ސްޓެލްކޯ މުވައްޒަފުންގެ ހެލްތު ސްކީމްގެ މައްސަލަ ހައްލުކޮށް އެލައިޑް އިންޝުއަރެންސް މެދުވެރިކޮށް ހެލްތު އިންޝުއަރެންސްގެ ކަންކަން ހަމަޖައްސައިފިއެވެ.
އެ ކުންފުނީގެ މުވައްޒަފުންނަށް ކުރިން ހެލްތު އިންޝުއަރެންސް ދެނީ އިންހައުސް ސްކީމެއްގެ ދަށުންނެވެ. ނަމަވެސް އެ ސްކީމް ބަދަލު ކުރީ މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ހުރުމުންނެވެ.
ސްޓެލްކޯ އިން ބުނީ، މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ހުރުމުން އެ ކުންފުނީގެ ހެލްތު އިންޝުއަރެންސް ސްކީމް ބަދަލުކޮށް، މިހާރު އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީފައިވާ ކަމަށެވެ. އެގޮތުން ކުރިން އިންހައުސް ސްކީމުގެ ބަދަލުގައި އެލައިޑުން މުވައްޒަފުންގެ ހެލްތު އިންޝުއަރެންސްގެ ކަންކަން މިހާރު ހަމަޖައްސާފައިވާ ކަމަށް ކުންފުނިން މައުލޫމާތު ދީފައިވެއެވެ.
މުވައްޒަފުންގެ ކަންބޮޑުވުންތަކެއް އޮތް މިކުންފުނީގެ ހެލްތް އިންޝުއަރެންސް ސްކީމް ބަދަލުކޮށް، މިހާރު ވަނީ އެކަންބޮޑުވުންތަކަށް ހައްލު ހޯދާދެވިފައި. އެގޮތުން ކުރިން އަމަލުކުރަމުން އައި އިންހައުސް ހެލްތު އިންޝުއަރެންސް ސްކީމުގެ ބަދަލުގައި އެލައިޑް އިންޝުއަރެންސް
— STELCO (@STELCOMALDIVES) March 16, 2022

