ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންޓިކޮރަޕްޝަން ކޮމިޝަންގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އާންމުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓިކޮރަޕްޝަން ކޮމިޝަންގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް މިއަދު އެ ކޮމިޝަންގެ ވެބްސައިޓުގައި އާންމުކޮށްފިއެވެ.

މި ރިޕޯޓްގައި 2021 ވަނަ އަހަރު ކޮށްފައިވާ މަސައްކަތްތައް ބަޔަންކޮށްފައިވެއެވެ. އޭގެތެރޭގައި އެ ކޮމިޝަނުގެ ޤާނޫނީ ޒިންމާތައް އަދާކުރުމަށް ކުރެވުނު ގޮތުގެ ތަފްސީލް ތައް ހިމެނިފައިވެއެވެ. އޭގެތެރޭގައި ދައުލަތުގެ އެކި ދާއިރާތަކުގައި ކޮރަޕްޝަނާ ދެކޮޅަށް މުޖުތަމަޢު މަގުފަހިވާގޮތަށް ހުރި ކަންތައް މަދުކުރުމަށް ކުރެވުނު މަސައްކަތްތަކާއި، އެ ކަންކަމަށް މުވައްޒަފުން ހޭލުންތެރި ކުރުވުމާއި، ކޮރަޕްޝަނުގެ މައްސަލަތައް ތަޙުޤީޤުކުރުމަށް ކުރެވުނު މަސައްކަތުގެ އިތުރުން ތަހުގީގުތައް ކުރިއަށް ގެންދަވަން ހުރި ދަތިތައް ފާހަގަ ކޮށްފައިވެއެވެ.

ނިމިދިޔައަހަރު 782 މައްސަލައެއް އެ ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވެއެވެ. ޕެންޑަމިކްގެ ސަބަބުން އަތޮޅުތެރޭގެ މައްސަލަތައް މަޑުޖެހުނުކަމުގައިވީނަމަވެސް .2021 ވަނަ އަހަރު ނިމޭހިސާބުގައި ފަސް އަތޮޅެއްގެ 48 ރަށަކަށް ދަތުރުކޮށްފައިވެއެވެ. 

ނިމިދިޔަ އަހަރުގެ ތެރޭގައި ކޮރަޕްޝަންގެ 22 މައްސަލައެއް ހުށައެޅިފައެވެ. 588 މައްސަލައެއް ނިމި، 2021 ވަނަ އަހަރު ފާހަގަކޮށްލެވެނީ އެންމެގިނަ ޝަރިއަތްތައް އެ އޮފީހަށް ފޮނުވާފައިވި އަހަރެއްގެ ގޮތުގައެވެ. 2021 ވަނަ އަހަރު ތެރޭގައި އެ ކޮމިޝަނުން ނިންމާފައިވާ މައްސަލަތަކުގައި ސަރުކާރައް، ލިބެންޖެހޭ 2,182,565.78 ރުފިޔާ އަނބުރާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އަންގާފައިވާނެއެވެ.

ވޭތުވެދިޔަ އަހަރު ކުރެވުނު ފާހަގަ ކޮށްލެވޭ މަސައްކަތަކީ ޤައުމީ ފެންވަރެއްގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާނެ ޕޮލިސީއެއް އެކުލަވާލައި އެ ޤާނޫނަށް އަމަލުކުރަންފެށުމެވެ. އަދި ކުރިޔައްއޮތް 5 އަހަރުތެރޭ އެކަމާއި ދެކޮޅައް ސިޔާސަތުތަކެއް އެކުލަވާލުމެވެ.

ސަރުކާރު ހިންގުމުގައި ހުރި ގޮންޖެހުންތައް ފާހަގަކޮށް ދައުލަތުގެ މަޝްރޫޢުތަކުގެ ގެއްލުމުގެ ބަދަލުހޯދުމުގެ ނިޒާމަށް އަމާޒުކޮށްގެން ހުދު ކަރުދާހެއް އާންމުކޮށްފައިވެއެވެ. އަދި ދައުލަތުގެ މުވައްޒަފުން އެކަމަށް ހޭލުންތެރި ކުރުވުމުގެގޮތުން ޕްރގަރާމްތަކެއް ކުރިިޔައް ގެންދެވިފައިވެއެވެ

މީގެތެރޭގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) ގެ ޑިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމް، ސިވިލް ސަރވިސް

އިންޑަކްޝަން ޕްރޮގްރާމާއި، ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުނިތަކުގެ އިސްވެރިންނަށް ޚާއްޞަކޮށްގެން ފޯކަސް ގްރޫޕް ޕްރޮގްރާމާއި، ސްކޫލް ދަރިވަރުންނާއި، ބެލެނިވެރިން ހިމަނައިގެން ނަޒާހަތްތެރިކަމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންތަކާއި، އިންތިޚާބީ ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުވުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.  

ކޮވިޑް-19 ގެ ސަބަބުން އަދި ތަޙުޤީޤުކުރުމަށް ބޭނުންވާތަހުޤީްީ ވަސީލަތްތައް ނެތުމުގެ ސަބަބުން އެ ދާއިރާއިންވެސް ތަފާތު ގޮންޖެހުންތައް ކުރިމަތިކަމަށް އެ ކޮމިޝަަންގެ އަހަރީ ރިޕޯޓްގައި ވެއެވެ. އަދި ފަންނީ ޤާބިލު މުވައްޒަފުންތަކެއް ޓްރޭން ކުރުމުގައި އާއި އެ މުވައްޒަފުން ކޮމިޝަނުގައި ބޭތިއްބުމައްޓަކާއި ބަޖެޓުގެ ތެރޭގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން އެ ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދަތިއުނދަގޫ ތަކަކަ ކުރިމަތިލާންޖެހުނުކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް 2021 ވަނަ އަހަރަކީ ފާހަގަކުރެވޭ މަސައްކަތްތަކެއް ކުރެވުނު އަހަރެއްގެ ގޮތުގައި އެ ކޮމިޝަނުން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: