ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރު އަހުމަދު ރަޝީދުވެސް އެމްޑީޕީއާއި ވަކިވެއްޖެ

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އެމްޑީޕީއާއި ވަކިވެވަޑައިގެންފިއެވެ.

އެމްޑީޕީގެ ތެރޭގައި ބޮޑެތި މައްސަލަތައް އުފެދި ރައީސް ސާލިހާއި ރައީސް ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކުންދަނީ ހަމަލާތައް ބަދަލުކުރަމުންނެވެ. އެކި ތުހުމަތުތައް އިވި ދިއުމަށްފަހު، ރައީސް ނަޝީދަށް ތާއީދުކުރައްވާ ގިނަ އަދަދެއްގެ މެމްބަރުންވަނީ ޕާޓީ ދޫކުރެއްވުމަށްފަހު، ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތްތައް ފައްޓަވައި ސަރުކާރާއި ދެކޮޅަށް ތެދުވެވަޑައިގެންފައެވެ. އެހެންނަމަވެސް މީގެ ކުރިން އަހުމަދު ރަޝީދު ހުންނެވީ އެމްޑީޕީ އާއިއެކުއެވެ. އަދި ރައީސް ނަޝީދުވެސް ހުންނެވީ އެ ޕާޓީގައެވެ.

އަހުމަދު އެމްޑީޕީއާއި ވަކިވެވަޑައިގެންކަން ހިއްސާކުރެއްވީ ސޯޝަލްމީޑިއާ މެދުވެރިކޮށެވެ. އަހުމަދުގެ އިތުރުން ޕާޓީގެ ރައީސް ނަޝީދުވެސްވަނީ އެމްޑީޕީ ދޫކުރެއްވިކަން ހިއްސާކުރައްވާފައެވެ.

އެމްޑީޕީގެ ރައީސް ހިމެނޭހެން އިސް މެމްބަރުންތަކެއް އިސްތިއުފާދެއްވާފައިވަނީ މަޖިލީހުގެ ނައިބު އަދި މަޖިލީހުގެ ރައީސްގެވެސް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައަޅައި، ތަޅުމުގެ މަސްހަލަތު ގެއްލިފައިވަނިކޮށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: