ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމްދީނާއި މެދު ނަފުތަރު އުފެއްދުމާއި ދެކޮޅަށް މަސައްކަތްކުރާ ބައިނަލް އަޤްވަމީ ދުވަހެއް ކަނޑައަޅައިފި

އދގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ އަހަރެއްގެވެސް މާޗް 15 ވަނަ ދުވަހަކީ (އިންޓަނޭޝަނަލް ޑޭ ޓު ކޮމްބެޓް އިސްލާމްފޯބިއާ) އިސްލާމްދީނާއި މެދު ނަފުރަތު އުފެއްދުމާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހެއްގެ ގޮތުގައި ފާހަގަ ކުރުމަށް އދގެ އާންމު މަޖުލީހުން ފާސްކޮށްފިއެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖެގެ ފަރާތުންވެސް ބައިވެރިވިއެވެ.

2020 ވަނަ އަހަރުގެ ނޮވެންބަރު މަހު މިދުވަސް ބައިނަލް އަޤްވާމީ ދުވަހެއްގެ ގޮތުގަ ކަނޑައެޅުމަށް އިސްލާމީ ޤައުމުތަކުގެ ޖަމިއްޔާގެ ޙާރިޖީ ވަޒީރުންގެ ކައުންސިލުން ނީޖަރގެ ނިއާމޭގައި ވަނީ ނިންމާފައެވެ. ރާއްޖެގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރި ވަޑައިގެންނެވީ ފޮރިން މިނިސްޓަރ ޝާހިދު އެވެ.

މިދުވަސް ފާހަގަކުރުމުގެ މަޤްސަދުގެ ތެރޭގައި، އެކި ދީންތަކަށް ނިސްބަތްވީތީ، އިސްލާމް ދީން ހިމެނޭހެން ކުރިމަތިވާ ތަފާތުކުރުންތަކާއި، އަޅުކަންކުރާ ތަންތަނަށް އެކި ގޮތްގޮތުން ދެވޭ ހަމަލާތަކާއ،ި ފުރައްސާރައާ ދެކޮޅަށް މަސައްކަތް ކުރުންތައް ކުށްވެރިކުރުންވެސް ހިމެނެއެވެ. މި ޤަރާރު އދގެ އާއްމު މަޖިލީހަށް ހުށަހެޅުމަށް މެންބަރު ޤައުމުތަކުން ކުރި މަސައްކަތުގައި ރާއްޖެއިން ވަނީ މުހިއްމު ދައުރެއްއަދާ ކޮށްފައެވެ.

އިސްލާމީ ޤައުމުތަކުގެ ޖަމްއިއްޔާގެ (އޯ.އައި.ސީ) ގައުމުތަކުގެ ފަރާތުން ހުށަހެޅި މި ގަރާރު ފާސްކުރުމަށް، އދގެ ޢާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ބައިވެރިވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: