ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭ ޖަލުގައި ގައިދީންނަށް ޓީބީ ސްކްރީނިންގ ޕްރޮގްރާމެއް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ހުޅުމާލޭ ޖަލުގައި ތިބި ގައިދީނަށާއި ބަންދުމީހުންނަށް ޓީބީ ސްކްރީނިންގ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

ހުޅުމާލޭ ޖަލުގެ ހުރިހާ ޤައިދީންނާއި ބަންދުމީހުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަތް ދުވަހަށް އެކި ބައިބަޔަށް ބަހާލައިގެންނެވެ.

މިގޮތުން ޓީބީއަށް ހޭލުންތެރިކުރުމުގެ ގޮތުން މިއަދު ކުރިއަށްގެންދިޔައީ މަޢުލޫމާތު ޚިއްސާކުރުމުގެ ސެޝަންއެކެވެ. އަދި ކުރިއަށް އޮންނާނީ ޓީބީއަށް ސްކްރީން ކުރުމާއި ސާމްޕަލް ކަލެކްޝަނާއި އެކްސް-ރޭ ނެގުމެވެ. ސާމްޕަލް ކަލެކްޝަން ކުރިއަށްގެންދާނީ ދުވާލަކަށް 16 ސާމްޕަލް ނަގާގޮތަށެވެ.

މި ޕްރޮގްރާމަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އައިޖީއެމް ހޮސްޕިޓަލްއާއި ހުޅުމާލޭ ހޮސްޕިޓަލާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ޓީބީ ސްކްރީނިންގ ޕްރޮގްރާމަކީ ޖަލުތަކުގައި ބަންދުކުރެވިފައިވާ ފަރާތްތަކަށް ދުޅަހެޔޮ ސިއްޙަތަކާއި ޖަލުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހުރިހާ ޖަލެއްގައި ވެސް ރެންޑަމްކޮށް އެކި ދުވަސްވަރު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަދި މިފަހަރުގެ ޓީބީ ސްކްރީނިންގ ޕްރޮގްރާމް ކުރިއަށް މި ގެންދަނީ ދުނިޔޭގެ ޓީބީ ދުވަސް (24 މާރިޗު 2022) އާ ގުޅުވައިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: