ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީއަށް މެމްބަރުން އައްޔަން ކުރުމަށް ކޮމިޓީން ރުހުންދީފި

އެންޓި-ކޮރަޕްޝަން ކޮމީޝަންގެ މެންބަރުކަމަށް ޢައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވާފައިވާ ފަރާތްތަކާ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިންޓަރވިއުކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި ކަރަޕްޝަން ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންތަކަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއިން ރުހުންދީފިއެވެ.

އެންޓި ކަރަޕްޝަން ކޮމިޝަނަށް އަލަށް އައްޔަންކުރެވުނު މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ އާދަމް ޝާމިލް، ރަތްވިލާގެ ތ. ވިލުފުށި، ޝަޒްނާ ހާޝިމް، ރިހިވިލު ހ.ދ ނޮޅިވަރަންފަރު، ޝިޔާމާ މުހައްމަދު، ނާރެސް ރ. ހުޅުދުއްފާރު، އަބްދުއްސަލާމް، ހަވާ ށ. ނަރުދޫ އަދި ތާހާ މުހައްމަދު، ކަޅިހުރާގެ އ.ދ މާމިގިލި އެވެ.

މި ހުރިހާ ބޭފުޅުންނަށް ވެސް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއިން ވަނީ ރުހުންދިނުމަށް ފާސްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ފަރާތުން އޭސީސީގެ މެމްބަރުން ވަކި ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައިވަނީ އޮޑިޓަރ ޖެނެރަލް އެކުލަވާލި އޮޑިޓަކަށް ފަހުގައެވެ.  އެ އޮޑިޓްގައި ކޮމިޝަނަށް ލިބިދީފައިވާ ގާނޫނީ ބާރު ރަނގަޅުގޮތުގައި ބޭނުން ހިފާފައިނުވާ ކަންވަނީ ފާހަަގަކޮށްފައެވެ. މީގެ އިތުރުން ކޮމިޝަނުން ނުނިންމާ ހުރި މައްސަލަތަކުގެ އަދަދު 1600 އަށް އަރާ ކަމަށާއި ދިގުލައިގެންގޮސް 3 އަހަރުވެފައިވާ މައްސަލަތަކުގެ އަދަދު ގާތްގަނޑަކަށް 300 އަށް އަރާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބަޔާން ކޮށްފައިވެއެވެ.

އެންޓި ކަރަޕްޝަން ކޮމިޝަންގެ މެމްބަރުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާފައިވަނިކޮށް އެކޮމިޝަނުގެ މެމްބަރުން ވަނީ އަމިއްލައަށް އިސްތިއުފާ ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: