ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮނޑޭ ކޯޓުގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ކޮނޑޭގެ އިސް މެޖިސްޓްރޭޓް މުހައްމަދު އިބްރާހީމް ސަސްޕެންޑް ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން ބުނީ ކޮނޑޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއް، މުހައްމަދު އިބްރާހީމްގެ މަސްލަހަތު ފުށުއަރާތީ އެ މައްސަލައިން ތަނާޒުލުވުމުމަށްފަހު، މައްސަލާގައި ދައުވާ ލިބޭ ފަރާތުގެ ވަކީލުންނަށް ފޮނުވާފައިވާ ކޯޓު އަމުރުތަކުގައި އޭނާ ސޮއި ކުރައްވާފައިވާ ކަމަށެވެ.

އަމުރުތަކުގައި ސޮއިކުރުމަށް އެ މައްސަލައާ ހަވާލުވެ ހުރި މެޖިސްޓްރޭޓް، މުހައްމަދު އިބްރާހީމް އަރިހުގައި ސޮއި ކުރައްވަން އެދިވަޑައިގެންފައި ނުވާނެ ކަމަށް ޖޭއެސްސީގެ ތަހުގީގުގައި ބުނެފައިވެ އެވެ. އަދި އެ ގަޒިއްޔާއާ ގުޅިގެން ދައުވާ ލިބޭ ފަރާތާ މުއާމަލާތު ކޮށްފައިވާ ހުރިހާ ލިޔުމެއްގައި ސޮއި ކުރައްވާފައިވަނީ މުހައްމަދު އިބްރާހީމް ކަމަށްވެސް ޖޭއެސްސީން ބުނެ އެވެ.

އެ ކޮމިޝަނުން ބުނީ މުހައްމަދު އިބްރާހީމްގެ މަސްލަހަތު ފުށުއަރާ މައްސަލައެއް ހިންގުމަށްޓަކައި، އޭނާ އަމަލީގޮތުން މަސައްކަތް ކުރައްވާފައިވާކަން ތަހުގީގަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން މުހައްމަދު އިބްރާހީމްގެ އެ އަމަލުތަކަކީ ފަނޑިޔާރުންގެ ގާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފް އަމަލުތަކެއް ކަމަށް ޖޭއެސްސީން ނިންމާފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: