ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރެކްޝަންއާ އަލަށް ގުޅުނު 35 މީހަކު އަސާސީ ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ އަލަށް ގުޅުނު 35 މީހަކު “ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ” ޕްރޮގްރާމް ފުރިހަމަކޮށް ދަސްވެނިވެއްޖެއެވެ.

މިއީ އެމްސީއެސްގެ އަސާސީ ތަމްރީން ޕްރޮގްރާމްގެ 25 ވަނަ ބެޗެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އެވެ. މިނިސްޓަރުގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާސިފް، މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ސްޓޭޓް މިނިސްޓަރުން ބައިވެރިވިއެވެ.

ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި 36 ޓްރޭނީއިން ބައިވެރިވެފައިވާއިރު، އޭގެ ތެރެއިން 35 ޓްރޭނީ ވަނީ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ.

މި ރަސްމިއްޔާތުގައި ޕެރޭޑް ޖެހުމާއި ކޯސް ކުރިއަށްދިޔަ ގޮތުގެ ވީޑިއޯ ޕްރެޒެންޓޭޝަން ހުށަހެޅުން ހިމެނުނެވެ. މިގޮތުން މުޅި ޕްރޮގްރާމްގެ އެންމެ ދުޅަހެޔޮ ސިއްޙަތެއް ހުރި ނުވަތަ “ފިޓެސްޓް” ފިރިހެން އަދި އަންހެން އޮފިސަރުން ކަމަށް ހޮފިފައިވަނީ ޕްރައިވެޓް ސިންވާން އިބްރާހިމް ހަލީމް އާއި ޕްރައިވެޓް ޚަދީޖާ ރާޔާ ޢަލީ އެވެ. އަދި މުޅި ޕްރޮގްރާމްއިން އެއްވަނަ، “ބެސްޓް އޯލް ރައުންޑް” ގެ ލަޤަބް ކާމިޔާބުކޮށްފައިވަނީ ޕްރައިވެޓް ޙުސެއިން ހުމާމްއެވެ. ދަސްވެނިންނަށް ހުވާލައިދެއްވާފައިވަނީ ފެމިލީ ކޯޓްގެ ޣާޒީ އަލްއުސްތާޛާ މައީޝާ ޔޫސުފް ސަމީރުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: