ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރިޖުގެ މަސައްކަތަށް އިންޑިއާ ސިފައިން ގެންނަން އުޅޭކަމުގެ ތުހުމަތު!

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އިދިކޮޅުން ބޭއްވި މުޒާހަރާއެއްގައި/ ފޮޓޯ: ޕީޕިއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ-ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ކުރުމުގެ ނަމުގައި ގިނަ އަދަދަދެއްގެ އިންޑިއާ ސިފައިން ދިވެހި ރާއްޖެ އެތެރެކުރަން މަސައްކަތްކުރާކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

މާލެއާއި ތިލަފުށި ގުޅުވާލުމަށް އަޅާ ބުރިޖު މަސައްކަތްތައް ކަނޑައެޅިފައިވާ ތާރިހަށް ނިންމާނެކަމަށާއި އެކަމުގައި 1،000 އަށް ވުރެން ގިނަ މުއައްޒިފުންގެ ޓީމެއް ރާއްޖެ އަންނާނެކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

މި މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއި އެވެ. ރާއްޖެއަށް އިންޑިއާގެ ނުފޫޒުތަކެއް ވަދެ، އެ ގައުމުގެ ސިފައިންނާއި ގުޅުވައި ކުރެވެމުންދާ ތުހުމަތުތަކާއި އެކު ޝިޔާމް ވިދާޅުވީ އެމްޑީޕީން މިހާރު މަސައްކަތް ކުރަނީ 2023 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންތައް ފެށުމުގެ ކުރިން ރާއްޖެއަށް އިންޑިއާ ސިފައިން އެތެރެ ކުރުމަށް ކަމަށެވެ.

މިއީ ތަފާތު އެކި މަޝްރޫއުތަކާއި، ހާއްސަކޮށް ބްރިޖުގެ މަސައްކަތަށް ގެންނަކަމަށް ބުނާ އިންޖީނިއަރުންގެ ނަމުގައި ހިންގާ އަމަލެއްގެ ގޮތުގައި ޝިޔާމް ސިފަ ކުރެއްވި އެވެ. މިވަގުތު ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އިންޑިއާ ސިފައިން ތިބިކަމުގެ ތުހުމަތުތައް ކުރައްވައި ޝިޔާމް ވިދާޅުވީ، ސަރުކާރު ހިންގަނީ އިންޑިއާގެ ބާރުގައިކަން ދިވެހި ކޮންމެ ރައްޔިތަކަށް ވެސް އެނގޭނެ ކަމަށެވެ.

ޝިޔާމްގެ ވާހަކަތަކަށް ރައްދު ދެއްވައި، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ، ދިވެހި ރާއްޖޭގައި ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއެޅިދާ ފަދައިން ފިތުނަވެރި ދޮގު ވާހަކަތައް ދެއްކެވުން ހުއްޓާލުމަށް އާދޭސް ކުރައްވާކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ހައްގުގައި ސަރުކާރުން އިސްނަގައިގެން ހިންގަމުންދާ މަޝްރޫއުތަކަށް ހުރަސް އެޅުމުގެ ބަދަލުގައި، ރައްޔިތުންނަށް ސިޔާސަތުތަކެއް ވިއްކައިގެން ޕާޓީއަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރުމަށް ނިހާދު ގޮވާލި އެވެ.

މާލެ- ތިލަފުށި ގުޅުވާލުމަށް ސަރުކާރުން ހިނގާ ބިޔަ މަޝްރޫއު ބާރަށް ކުރިއަށް ދާނެ ކަމުގެ އިޝާރާތްތަކެއް އެ މަސައްކަތް ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުނިން ދިނުމާއި ގުޅިގެން މަޖިލީހުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ސަރުކާރުން ދިވެހި ރާއްޖޭގެ ތަރައްގީއަށް ހިންގަމުންދާ މަސައްކަތްތަކާއި މެދު ވާހަކަދައްކަވާފައިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ރާއްޖޭގެ މާލިއްޔާތައް އަދި ދުނިޔޭގެ މަޝްރަހަށާއި އިގްތިސޯދަށް އަންނަމުންދާ ބަދަލުތަކާއި އަވައްޓެރި ސްރީލަންކާއަށް ދަރަނީގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތައް ވިސްނައި ރާއްޖޭގައި ހިންގަމުންދާ ބިޔަ މަޝްރޫއުތައް މަޑުޖައްސާލަން ފެންނަކަމަށެވެ. އަދި މި ދަނޑިވަޅަކީ ކޮންކްރީޓްގެ މަސައްކަތްތަކެއް ކުރަން އެންމެ ރަނގަޅު ވަގުތު ނޫންކަމަށް ވެސް އެމެނިކުފާނު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: