ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިޔަމިގިލީގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ތ. ދިޔަމިގިލީގައި މީހަކަށް ހަމަލާދީ ޒަހަމުކޮށްލައިފިއެވެ.

ފުލުހުން ބުނެފައިވަނީ ތ. ދިޔަމިގިލީގައި މީހަކަށް ހަމަލާ ދީފައިވާކަމުގެ ރިޕޯޓް މިއަދު ހެނދުނު ލިބިފައިވާ ކަމަށެވެ.

އަނިޔާ ލިބިފައިވަނީ ދިވެހި ފިރިހެނަކަށް ކަމަށާއި، އެމީހާއަށް ދިޔަމިގިލީ ސިއްހީމަރުކަޒުގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ.

މިމައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.

މައުލޫމާތު ލިބޭ ގޮތިގައި ވަޅިއަކުން ހަމަލާ ދީފައި ވަނީ އެރަށު މުދިމްކަން ކުރަމުން އަންނަ އަހުމަދު ރަޝީދަށެވެ. އޭނާގެ ކަރަށާ އަދި ވެސް އިތުރު ތަނަކަށް ހަމަލާ ދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: