ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގެ ހާލަތުގައި ވެސް ޤައިދީންނަށް އަސާސީ އަދި އިންސާނީ ހައްގުތައް މެދު ނުކެނޑި ފޯރުކޮށްދެވުން: ސީޕީ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19ގެ ހާލަތުގައި ވެސް ޤައިދީންނަށް އަސާސީ އަދި އިންސާނީ ހައްގުތައް މެދު ނުކެނޑި ފޯރުކޮށްދެވުނު ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވީ ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ގްލޯބަލް މެރީޓައިމް ކްރައިމް ޕްރޮގްރާމް (ޖީއެމްސީޕީ) އިން ސްރީ ލަންކާގެ ޕްރިޒަން އޮފިސަރުންނަށާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޕްރިޒަން އޮފިސަރުންނަށް “އެކްސެލިންގ ބިޔޯންޑް އެމަރޖިންގ ޗެލެންޖަރސް – ކަރެކްޝަންސް އާފްޓަރ ގްލޯބަލް ޕެންޑެމިކް” ގެ ނަމުގައި ހިންގި ޓްރޭނިންގ ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސީޕީ ވިދާޅުވީ މި މިފަދަ ޓްރޭނިންގ ޕްރޮގްރާމެއްގައި ބައިވެރިވާން ފުރުޞަތު ލިބުމުން އުފާކުރައްވާކަމަށެވެ. ޖަލުތަކެއް ހިންގުމަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށް ވިދާޅުވެ، ކޯވިޑް-19 އާ ގުޅިގެން ދިމާވި ގޮންޖެހުންތަކަށް ކޮމިޝަނަރ އަލިއަޅުވާލެއްވިއެވެ. އަދި އެފަދަ ޙާލަތުގައި ސިއްޙީ ފަރުވާފަދަ ޤައިދީންނާއި ބަންދުމީހުންނަށް ލިބެންވާ އަސާސީ އަދި އިންސާނީ ޙައްޤުތައް މެދު ނުކެނޑި ފޯރުކޮށްދިނުމަށް ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ވީޑީއޯ ކޯލް، ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ޓެލެކޮންސަލްޓޭޝަން، އޮންލައިންކޮށް ޝަރީޢަތުގައި ބައިވެރިވުން، އޮންލައިންކޮށް ފައިސާ ފޮނުވުން ފަދަ ޙައްލުތައް ހޯދުނު ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

މި ޒަމާނީ ޙައްލުތަކުގެ ސަބަބުން ޤައިދީންނާއި ބަންދުމީހުން އެއްތަނުން އަނެއްތަނަށް އުފުލުމުގައި ހިނގާ ޚަރަދުތަކާއި ދިމާވާ ދަތިތަކަށް ޙައްލެއް ހޯދުނުކަމަށް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި ޕްރިޒަން އޮފިސަރުންވެސް ޖަލުގައި ބަންދުވެ ތިބެގެން ކުރި އަގުހުރި ޚިދުމަތުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ޝުކުރުއަދާ ކުރެއްވިއެވެ.

މި ޓްރޭނިންގގެ ސަބަބުން އަވައްޓެރި ސްރީ ލަންކާގައި ކޯވިޑް-19 ޕެންޑެމިކްގެ ޙާލަތާއި އެ ޤައުމުގެ ޕްރިޒަން އޮފިސަރުންގެ ތަޖުރިބާތައް އެމްސީއެސްގެ އޮފިސަރުންނާ ޚިއްސާކޮށް، ދެފަރާތުންވެސް ކަންތައްތައް ދަސްކުރުމުގެ ފުރުޞަތު ލިބިނުކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މި ޓްރޭނިންގ އަކީ މީގެ ފެށުންކަމަށާއި، އިތުރު ޤައުމުތަކާ ގުޅިގެން މިފަދަ ޓްރޭނިންގ ޕްރޮގްރާމްތައް މުސްތަޤްބަލްގައި ކުރިއަށް ގެންދާނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ފަސް ދުވަހަށް ކުރިއަށް ގެންދިޔަ މި ޓްރޭނިންގ ޕްރޮގްރާމް ހިންގުމުގެ ބޭނުމަކީ ޕްރިޒަން އޮފިސަރުން ތަމްރީން އަދި ތަރައްޤީކޮށް،  ޔޫއެންގެ “މިނިމަމް ސްޓޭންޑަޑް ފޯ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނަސް – ދަ ނެލްސަން މަންޑޭލާ ރޫލްސް” އަށް އަޙުލުވެރިކޮށް، ކޯވިޑް-19 ފަދަ ބަލިތައް ފެތުރުމުގެ ސަބަބުން ދިމާވެދާނެ މައްސަލަތަކާއި ގޮންޖެހުންތަކަށް ތައްޔާރުވެ، އެކަންކަން ޙައްލުކުރާނެ އުކުޅުތައް ދަސްކޮށްދިނުމެވެ. މިގޮތުން މި ޓްރޭނިންގ ޕްރޮގްރާމްގައި ސްރީ ލަންކާގެ 09 ޕްރިޒަން އޮފިސަރުންނާއި ރާއްޖޭގެ 08 ޕްރިޒަން އޮފިސަރުން ވަނީ ބައިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: