ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ސިފައިން އުތުރު ތިލަފަޅަށް ހަތިޔާރު ވައްދާފައި ނުވާނެ: ރައީސް ނަޝީދު

ރައީސް މުހައްމަދު ނަޝީދާއި, (ފޮޓޯ: އަވަސް) ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

އަވައްޓެރި އިންޑިއާގެ ސިފައިންނަށް އެ މީހުން ބޭނުން ހަތިޔާރުތައް ދިވެހި ސަރުކާރުގެ ހުއްދައަކާއި ނުލައިވެސް އުތުރު ތިލަފަޅަށް ވެއްދުމަށް ސަރުކާރުން ހުއްދަ ދީފައިވާ ކަމުގެ ވާހަކަތައް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދޮގު ކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވައި ރިޔާސަތުގައި އިންނަވައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު މިހެން ވިދާޅުވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު މިކަންކަމަށް ތުހުމަތު ކުރައްވާ މަޖިލީހަށް ހުށައެޅުއްވި ސީޓީގެ މައްސަލައިގަ އެވެ.

މަޖިލީހަށް ހުށަހެޅި ސިޓީގައި އާދަމް ޝަރީފް އެދިފައި ވަނީ ދިވެހި ސަރުކާރާއި އިންޑިއާ ދެމުދު ވެފައިވާ އެއްބަސްވުމުގައި ގައުމީ ސަލާމަތާއި ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާފަދަ ކަމެއް ނެތްކަން ކަށަވަރުކޮށްދެއްވުމަށެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުމުގެ ޑްރާފްޓެއްކަމަށް ބުނާ ލިޔުމެއް ސޯޝަލް މީޑިއާގައި މިދިޔަ އަހަރު ލީކުވި އެވެ. އެ މައްސަލައިގައި މަޖިލީހުގައި ވެސް ބަހުސްތަކެއް ކުރުމަށް މަހު، ގައުމީ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މެމްބަރުންނާއި އެއްބަސްވުމުގައި ވާކަންކަން ހިއްސާ ކުރި އެވެ. ނަމަވެސް އެ ޕްރެޒެންޓޭޝަނުގައި ވަނީ ތެދެއްކަމަށް ގަބޫލު ކުރަން އިދިކޮޅުން ދެކޮޅު ހަދަ އެވެ.

އެކަމަށް އިޝާރާތްކޮށް ރައީސް ނަޝީދު ވިދާޅުވީ، ޔޫޓީއެފް އެއްބަސްވުން ޕްރެޒެންޓޭޝަނެއްގެ ސިފައިގައި މެމްބަރުންނާއި ހިއްސާކޮށްފައިވާނެ ކަމަށެވެ.
އަދި އެއްބަސްވުމުގެ ލިޔެކިއުންތައް މެމްބަރުންގެ އަތަށް ދޫނުކުރި ސަބަބެއްކަމަށް އެމަނިކުފާނު ވިދާޅުވީ އެއްބަސްވުމަކީ ދޭދޭ ގައުމުތަކުގެ މެދުގައި ވެވިފައިވާ އެއްބަސްވުމެއް ކަމުގައި ވުމުން އެއްބަސްވުމުގެ އެއްވެސް ބައެއް ސޯޝަލް މީޑިއާގައި އާންމުވެގެން ހިގައްޖެނަމަ ދެ ގައުމުގެ މަސްލަހަތަށް ބުރޫ އަރާފާނެ ކަމަށް 241 ކޮމެޓީއަށް ފެންތީ އެވެ.

ރައީސް ނަޝީދު ދިވާޅުވީ ޔޫޓީއެފް އެއްބަސްވުމާއި ގުޅެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެއްބަސްވުމުގެ މަގްސަދާއި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަމާއި ގުޅޭ ގޮތުން އާންމުންގެ ތެރޭގައި ހަގީގަތާއި ހިލާފަށް ވާހަކަ ދައްކަވަމުން ގެއްދާކަން އެމަނިކުފާނަށް “ހަމަ ކަށަވަރުން ވެސް” ފާހަގަ ކުރެވޭ ކަމުގައެވެ.

“އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ބައެއް ކަންކަމާއި ގުޅޭ ގޮތުން އާއްމުންގެ ތެރޭގައި ހަގީގަތާއި ހިލާފަށް ވާހަކަފުޅު ދައްކަވަމުން ގެންދަވާކަން ހަމަ ކަށަވަރުން ވެސް އަޅުގަނޑަށް ފާހަގަ ކުރެވޭ..” ރައީސް ނަޝީދު

މި އެއްބަސްވުން ދެމިއޮތްހާ ހިނދެއްގައި އެތަނުގެ ވެރިފަރާތަކީ އިންޑިއާ ކަމުގައި ބުނެ ކުރީގެ ރައީސް ޔާމީނު ދައްކަވަމުން ގެންދާ ވާހަކަތައް ނަޝީދު ވަނީ ދޮގު ކުރައްވާފައެވެ.

އިންޑިއާގެ މަނަވަރުތައް އުތުރު ތިލަފަޅުގައި ބަނދަރުކުރުމަށް ދިވެހި ސަރުކާރުން އެއްވެސް ހުއްދައެއް ހޯދަން ނުޖެހޭކަމަށާއި އަދި، އުތުރު ތިލަފަޅު ތަރައްގީ ކުރާ ސިފައިން ބޭނުންވާ ކޮންމެ ހަތިޔާރެއް އެތެރެ ކުރުމުގެ ހުއްދަ ސަރުކާރުން ދީފައިވާކަމަށް ރައީސް ޔާމީން ދައްކާ ވާހަކަތައް ކުށްވެރިކޮށް ރައީސް ނަޝީދު ވިދާޅުވީ 241 ކޮމިޓީގެ ދިރާސާއަށް ބަލާއިރު އުތުރުތިލަ ފަޅުގައި ބޭނުން ކުރެވޭ އާލާތްތަކަކީ ހަމައެކަނި ދިވެހި ސަރުކާރުގެ މިލްކްއެއްކަމުގައިކަމަށް އެގްރީމެންޓްގައި އޮތްކަމަށެވެ.

މީގެ އިތުރުން އުތުރު ތިލަފަޅުގައިވާ އިކުއިޕްމެންޓްތަށް ބޭނުން ކުރެވޭނީ ހަމައެކަނި ތަމްރީނު ޕްރޮގްރާމްތަކަށާއި ދިމާވާ ކާރިސާތަކާއި ގުޅިގެން ފަދަ ކަންކަންކަމުގައި ކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ. ހަމައެއާއެކު ބޭރުގެ އުޅަދު ފަހަރުތަކަށް ރާއްޖެ ވަދެވެނީ ކަމާއި ބެހޭ އިދާރާތަކުން ހުއްދަ ހޯއްދަވައި ގާނޫނުގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން ކަމުގައިވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ

ރައީސް ޔާމީން އިސްވެ ހުންވައި ކުރިޔަށް ގެންދާ “އިންޑިއާ އައުޓް” ހަރަކާތަށް ދާދިފަހުން އދ. އަތޮޅަށް ވަޑައިގެން ސަރުކާރަށް އިންޑިއާގެ ނުފޫޒު އިންތިހާއަށް ވަދެފައިވާކަމަށް ބުނެ ގިނަ ތުހުމަތުތަކެއް ކުރެވި އެވެ. އަދި އުތުރު ތިލަފަޅު އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ހަތިޔާރު އެޅި އިންޑިއާ ސިފައިން އެބަތިބިކަމަށާއި، އެތަނުގައި ހިނގަނީ އެ މީހުންގެ ބާރުކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ އިންޑިއާގެ އެކި އުޅަނދުތަކާއި، ޑޯނިއާތައް ރާއްޖެއަށް އެތެރެވުމުގައި އެއްވެސް ހުއްދައެއް ވެސް ހޯދަން މިހާރު ނުޖެހޭ ކަމަށެވެ.

އެކި ބައްދަލުވުންތަކުގައި ދެއްކެވި މި ވާހަކަތާއި ގުޅިގެން ގައުމީ ދިފާއީ ބާރުން ވެސް ބަޔާނެއް އާއްމުކޮށް ބުނީ ރާއްޖޭގައި ހަތިޔާރު އެޅި އިންޑިއާގެ ސިފައިން ނެތްކަމަށާއި، އުތުރު ތިލަފަޅުގައި ވެސް ހިނގަނީ ދިވެހި ސިފައިންގެ ބާރު ކަމަށެވެ. އެމްއެންޑީއެފުން ވަނީ ސިޔާސީ ބޭނުމަށް މިފަދަ ވާހަކަތައް ނުދެއްކެވުމަށް ރައީސް ޔާމީނަށް ގޮވާލާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: