ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫސިޓީގައި ގާމެންޓް ފެކްޓަރީއެއް ހަދަން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫސިޓީގައި ގާމެނަޓް ފެކްޓަރީއެއް ހަދަންނިންމާފައިވާކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.

މި ފެކްޓްރީގެ ސަބަބުން އައްޑޫގައި ދިރިއުޅެމުންދާ ގިނަ ބަޔަކަށް ވަޒީފާ ލިބިގެންދާނެ ކަމަށް އެ ކައުންސިލުން މައުލުމާތުދެއްވައެވެ. އަދި މީ އެ ސިޓީގެ ތަރައްޤީއައް ބޮޑު ކުރިއެރުމެއް ގެނުވާނެ ކަމެއްކަންވެސް އައްޑޫ ސިޓީގެ ކައުންސިލް އިދާރައިން ބުނެއެވެ.

އައްޑޫގެ އުފެންދުނަތަކަށް ޙާއްސަ ޕެކޭޖިން ފެސިލީޓީއެއް ވެސް އައްޑޫގައި އެޅުމަށްވަނީ ނިންމާފައެވެ. ވޯލްޑްބޭންކުގެ އެހީގައި ކުރިޔައްގެންދިއުމަށް ހަމަޖެހިފައިވާ މި މަސައްކަތަކީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބީސީސީ (ބިޒްނަޒް ސެންޓަރ ކޯޕްރެޝަން) ގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.

މި މަސައްކަތާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބީސީސީގެ ޓީމަކާއި މިނިސްޓްރީގެ ޓީމެއްގެ އިތުރުން އައްޑޫ ކައުންސިލުން ވަނީ ވޯލްޑް ބޭންކާއި އެކު ބައްދަލުވުމެއްބާއްވާފައެވެ. އައްޑޫގެ ޑެޕިއުޓީމޭޔަރ މުހައްމަދު ޝުއާއު ވިދާޅުވީ ކައުންސިލާ މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ގާމެންޓް ފެކްޓަރީ އާއި ޕެކެޖިން ފެސިލިޓީގެ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަންކަމާއި ގުޅޭގޮތުންކަމަށެވެ. 

މި ދެ ފެކްޓްރީ އިމާރާތްކުރަން ނިންމާފައިވަނީ ހިތަދޫ ސްޓޭޑިއަމް ކުރިމަތިން ހިއްކާފައި އޮތް ސަރަހައްދުގަ އެވެ. ޝުއާއު އިތުރަށް ވިދާޅުވި އެ މަޝްރޫގެ މަސައްކަތްތަކާ ގުޅުންހުރި ގިނަ ކަންކަން ބީސީސީގެ ބެލުމުގެދަށުން ކުރިއަށް ގެންދާތީއާއި އެކު ގިނަ ދުވަސްތަކެއް ނުވެ ދެ ފެކްޓްރީގެ ބިންގާ އެޅިގެންދާނެކަމުގެ އުންމީދު ކުރައްވާ ކަމަށެވެ.

އިޤްތިސާދީގޮތުން އައްޑޫއަށް މިކަަހަލަ ފުރުސަތެއް ބޭނުންޖެހިފައޮތް ވަގުތެއްގައި އައްޑޫގެ އާންމުދިރިއުޅުމަށް ހެޔޮބަދަލުތަކެއް އަންނާނެކަން ޝުއާއު ފާހަގަކޮށްލެއްވިއެވެ. މިކަމުގެ ސަބަބުން މީހުންބިނާ ކުރެވި ވަޒީފާތައް ލުބުމުގެ ދަތިތަކައް ހައްލެއް ލިބިގެނަދާނެ ކަމަށްވެސް ޝުއާއު ވިދާޅުވިއެވެ. އަދި މިއިީ މުޅިރާއްޖެއަށް ލިބިގެނަދާނެ ކުރިއެރުމެއްކަން ޝުއާއު ވިދާޅުވިއެވެ.

ބީސީސީން އައްޑޫގައި ގާމެންޓް ފެކަޓްރީއެއް ޤާއިމް ކުރުމަށް 2020 ވަނަ އަހަރު އިއުލާނުކޮށް، އެ އަހަރުގެ ފަހުކޮޅުގައި އެކަމަށް ކޮންސަލްޓަންސީ ދޭނެ ބަޔަކު ހޯދަން ހުޅުވާލި އެވެ. މީގެ ކުރިންވެސް އަހަރުތަކެއްވަންދެން ސްރީ ލަންކާގެ ކުންފުނިތަކުން އައްޑޫގައި ގާމެންޓްފެކްޓްރީތަކެއް ހިންގާފައިވެއެވެ. އޭގެ ސަބަބުން ގިނަ އަންހެނުންތަކަކަށް އެތަނުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބުނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: