ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަދަލުތަށް ގެންނަން ވާނީ ދެޖިންސުގެ ހިޔާލާއި، ތަޖުރިބާ ހިމަނައިގެން: ޖެންޑާ މިނިސްޓާ

ރެހެންދި އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ޖެންޑާރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކަންކަމާއި ގުޅިގެން ގެނެވޭ ބަދަލުތަށް ގެންނަން ވާނީ ދެ ޖިންސުގެ ހިޔާލާ، ފިކުރާ ތަޖުރިބާ ހިމަނައިގެން ކަމުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަވިސަސް ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވެއެޖެ އެވެ.

އަންހެނުންގެ ދުވަހާއި ގުޅިގެން މިއަދު ދެވުނު ހިތާބުގައި ކުރިއަށް އޮތް ޖީލުތަކަށް އަމާނާތްތަށް ފޯރުކޮށްދިނުމަށްޓަކައި، ސިޔާސަތު އެކުލަވާލުމުގައާއި، ކަންކަން ރޭވުމުގައި ބަދަލުތަކެއް ގެންނަން އެބަ ޖެހޭކަމަށް ފާހަގަ ކުރައްވަމުން ޖެންޑާ މިނިސްޓާ ވިދާޅުވީ، މި ބަދަލުތަށް ގެނައުމުގައި ކަންކަން ރާވާ، ނިންމާ އަދި ތަންފީޒުކުރާ މަރުހަލާތަކުގައި ދެޖިންސުގެ މައުނަވީ ބައިވެރިވުމާއި، ދެޖިންސުގެ ޚިޔާލާ، ފިކުރާއި ތަޖުރިބާ ހިމަނައިގެން ގެނެވޭ ބަދަލަކަށް ވާންޖެހޭކަމުގައެވެ.

މިގޮތުން މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތި ވަމުން މިދާ ހީނަރުކަމުން ސަލާމަތް ވެވޭނީ ހައްލު ހޯދެއްވުމަށްތަކައި މަޝްވަރާތަކުގައި ދެ ޖިންސުގެ ހަމަހަމަކަން ބޭއްވައިގެން ކަމުގައި މިނިސްޓާ ފާހަގަ ކުރެއްވިއެވެ.

2030 ވަނަ އަހަރަށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، ދިވެހި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމި މުޢާހަދަތަކަށް ރިޕޯޓުކުރުމުގައި، ދިވެހިރާއްޖޭގެ އަންހެނުންގެ ޙާލަތު ބަދަލުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަން ގެންޑާ މިނިސްޓާ މި ހިތާބުގައި ފާހަގަ ކުރެއްވިއެވެ.

އެގޮތުން އެގޮތުން 2016 ވަނަ އަހަރު ތަސްދީޤުކުރެވުނު ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން 2019 ވަނަ އަހަރު އެކުލަވާލެވުނު ނެޝަނަލް ޕޮލިސީ އޮން ޖެންޑަރ ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި ޤައުމީ ފެންވަރުގައި މަސައްކަތްކުރާނެ އެކްޝަން ޕްލޭންއެއް ފާސްކުރެވިފައިވާ ކަމުގައި ޖެންޑާ މިނިސްޓާ އާއިޝަތު މުހައްމަދު ދީދީ ވިދާޅުވިއެވެ.

ޔޫއެންޑީޕީ އަދި އޮސްޓްރޭލިއާގެ ސަރުކާރުގެ ދީލަތި އެހީތެރިކަމާއި ފަންނީ ލަފާއާއެކު، 2021 ވަނަ އަހަރު އެކުލަވާލެވުނު ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން، މިދިޔަ ފެބުރުވަރީ މަހުގެ 22ގައި ވަޒީރުންގެ މަޖިލީހުން ފާސްކުރެވިގެންދިޔުމަކީ ދިވެހިރާއްޖޭގައި މިންތީގެ ހަމަހަމަކަން ޤާއިމކުރުމަށް ކުރަމުން މިދާ މަސައްކަތުގައި އެޅުނު މުހިއްމު ފިޔަވަޅެއްކަން އެކަމަނާ ހިތާބުގައި ފާހަގަ ކުރެއްވިއެވެ.

ހިތާބުގައި އިތުރަށް އެކަމަނާ ފާހަގަ ކުރެއްވީ މޫސުމީ ބަދަލުތަކުގެ ސަބަބުން އަންހެނުންގެ ބާރުވެރިކުރުމަށް ކުރިމަތި ވަމުން މިދާ ހީނަރުކަމުން ސަލާމަތްވުމަށް ފިޔަވަޅުތައް އަޅައި މިކަމުގެ ހައްލު ހޯދަން ޖެހޭ ކަމަށެވެ.

ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގައި ކުރައްވަން ޖެހޭ މަސައްކަތްތަކަކީ ހަމައެކަނި މިނިސްޓްރީގެ ފަރާތުން ނުކުރެވޭނެ ކަމެއްކަމުގައި ފާހަގަ ކުރައްވަމުން މިނިސްޓާ ވިދާޅުވީ ް، އެކި ދާއިރާތަކުން މި ޕްލޭން ތަންފީޒުކުރުމަށް ހިނގާނެ ޚަރަދު އަންދާޒާކުރުމަށްޓަކައި “އެކްޝަން ޕްލޭންގެ ކޯސްޓް” ކުރުމުގެ މަސައްކަތްތަކެއް ކުރެވިގެ ދާނެ ކަމަށެވެ.

ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ހަލުވިކަމާއެކު ތަންފީޒު ކުރެވުން މިއީ އެކަމަނާގެ އުއްމީދެއްކަމުގައި ފާހަގަ ކުރައްވަމުން ހިތާބުގައި މިނިސްޓާ ދެންނެވީ މިކަމުގައި ވީހާވެސް އަވްސް ހައްލެއް ލިބިގެންދިޔުމަށް އެދެކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: