ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ އެއަރޕޯޓާއި ސީޕޯޓު ޕްރައިވެޓައިޒްކުރަން ގޮވާލަައިފި

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓްރެޓީޖިކް އަދި ޕަބްލިކް ޕްރައިވެޓު ޕާޓްނާޝިޕުގެ ދަށުން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓާއި ސީޕޯޓު ޕްރައިވެޓައިޒްކޮށް، އައްޑޫ ސަރަހައްދަށް ރައްޔިތުންނާއި ސަރުކާރުގެ ތަސައްވަރުގެ ދަށުން ތަރައްގީ ގެނެއުމަށް ގޮވާލާ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހުގެ ތަޅުމަށް ގަރާރެއް ހުށައަޅައިފިއެވެ.

އެއަރޕޯޓާއި ސީޕޯޓު ޕްރައިވެޓައިޒް ކުރުމަށް ގޮވާލައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ހުށައެޅުއްވި ގަރާރުގައި ބުނެފައިވާގޮތުން، އައްޑޫ ސަރަހައްދުގެ ފަތުރުވެރިކަމުގެ ސިނާއަތު ފުޅާކުރުމާއި، ޒޯންގައިވާ އެހެން އަތޮޅުތައްވެސް ހިމެނޭ ގޮތަށް ހަބެއްގެ ގޮތުގައި ތަަރައްގީ ކުރުމުގެ މަސައްކަތްތައް ކުރެވޭނީ އެއަރޕޯޓު ތަރައްގީކޮށް ނިންމައި ސީޕޯޓާއި އެކު ކަނެކްޓިވިޓީ އިތުރުކޮށްގެންނެވެ.

އަހުމަދު ރަޝީދު ބުނެފައިވާގޮތުން އެއަރޕޯޓާއި ސީޕޯޓުވެސް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. އެގޮތުން އެއަރޕޯޓުގެ ފަޔަރ ސްޓޭޝަން ބިލްޑިންގް ބިނާ ކުރުން ފަދަ މަސައްކަތްތައް ކުރަން ޖެހިފައިވާއިރު، ސީޕޯޓާއި އެއަރޕޯޓުވެސް ހަރަދުނާ ކުރުމުގެ މަސައްކަތްތައް ކުރަންޖެހޭކަމަށެވެ.

އޭނާ ވިދާޅުވީ މި މަސައްކަތްތައް ކުރުމަށް ގިނަ ހަރަދުތަކެއް ކުރަންޖެހޭކަމަށެވެ. އެހެންނަމަވެސް ދުނިޔެއަށް ދިމާވި ދަތިކަމުގެ ސަބަބުން ޕްރޮޖެކްޓުތަކަށް ފައިސާ ހޯދުމަކީ މިވަގުތު ސަރުކާރަށް ދަތިކަމަކަށް ވާނެކަމަށް ބެލެވޭކަމަށް ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ، ސަރުކާރުން ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމުން ފައިދާވެގެންދާނެ ކުންފުނިތައް ދެނެގަތުމަށް ސަރުކާރުން މިހާރުވެސް ދިރާސާތަކެއް ކުރަމުން ދާކަމަށެވެ. އަދި އައްޑޫ އެއަރޕޯޓާއި ސީޕޯޓު ޕްރައިވެޓައިޒް ކުރުމުން ރައްޔިތުނާއި ސަރުކާރުންވެސް އެދެމުންދާ ތަރައްގީތައް ގެނެވި ސަރުކާރަށް އެކަމުގެ މަންފާތައް އިތުރުވެ، ގާބިލު ތަޖުރިބާހުރި މީހުންގެ ބެލުމުގެ ދަށުން ކުންފުނި ކުރިއަށް ދާނެ ގޮތަކަށް ރީސްޓްރަކްޗާވެސް ވެގެންދާނެކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ، އެހެންކަމުން އައްޑޫގެ ދެ ޕޯޓު އެންމެ ފައިދާ ހުރި ގޮތެއްގެ މަތިން ޕްރައިވެޓައިޒް ކުރާނެ ގޮތެއް ބަލައި އެ ގޮތެއްގެ މަތިން ކުރުމަށް ގޮވާލަކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: