ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ބައިބައި ކުރުމުގެ ނިޔަތެއް އޮތީ ހަސަން ލަތީފުގެ އެކަނި: ޝާހިދު

ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެއްވެސް މެންބަރަކީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖުލިސް ރައީސް ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ލީޑަރ ކަމުން ވަކިކުރުމުގެ ފިކުރު ގެންގުޅުއްވާނެ ބޭފުޅުން ތަކެއްނޫން ކަމަށް ށ. ފޮނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަންގުޓީވީގެ ހަބަރަށްފަހު އެ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

އެމްޑީޕީ ބައިބައި ވެއްޖެ ކަމަށް ހަސަން ލަތީފް ދައްކަވާ ވާހަކަތައް ދޮގު ކުރައްވަމުން ޝާހިދު ވިދާޅުވީ އެ ޕާޓީ ބައިބައި ވެފައިވާ ކަމަށް ޤަބޫލުފުޅު ނުކުރައްވާކަމުގައެވެ. ވަކި މަޤްސަދެއް ހަސިލޮް ކުރުމުން ހަސަން ލަތީފް ދައްކަވާ އެފަދަ ވާހަކަތަކުން އެއްވެސް ބަޔަކަށް ފައިދާއެއް ނުކުރާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

“އަޅުގަނޑުމެން ނޫޅެމެ އެމްޑީޕީ ބައިބައި ކުރާކަށް. އެމްޑީޕީ ބައިބައި ކުރުމުގެ ވާހަކަދައްކަވަނީ އެ ބެފުޅުން. ހަސަން ލަތީފުމެން އެބަވަތުގެ ވާހަކަ ދެއްކެވުމުން. މި ޕާޓީ ބައިބައި ވާކަމަށް ބައެއް މެންބަރުންނަށް ހީފުޅުވަނީ.” ޝާހިދު

އެމްޑީޕީ ބައިބައި ކުރުމުގެ އެއްވެސް ސިފައެއް އެ ޕަޓީގައި ނެތްކަމާއި ޙާއްސަކޮށް އެ ޕާޓިގެ ހިންގުންތެރި އިސްބޭފުޅުން އެ ބާވަތުގެ ވާހަކަ ދެއްކެވީމާ ރާއްޖޭގެ އެކި ރައްތަކުގެ ރައްޔިތުންނަށް ހީވެފައި އޮތް އޮތުމަކީ ކުއްހީއެއްކަމަށެވެ. އަދި އެ ވާހަކަތައް ދައްކަވާ ބޭފުޅުން ދައްކަވާ ވާހަކަތައް ސިފަވަނީ އެމްޑީޕީ ދެފަޅިޔައް ނުފެޅި އޮތީމަ އެކަނަ ކުރައްވަން ބެނުންފުޅުވެގެން ދައްކަވާ ވާހަކަތަކެއްގެ ގޮތުގައި ކަމަށް ޝާހިދު ވިދާޅުވިއެވެ.

” އެބެފުލުންބޭނުންވާ ވަކި މަޤްސަދެއްހަސިލްކުރުމަށް. އަޅުގަނޑަކަށްނޭގެ އެއީ ކޮން މަޤްސަދެއްކަމެއް. އެބޭފުޅުންގެ ނިޔަތަކީ. އަޅުގަނޑަށް އިނގޭ ކަމަކީ އަޅުގަނޑުމެންގެ ނިޔަތަކުނެތް ހަމަގައިމު އެމްޑީޕީ ވަކިކުރުމުގެ ބައިބައިކުރުމެއް. ކީއްކުރަންތޯ.އެމްޑީޕީ ބައިބައި ވުމުގެ އެއްވެސް ސިފަޔެއް އެމްޑީޕީ ތެރެއަކުނެތް” ޝާހިދު

.ﷲ ގެ އިރަދަފުޅާއި އެކު 2023 ގަވެސް ރާއްޖޭގެ ވެރިކަން ކުރާނި އެމްޑީޕީއިން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: