ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ހުރި ގޮންޖެހުންތައް ގިނަ: ކޮމިޝަނަރ އަޙްމަދު

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު.
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ހުރި ގޮންޖެހުންތައް ގިނަކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަޙްމަދު މުޙައްމަދު ފުޅު ވާހަކަދައްކަވަމުން ވިދާޅުވީ ޤައިދީން އިސްލާހުކޮށް ރަނގަޅު ފަރުދުންގެ ގޮތުގައި މުޖްތަމަޢުއަށް ނެރުމަކީ ކަރެކްޝަންސްގެ މައިގަނޑު މުހިއްމު އެއް މަސައްކަތްކަމަށެވެ. މިކަން ކުރުމަށްޓަކައި ގިނަ ވިސްނުންތައް ވިސްނާ، ހިސާބުތައް ހަދާ، ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުން އެމްސީއެސްގެ އިދާރީ ހިންގުމަށް ބަދަލުތަކެއް ގެނެސް، މިސައްކަތަށް ފަންނީ މީހުންގެ މުހިއްމުކަން ބޭނުންވާކަމަށް ޤަބޫލުކުރެވޭތީ، ފަންނީ މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވިއެވެ. ވޭތުވެ ދިޔަ ދޮޅު އަހަރަށް ބަލާއިރު ކައުންސެލިންގ، ސޯޝަލް ވަރކް އަދި ސައިކޮލަޖީގެ ދާއިރާއިން ކިޔަވާފައި ތިބި ފަންނީ މުވައްޒަފުން އިތުރުކުރެވިފައިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމަށް ގިނަ ކަންތައްތައް ދަސްކުރަންޖެހުނުކަމަށާއި މަސްތުވާތަކެތި މުޖްތަމައުގައި ފެތުރިފައިވާ މިންވަރަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ މި މައްސަލަ ހައްލުކުރުމަށް ހުރި ގޮންޖެހުންތައް ގިނަ ކަމަށާއި އެހެން ގައުމުތަކުން މިކަން ހައްލުކުރަން ކުރާ މަސައްކަތްތަކާއި ފަންނުވެރި ކަން ބަލާ، ކުރެވޭނެ އިންތިޒާމްތައް ހެދުން މުހިއްމުކަމަށެވެ. އެގޮތުން އެންޑީއޭއާ ގުޅިގެން ޓޭކްނިކަލް އެހީތެރިކަން ހޯދައި، މާފުށީ ޖަލުގައި މި ޕްރޮގްރާމް ފެށިމަށް ވަކި ޔުނިޓެއް ހަމަޖައްސާ، މަރާމާތުކޮށް، އޮފިސަރުންނަށް ބޭނުންވާ ޓެކްނިކަލް އިލްމް ދެވިފައިވާނެކަމަށާއި ގުޅުން ހުރި މުވައްސަސާތަކާއެކު ގުޅިގެން މަސައްކަތް ކުރުން މުހިއްމުކަމަށް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް މުހާތަބްކުރައްވާ ދޭން ބޭނުންވާ އެންމެ މުހިއްމު މެސެޖެއް ކަމަށް  ކޮމިޝަނަރ ވިދާޅުވީ އެމްސީއެސްގެ ބެލުމުގެ ދަށަށް ގެނެވޭ ފަރާތްތަކަށް، ޚާއްސަކޮށް މަސްތުގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް މި ފޯރުކޮށްދެވޭ ފުރުޞަތަކީ ވަރަށް މުހިއްމު ފުރުޞަތެއްގެ ގޮތުގައި ދެކިވަޑައިގަތުމަށެވެ. އަދި މި ޕްރޮގްރާމްއަށް ތައްޔާރުވެފައިވާ މިންވަރަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ މި ޕްރޮގްރާމްގެ ތެރޭގައި ޑިޓޮކްސް ކުރުމާއި އެކި ކަހަލަ ތަމްރީންތައް ދެމުންގެންދިޔަ ނަމަވެސް، މިކަން ފުރިހަމަ ކުރުމުގައި ޕްރޮގްރާމްގެ ބައިވެރިންގެވެސް މިކަމުން އަރައިގަތުމަށް ބޮޑު ޒިންމާއެއް ވާކަމަށެވެ. ސީޕީގެ އެދުމަކީ މި ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު މުޖްތަމަޢުއަށް ނިކުމެ، މު ފުރުޞަތު ބޭކާރު ނުކޮށްލުމަށެވެ.

އެގޮތުން ޖަލުން އިސްލާހުވެގެން ނިކުމެ މުޖްތަމައުގައި ކާމިޔާބުކަމާއެކު ދެ އަހަރުވަންދެން އުޅޭ މީހެއްގެ ވާހަކަ ބައިވެރިންނާ ހިއްސާކުރަމުން ކޮމިޝަނަރ ވިދާޅުވީ އޭނާގެ އުއްމީދަކީ މި ޕްރޮގްރާމްގެ ބައިވެރިންވެސް މުޖްތަމަޢުއަށް ނިކުމެ، ރަނގަޅު ނަމޫނާއެއް ދެއްކުންކަމަށެވެ. އަދި އެމްސީއެސްއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޖަލުގައި ދެވޭ ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކޮށްގެން ނިކުމެ މުޖްތަމަޢުގައި ޒިންމާދާރު މޭހެއްގެ ގޮތުގައި ބަދަލުވެ، ޒިންމާދާރު، ވަޒީފާއެއް އަދާކުރާ މީހަކަށްވާ ތަން ފެނުން ކަމުގައި ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: