ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތައް ލިބެންޖެހޭ ފައިސާ ހޯދުމަށް އެއްވެސް މަސައްކަތެއް ނުކުރޭ: އަހުމަދު ރަޝީދު

ހިދަތޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތައް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތްތައް ނުކުރާކަމަށް މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި ޖީއެސްޓީ ބޮޑު ކުރުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން، އަހުމަދު ވިދާޅުވީ، މުއްސަނދި މީހާ އަތުން ޓެކްސް ނެގުމަށް ނިންމި ނަމަ، އެނާ އެކަމަށް ތާއީދުކުރައްވާނެކަމަށެވެ. އެހެން ނަމަވެސް ދައުލަތައް މިވަގުތު 15 ބިލިއަންނަށްވުރެ ގިނަ އަދަދެއްގެ ފައިސާ ލިބެންޖޭކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، އޭގެން 5 ބިލިއަނަކީ ޓެކްސް ފައިސާކަމަށެވެ. އަދި ބިމު ކުލި އަދި އެހެނިހެން ޓެކްސް ކަމަށެވެ.

އަހުމަދު ވިދާޅުވީ ދައުލަތުން އެ ފައިސާތައް ހޯދުމަށް އެއްވެސް މަސައްކަތްތަކެއް ނުކުރާކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ މައްސަލައިގައިވެސް ރައީސް ޔާމީން ފިޔަވާ އިތުރު މީހެއްގެ މައްޗަށް ދައުވާއެއްވެސް ކުރެވިފައިނުވާކަމަށްވުމުން، ރައްޔިތުންގެ ޖީބުން ދައްކަންޖެހޭ އަދަދު ދަތި ވަގުތެއްގައި އިތުރު ކުރުމަކީ ބަލައިނުގަނެވޭކަމެއް ކަމަށް އެނާ ސިފަކުރެއްވިއެވެ.

އަހުމަދު ވިދާޅުވީ، އިތުރު ކުރެވިފައިވާ އަދަދުން އެއްވެސް އަސަރެއް ނުކުރާނެކަމަށް ބައެއް ފަރާތްތަކުން ހީކުރާކަމަށެވެ. އެހެން ނަމަވެސް ވިއްކާ ބިހަކަށް ޓެކްސް ނެތް ނަމަވެސް، އެ ބިސް ހޮޓަލެއްގައި ކެއްކުމުން އެއަށް ޖީއެސްޓީ ނަގާކަމަށާއި، އެ ބިސްތައް އެއްތަނުން އަނެއްތަނަށް ފޯރުކޮށްދިނުމުގައި މަސައްކަތް ކުރާ ފަރާތްތަކުންވެސް ނަގަމުންދާ ފައިސާގެ އަދަދުތައް އިތުުރުވެގެންދާކަމަށް އެނާ ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ، އެހެން ކަމުން ދައުލަތައް ލިބެންޖެހޭ އެތައް ފައިސާއެއް ހުރި އިރު، އެ ހޯދުމުގެ މަސައްކަތް ނުކޮށް، ރައްޔިތުންގެ ހަރަދުތައް އިތުރުވެގެންދާ ގޮތަށް ފިޔަވަޅެއް އެޅުން އެއީ އެކަށީގެންވާ އުސޫލެއް ނޫންކަމަށް ސިފަކުރައްވާފައެވެ. އަދި މިހާރު ހުށައަޅާފައިވާ ބަޖެޓަކީވެސް ބޮޑު ބަޖެޓެއްކަށާއި، ދައުލަތުގެ ބަޖެޓުން ކުރަމުންދާ އިސްރާފު އަދި ރިކަރެންޓު ހަރަދު ކުޑަ ކުރުމަށް މަސައްކަތްތަކެއް ނުކުރެވި، ރައްޔިތުން އަތުން ނަގާ ފައިސާގެ އަދަދުތައް އިތުރުކުރުމަކީ ބަލައިނުގަނެވޭ ކަމެއް ކަމަށް އެނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: