވުމަށް އަންހެނުންނަށް މަގުފަހިކުރުމަށާއި މި ކަންކަމަށް ހުރި ތަފާތު ހުރަސްތައް ނައްތާލުމަށް ކަމުގައެވެ.

މި ދުވަސް މިގޮތަށް ފާހަގަ ކުރަނީ މުޖުތަމައުގެ ތެރޭގައި އަންހެނުންނާއި މެދު ގެންގުޅެމުންދާ ބޮޑު ފަރަގުގެ ސަބަބުން ކަމަށް ޖަމިއްޔާތަކުން ފާހަގަ ކުރި އެވެ. ތައުލީމީ ރޮގުންނާއި އަދި ސިޔާސީ ރޮގުގެ އިތުރުން އިގްދިސާދީ ރޮގުގައިވެސް ފިރިހެނުންނަށް ވުރެ އަންހެނުންނަށް ހުރި ފުރުސަތުތައް މަދުވެ ދެ ޖިންސުގެ މީހުންގެ ދެމެދުގައި ބޮޑެތި ބޭއިންސާފުވެރި ފަރަގުތަކެއް އުފެދިފައިވުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ބަޔާނުގައި ވެއެވެ.

މި ފަރަގުތަށް ނައްތާލުމަށްޓަކައި އަމަލީ ސިފަ ގެނެސް، ތަންފީޒުކުރުމަށް ދައުލަތަށާއި ސަރުކާރުގެ އިދާރާތަކަށް ގޮވާލައި ޖަމިއްުޔާތަކުން ވަނީ އަންހެނުންނަށް މުޖްތަމައުގެ ތެރޭގައި އަދިވެސް ދިމާވަމުން ދާ ބައެއް ގޮންޖެހުންތައް ފާހަގަ ކުރައްވާފަ އެވެ. މިގޮތުން އަންހެނުންނަށް ކުރާ އަނިޔާ އާއި ތަފާތު ކުރުންތައް ނައްތާލައި، އަންހެނުންނަށް އިގްތިސާދީ އަދި ސިޔާސީ ބާރުވެރިކަމުގެ އިތުރުން އިޖްތިމާއީ ބާރުވެރިކަން ގެނެސްދިނުމަށްޓަކައި ވެސް، މަޖިލީހުގެ ޖެންޑަރ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ހަދާފައިވާ 28 ރިކޮމެންޑޭޝަން ތަންފީޒުކުރުމުގައި ދައުލަތުންނާއި ސަރުކާރުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަމާއި، އަދި މިކަންކަން ތަންފީޒު ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތައް ރައްޔިތުންގެ މަޖިލީހުގައި ޖަވާބުދާރީ ކުރުމަށް ވަނީ ޖަމްޢިއްޔާތަކުން ވަނީ އެދިފަ އެވެ.

އަންހެނުންނަށް އިންސާފުވެރިކަމާއި އެކު އިންސާނީ ހައްގުތައް ލިބުމަށް ހުރަސް އެޅިފައިވާ ބައިގަނޑުތަށް ޤާނޫން ފޮރުވައި އަންހެނުންނަށް ރައްކާތެރިކަން ލިބުމުގައި ކުރިމަތިވާ ހުރަސްތަކަށާއި، ތަފާތުކުރުންތަކަށް ނިމުމެއް ގެނައުމަށްވެސް މި ބަޔާނުގައި ވަނީ ގޮވާލާފައެވެ.

ނާޒުކު ޙާލަތުގައި ތިބޭ އަންހެނުންނުނާއި އަދި ކުޑަކުދިންގެ އިތުރުން ޢުމުރުން ދުވަސްވީ މީހުންގެ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތަށް ބަލިމަޑުކަމުގެ ހާލަތުން އަރައިގަތުމުގެ ސިޔާސަތުތައް ބައްޓަންކޮށް، އެކަމަށް ޢަމަލީ ސިފަ ގެނައިސް ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތައް މިގޮތުގެ މަތިން ބައްޓަންކުރުމަށްވެސް ވަނީ ގޮވާލާފައެވެ.

ވިލަރެސްކުރުމުގައި އަންހެނުންގެ މަޝްވަރާވެސް ހޯދައިގެން އަންހެނުންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރެވޭނޭ ގޮތަށް ކަންތަތައްތައް ބައްޓަން ކުރުމަށްވެސް ވަނީ ގޮވާލާފައެވެ.

ކާވެނީގެ ތެރޭގައި ރުހުމަކާ ނުލާ ހިންގާ ޖިންސީ ގުޅުމަކީ ރޭޕްގެ ކުށެއް ކަމުގައި ކަނޑައަޅައި، ޖިންސީ އަނިޔާ ލިބޭ ފަރާތްތަކަށް ޤާނޫނު ތަންފީޛުކުރާ ނިޒާމުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ގޮތަށް ޖިންސީ ކުށުގެ ޤާނޫނަށް އުއްމީދީ އިސްލާޙުތަކެއް ގެނެސްފައިވާއިރު، މި އިޞްލާޙުތަކުގެ މަންފާ ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގެ މަސައްކަތްތައް އަވަސްކުރުމަށްވެސް ވަނީ ބަޔާނުގައި ގޮވާލާފައެވެ.

މަސައްކަތުގެ މާޙައުލުގައި ކުރާ ޖިންސީ ފުރައްސާރަ ހުއްޓުވައި ނައްތާލުމުގައި، ވަޒީފާދޭ ފަރާތްތަކުން ޤާނޫނު ތަންފީޒުކުރަމުންދާ މިންވަރު މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި މޮނިޓަކުރަމުން ގެންދިޔުމަށާއި، ކާވެނީގެ ތެރޭގައި ރުހުމަކާ ނުލާ ހިންގާ ޖިންސީ ގުޅުމަކީ ރޭޕްގެ ކުށެއް ކަމުގައި ކަނޑައަޅައި، ޖިންސީ އަނިޔާ ލިބޭ ފަރާތްތަކަށް ޤާނޫނު ތަންފީޛުކުރާ ނިޒާމުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ގޮތަށް ޖިންސީ ކުށުގެ ޤާނޫނަށް އުއްމީދީ އިސްލާޙުތަކެއް ގެނެވިފައިވާއިރު، މި އިޞްލާޙުތަކުގެ މަންފާ ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގެ މަސައްކަތްތައް އަވަސްކޮށްދިނުމަށް ޖަމްއިއްޔާތަކުން އެދިފައިވެއެވެ

މިންތީގެ ހަމަހަމަކަމާއި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ހެދިފައިވާ ޤާނޫނުތައް ފުރިހަމައަށް ތަންފީޒުކުރުމަށާއި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމުގައި އަންހެނުންނާއި ފިރިހެނުންގެ ދިރިއުޅުމުގެ ހާލަތްތަކަށާއި، މުޖުތަމައުގެ ތެރޭގައި ހުންނަ މިންތީގެ ފަރަގުތަކަށް ރިއާޔަތްކޮށް، ނަތީޖާ ނެރެވޭނެ ގޮތަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށް، އަންހެނުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތައް އިނދަޖެހުނުނަމަވެސް، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދަންވާނޭ ކަމަށް ޤަބޫލުކުރާ ވިސްނުމާ ދުރުހެލިވުމަށާއި، ތަރައްޤީގެ މަޝްރޫޢުތައް ބައްޓަންކުރާއިރު، އަންހެނުން ކުރާ މަސައްކަތްތަކަށް ނޭދެވޭ އަސަރު ނުފޯރާނޭ ގޮތަށް ސިޔާސަތު ބައްޓަންކުރުމަށްވެސް ޖަމްއިއްޔާތަކުން ވަނީ އެދިފައެވެ.

މީގެ އިތުރުން ޖަމްއިއްޔާތަކުން ނެރުނު ބަޔާނުގައި ވަނީ މި އަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރުކަމަށްވާ “ދެމެހެއްޓެނިވި މާދަމާއަކަށް މިންތީގެ ހަމަހަމަކަމަށް މިއަދު މަސައްކަތްކުރަމާ” މި ޝިއާރުގެ ދަށުން ސަރުކާރުން ތަރައްޤީގެ ކަންކަން ރާވާ ވިލަރެސްކުރުމުގައި ތިމާވެށި ފަނާނުކޮށް ވިލުންވެރިކަން ދެމެހެއްޓޭނެގޮތަށް ކަންކަންކުރުމަށްވެސް ގޮވާލާފައެވެ.

މިގޮތަށް ނުރަސްމީ މަސައްކަތުގައި ބައިވެރިވާ އަންހެނުން ނިސްބަތުން ގިނަކަމަށްވާއިރު، މުސްކުޅި ޢުމުރު ޕެންޝަންގެ މަންފާ އެފަރާތްތަކަށް ލިބިގެންދާނެ ގޮތަށް ޤާނޫނުތައް އިޞްލާޙުކުރުމަށްވެސް އެދިފައިވެއެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އިން ސަރުކާރު އޮފީސްތަކަށް ފޮނުވާފައިވާ ސަރކިއުލާގައި ހިމަނާފައިވާ ކަންކަމަށް އެ ޖަމްޢިއްޔާތަކުން ތާއީދު ކުރާކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: