ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަން އެއާޕޯޓުގައި ބޯޑެއް ޖެހިޔަސް އިންޓަނޭޝަނަލް ނުވާނެ: އަހުމަދު ރަޝީދު

ހިދަތޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ އެއަރޕޯޓް އަކީ ބައިނަލްއަގުވާމީ ތަނައްކަމަށް ކަނޑައަޅައި ނަންބޯޑެއް ބެހެއްޓިޔަސް ތަނުގައި އެއާއި ގާތަށް ވެސް ހިދުމަތެއް ލިބެން ނެތްކަމަށް، ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވެއްޖެ.

ސަންގުޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމްގައި އަހުމަދު ރަޝީދު ވިދާޅުވީ، އައްޑޫ ސިޓީ އެއަޕޯޓުގައި ބައިނަލްއަގުވާމީ ފެންވަރަށް ހިދުމަތްތަށް ދިނުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ގާއިމްކުރެވިފައި ނުވާކަމަށެވެ. އަދި ކުރަންޖެހޭ ފެންވަރަށް ތަރައްގީ ވެފައި ނެތުމަކީ އައްޑޫ ހިމެނޭ ސަރަހައްދަށް ފަތުރުވެރިން އައުން މަދުވާ މައި އެއް ސަބަބުކަމަށެވެ.

އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަމާލުކަމެއް ނުލިބޭތީ، ކަންބޮޑުވުންފާޅުކޮށް އަހުމަދު ރަޝީދު ވިދާޅުވީ ކޮންމެ ސަރުކާރަކުން ވެސް އައްޑޫ ކުރިއަރުވާނެކަމަށް ބުނެ ލޮލުގައި އަޅުވާލަނީ އަނދުނެއް ކަމަށެވެ.

މިގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ ސަރުކާރުން ވެސް 4000 އެނދު އިތުރު ކުރަން ވީ ވައުދަށް އަލިއަޅުވާލައި އަހުމަދު ރަޝީދު ވިދާޅުވީ ހަމަ މި އުސޫލުން މި ސަރުކާރުން ވެސް 8000 އެންދުގެ ވައުދު ވި ކަމަށެވެ. އެކަމަކު ފެނުނު އެއްވެސް އަލިކަމެއް ނެތުމަކީ ރައްޔިތުންގެ ކަންބޮޑުވުމެެއްކަމަށް އޭނާ ފާހާގަ ކުރެއްވި އެވެ.

ސަރުކާރުން އައްޑޫގައި ހިންގަމުންދާ މަޝްރޫތަކާއި މެދު އިތުރަށްވާހަކަ ދައްކަވަމުން އަހުމަދު ރަޝީދު ވިދާޅުވީ ފަތުރުވެރިކަން އިތުރުކުރުމުގެ މަގްސަދުގައި ގެސްޓްހައުސް އަޅަން ބިން ދޫކުރުން ފަދަ ކަންކަން ކުރިއަށްދާކަމަށެވެ. ނަމަވެސްް ރަށުގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ ސީޕޯޓް ފަދަ މަޝްރުތައް ކުރިޔަށް ނުގޮސް ކާމިޔާބު ވާނެ ގޮތާއި މެެދު އޭނާ ސުވާލު އުފެއްދި އެވެ.

މީގެއިތުރުން އަހުމަދު ރަޝީދު ވިދާޅުވީ މި ސަރުކާރުން އައްޑޫ ސިޓީއަށް ގިނަގުނަ ތަރައްގީތައް ގެނެއުމަށް ނިންމައި އެކަން އިއުލާނު ވެސް ކުރި ކަމަށެވެ. ނަމަވެސް މި މަޝްރޫއުތައް ފެއްޓެވުމަށްޓަކައި ސޮއިކޮށް އޭގެ އެއްވެސް އަމަލީ މަސަތްކަތްތައް ކުރިއަށް ނުދިއިުމުގެ ސަބަބުން އައްޑޫ ރައްޔިތުން މާޔޫސްވެފައި ވާކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: