ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރުވެސް ޖަލުތަކުގެ ޖާގައަށްވުރެ 33 އިންސައްތަ އިތުރަށް ގައިދީން އެބަތިބި: ކޮމިޝަނަރ

ކޮމިޝަނަރ އޮފް ޕްރިޒަންސް ޖަލުތަކުގެ ހާލަތު ބައްލަވާލައްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރުވެސް ޖަލުތަކުގެ ޖާގައަށްވުރެ 33 އިންސައްތަ އިތުރަށް ގައިދީން ޖަލުތަކުގައި އެބަތިބިކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ޖަލުތަކުގެ ހާލަތު ބައްލަވާލެއްވުމަށްފަހު ކޮމިޝަނަރ ކުރެއްވި ޓުވީޓެއްގައި ޖަލުތަކުގައި ތިބި މީހުންނާއި ބައްދަލުކޮށް އެމީހުންގެ ހާލަތު އޮޅުން ފިލުވާފައިވާކަމަށެވެ. އަދި މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސިއްހީ މައްސަލަތައްކަމަށް ވިދާޅުވިއެވެ.

މީގެ އިތުރަށް ޖަލުތަކުގައި ޖާގައާއި ނުބައްދަލު އަދަދަކަށް މީހުން ތިބިކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، ހިދުމަތް ފޯރުކޮށްދިނުމުގައި ގިނަ ދަތިތަކެއް އެބަހުރި ކަމަށާއި މިވަގުތުވެސް ޖާގައަށްވުރެ 33 އިންސައްތަ އިތުރަށް މީހުން އެބަތިބިކަމަށް ވިދާޅުވިއެވެ. އަދި ޝަރީއަތްތައް އަވަސްކޮށްދިނުމަށް ގޮވާލެއްވިއެވެ.

އެކި މައްސަަލަތަކުގައި ބަންދުގައި ތިބޭ މީހުންވެސް ޝަރީއަތުގެ އަޑުއެހުންތަކުގައި އެންމެ ބޮޑަށް ފާހަގަކުރާކަމަކީ ސިއްހީ މައްސަލަތަކަށް ޖަލުތަކުން އަޅާނުލާކަމެވެ. ޖަލުތަކުގައި އެކަށީގެންވާ އަދަދަށްވުރެ ގިނަ އަދަދަށް މީހުުން ބައިތިއްބާފައި ތިބެން ޖެހުމަކީ ބައެއް ހާލަތްތަކުގައި ކުށްވެރިން މުޖުތަމައަށް ދޫކޮށްލަން ޖެހޭ ސަބަބަކަށް ވަނީ ވެފައެވެ.

ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޮޑު ޖަލެއް އެޅުމުގެ ވާހަކަތައް މީގެ ކުރިންވެސް ވަނީ ދެކެވިފައެވެ. މާލެ ޖަލާއި ހުޅުމާލެ ޖަލު އެއްކުރުމުގެ މަޝްރޫއު ބަޖެޓްގައި ހިމަނާ، މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށި، ކޮންސެޕްޓް ޑްރޮވިންގ ނިމި، ޑީޓެއިލްޑް ޑްރޮވިންގގެ މަޝްވަރާތައް ކުރެވެމުންދާކަމަށް ހުސްވި އަހަރުތެރޭ ކޮމިޝަނަރ ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އޭގެ ފަހުން، މަސައްކަތާއި ގުޅޭ އަޕްޑޭޓެއް ދީފައެއްނުވެއެވެ.

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲވެސް ވަނީ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަން ހާމަކުރައްވާފައެވެ. އަދި އަތޮޅުތަކުގައި ޖަލުތަކެއް އެޅުމުގެ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމުކަމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރައްވާފައިވަނީ ޖަލުތައް އޮޕަރޭޓްކުރަމުންދާ ސިސްޓަމަށް ބަދަލުގެނައުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: