ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްކޮންސްއިން އައްޑޫގައި މަގު ކާނުތަކުގައި މަތި ނުޖަހާތީ ފެންހެދި ޑެންގޫ އެބަ ގިނަވޭ: އަހުމަދު ރަޝީދު

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެފްކޮންސްއިން އައްޑޫ ސިޓީގައި ކުރަމުންދާ މަގު ހެދުމުގެ މަސައްކަތްތަކުގެ ސަބަބުން އައްޑޫ ސިޓީ ސިއްހީ ކާރިސާއެއްގެ ތެރެއަށް ވެއްޓުމުގެ ބިރު އޮތްކަމަށް ގަބޫލުކުރައްވަކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން އަހުމަދު ވިދާޅުވީ، 2019 ވަނަ އަހަރުގެ ބަޖެޓުން ހަރަދުކޮށްގެން އައްޑޫގައި ހެދުމަށް ކަނޑައެޅިގެންދިޔަ މަގުތަކެއް ނުހެދި، ވަޅުގަނޑުތަކެއް ހުންނަތާ އަހަރުތަކެއް ވެފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ދުއްވާ ތަކެއްޗަށާއި ހިނގާ އުޅޭ އާންމުންނަށްވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވާކަމަށް ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ، ނުހެދި އޮތް މަގެއްގައި ހިދަތޫގެ އެންމެ ބޮޑު ސުކޫލުވެސް ހުރުމާއިއެކު ކުދިންނަށްވެސް ދަތިތަކެއް ކުރިމަތިވާކަމަށެވެ. އެހެންކަމުން އެ މަސައްކަތްތައް ނިމޭނެ ދުވަހަކާއިމެދު އެނާ ސުވާލު ކުރެއްވިއެވެ.

އެނާ ވިދާޅުވީ، އެކަން އެހެން އޮއްވާ ދާދި ފަހުން އެހެން މަގެއްގައި ތާރު އަޅަން ފަށާފައިވާކަމަށެވެ. އެކަން ކުރަން ފެށި އިރު މަގުގެ ތިންބައިކުޅަ ދެބައި ވަނީ ގްރީން ޒޯނަށާއި ޕޭމަންޓަށް ނަގާފައިކަމަށެވެ. އެހެންކަމުން މިހާރު މަގު އޮތީ ހިމަ ރޮނގެއްގެ ސިފައިގައިކަމަށާއި އެ ސަރަހައްދުގައި ހުރި ގެތަކަށް ވަދެ ނުކުމެ ހެދުމުގައި ބޮޑެތި ދަތިތައް ކުރިމަތިވަމުން ދިއުމުގެ ސަބަބުން ކައުންސިލާއި ހަމައަށް މައްސަަލަ ގެންގޮސްފައިވާކަމަށް ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ، ކައުންސިލުންވަނީ މިނިސްޓްރީއަށްވެސް ދެ ފަހަރެއްގެ މަތިން ސިޓީވެސް ފޮނުވާފައިކަމަށެވެ. އެހެންނަމަވެސް ދިމާވެފައިވާ ދަތިތަކަށް ހައްލުތަކެއް ލިބިފައިނުވާކަމަށް ވިދާޅުވިއެވެ. އެނާ ވިދާޅުވީ، އިންޑިއާގެ އެފްކޮންސްއިން އައްޑޫ ސިޓީގައި ހަދަމުންދާ މަގުތަކުގެ ކާނުތައް ހަދައި މަތި ނާޅާ ހުރުމުގެ ސަބަބުން ފެންގަނޑު ހެދި މަދިރީގެ ސަބަބުން ޑެންގޫ ގިނަވެ އައްޑޫ ސިޓީ ސިއްހީ ކާރިސާއެއްގެ ތެރެއަށް ވެއްޓުމުގެ ބިރުވެރިކަން އުފެދިފައިވާކަމަށް ވިދާޅުވިއެވެ.

ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، މަގުތައް ކޮނެފައި ހުރުމުގެ ސަބަބުން އާންމުންނަށް ދަތިވަމުންދާކަމުގެ ޝަކުވާތައް އެނާގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އެހެންކަމުން އެނާ ކުރިއަށް އޮތް ހޮނިހިރު ދުވަހުން ފެށިގެން އެ މައްސަލަ ހައްލު ކުރުމަށް އައްޑޫއަށް ދިއުމަށް ކަނޑައެޅިފައިވާކަމަށް ވިދާޅުވިއެވެ.

ހަނިކޮށް ފަރުމާކޮށްފައިވާ މަގުގެ މައްސަލައަށް އަލިއަޅުއްވައި އަސްލަމް ވިދާޅުވީ، އެ މަގު ބިނާކޮށްފައިވަނީ ސްޓޭންޑަރޑަކަށް ބަލައިގެންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: