ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލު ގޮޅީގައި ނުހައްގުން ބައިތިއްބާ މީހުންގެ ހައްގުތައް ކޮބާ؟

ގައިދިންތަކެއް މާލޭ ޖަލަށް ވައްދަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

މުޖުތަމައުގެ ތެރޭގައި އެއްބަޔަކު ހިޔާލެއް ފިކުރެއް ނެތި އުފަލާއި މަޖަލުގައި ދުވަސްތައް ހޭދަކުރާއިރު އަނެއް ބަޔަކު ތިބީ ކުޑަ ގޮޅީގައި ދައުލަތުގެ ފަރާތުން އެކަށީގެންވާ ހެކި ހޯދައިނިމި، އިއްވާނެ ހުކުމެއްގެ އިންތިޒާރުގައެވެ.

ބުނެލަން ފަސޭހައެވެ. ނަމަވެސް އެ ގޮޅީގައި ކަނު އަދިރީގައި، އާއިލާގެ ހަދާނުގައި ދުވަސްތައް ހޭދަކުރާ މައުސޫމު އިންސާނަކަށް މިއީ ފަސޭހަކަމަކަށް ނުވާނެއެވެ.

ފުލުހުންނަށް ލިބޭ އިންޓެލިޖެންސް މައުލޫމަތެއްގެ މައްޗަށް ހައްޔަރު ކުރެވިގެންދަނީ ކުށުގެ ހަގީގީ ވެރިޔާކަމާއިމެދު އޮންނަނީ ކިހާ ޔަގީންކަމެއް ހެއްޔެވެ؟ ބަންދަށް ދުވަސް ޖަހާ، ގޮޅިއަށް އެލެވެނީ ކުށްވެރިޔާ ނޫންނަމަ އޭނާގެ ހަޔާތުން އެ ގެއްލޭ ދުވަސްތަކާއި، އަގުހުރި ވަގުތުތަކާއި، އޭނާގެ ހައްގުތައް ހޯދައިދޭނީ ކާކުހެއްޔެވެ؟

އަބިދަރިންނާއި ދުރުގައި އިންސާނީ ހައްގުތަކުން މަހުރޫމްވެ، މުޖުތަމައުއިން އެކަހެރިވެ އެތައް ދުވަހެއް ހޭދަކުރަންޖެހުމުގެ ސަބަބުން ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ދިއުމަކީ އެކަށީގެންވާކަމެކެވެ. ހައްޔަރުކުރެވިގެންދަނީ ދަރިއެއްގެ ބައްޕަ ނޫނީ މަންމަ ނަމަ އެ ދަރިންގެ ހައްގުތަށް ގެއްލިގެންދެއެވެ. ތައުލީމު ހާސިލްކުރަމުންދާ ފަރާތެއްނަމަ ތައުލީމީ ހަޔާތް ހަރާބުވެގެންދެއެވެ. ވަޒީފާއެއް އަދާކުރާނަމަ، ވަޒީފާ ގެއްލި މީހުން އޭނާއާއި މެދު ދެކޭ ގޮތް ބަދަލުވެއެވެ.

އެތައް ދުވަހެއް ތަހުގީގުގެ މަރުހަލާގައި ހޭދަކޮށް، ކުށް ސާބިތުނުވުމުން އަބުރާ މުޖުތަމުގެ ތެރެއަށް އާދެވުނު ނަމަވެސް މީހުން އޭނާއެއް ބަލައެނުގަނެއެވެ. ކުށްވެރިއެއްގެ ގޮތުގައި ލޭބަލްކޮށް އެކަހެރިކޮށްލައެވެ. އެކަހަލަ މީހަކާއިއެކު ނޫޅުމަށް އެހެން މީހުން ގާތު ބުނެއެވެ.

ނާއިންސާފުން ނުވަތަ އިންސާފު ގާއިމްކުރުމަށް ދައުލަތެއްގެ އެހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން އޭނާގެ ހަޔާތުގެ ގިނަ ދުވަސްތަކެއް ޖަލުގައި ހޭދަ ކުރަން ޖެހުމުގެ ސަބަބުން އުމުރުގެ ބޮޑު ބައެއް ބޭކާރުވެއެވެ.

ޒިންމާވާނީ ކާކުހެއްޔެވެ؟

ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ހުކުމް ކޮށް “ވާނުވާ ބަންދެއް” ގައި ސަތޭކައިން ގުނާ އަދަދު ކުރެވޭ ވަރަށް މީހުން ތިބިއިރު، އެ މީހުންގެ އަޑުއެހުންތައް ކޮންޓިނިއުއަސްކޮށް ކުރިޔަށް ގެންގޮސް ބަންދާއި މެދު ގޮތެއް ނިންމޭނެ ކެޕޭސިޓީއެއް ރާއްޖޭގެ ކޯޓުތަކުގައި ނެތް ކަމަށް ބުނުމަކީ އުޒުރެއްނޫނެވެ.

އެތައް ދުވަހަކު ޖަލު ގޮޅީގައި އޮވެ، ނުކުރާ ކުށެއްގެ ހިތި ސަޒާ ލިބުމުން ހަމައެކަނި ގެއްލުންވާނީ ހައްޔަރުކުރެވުނު ފަރާތަކަށްނޫނެވެ.

ދައުލަތަށްވެސް ގެއްލުމެވެ. ހައްޔަރުގައި ބަހައްޓާފައި ހުންނަ މީހާއަށް އެތައް ހަރަދެއް ކުރަންޖެހެއެވެ. ފުދުންތެރި ގައުމެއް ނަމަވެސް ބޭކާރު ހަރަދުކުރެވުމަކީ ލިބޭ ގެއްލުމެކެވެ. ހައްޔަރުގައި ތިބޭ ފަރާތްތަކުގެ ފަރާތުން އަބަދުވެސް އިވޭ ޝަކުވާއަކީ ކޮންމެސްކަމަކަށް ސަރުކާރުން އިހުމާލުވީ ވާހަކައެވެ. ބޭސް ފަރުވާ ހޯދުމަށް ފުރުސަތު ނުދިން ވާހަކައެވެ. ނުވަތަ ކޮންމެސް މިފަދަ އިންސާނީ ހައްގަކަށް އެރިގަތް ވާހަކައެވެ. މިފަދަ އެތައް ތުހުމަތުތަކެއް ދައުލަތުގެ ކޯޓުތަކަށް ކުރުމުން އެއީވެސް ލިބޭ ގެއްލުމެއްކަން ޔަގީނެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ގިނަ ބަޔަކު ތިބުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށް، ކަމާއި ބެހޭ އިދާރާތްތަކުން ފާހަގަކުރައްވައެވެ. އަދި އެމީހުންގެ މައްސަލަތައް އަވަސްކުރުމާ ގުޅޭ ގޮތުން ދައުލަތުގެ މުއައްސަސާތަކާ އެކި ވާހަކަ ދައްކާފައިވާނެކަމަށް އަބަދުވެސް ވިދާޅުވެއެވެ.

ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ގާނޫނު ހުއްދަކުރަނީ ވަރަށް ނާދިރު ހާލަތްތަކެއްގައެވެ. އަދި އެއީ އެ މީހެއްގެ ފަރާތުން ހަގީގަތުގައި ވެސް މުޖްތަމައުއަށް ނުރައްކަލެއް އޮތްނަމައެވެ. މި އުސޫލުގެ ދަށުން މިހާރު އަމަލު ކުރާ ގޮތަކީ، މަރުގެ މައްސަލަތަކުގައި ތުހުމަތުވާ މީހުންނާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުވާ މީހުން، އަދި، މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމެވެ.

ކަންބޮޑުވުމަކީ އެ ހައްޔަރުކުރެވޭ މީހާ އެކަމުގައި ހޭދަކުރަންޖެހޭނީ ކިހާ ދުވަހެއްކަން ނޭގުމެވެ.

ވަކި މުއްދަތެއްގެ ތެރޭގައި ބޮޑެތި މައްސަލަތައް ނިންމުމުގެ އެންމެ މުހިންމު އެއް ބޭނުންމަކީ ހެއްކަށް ނުފޫޒެއްފޯރުމުގެ ކުރިން އެ މަރުހަލާ ނިންމުމެވެ. އަދި ހެކި ބަސް ދޭން ހުރި މީހާގެ ހަނދާނުން އެ މައްސަލައެއްގައި ކަންހިނގައިދިޔަ ގޮތް ކައްސާލައިގެން ނުދަނީސް ސާފުކޮށް އެކަން ޝަރީއަތުގައި ބަޔާންކުރުމެވެ.

ނަމަވެސް މިަކަމަށް ހުރަސްއެޅޭ މިންވަރަށް ޗަރީއަތްތަށް ދިގުދެމިގެންދެއެވެ.

ކަމާއި ބެހޭ އެންމެ އިސް މަގާމު، ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހުސެއިން ޝަމީމް، މަގާމަށް ވަޑައިގަތީ ޝަރުއީ ނިޒާމްގެ ތެރޭގަ އާއި ޖަލުތަކުގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮތް “ވާނުވާ” ގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަމާ އެކުގައެވެ.

އެގޮތުން، އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ކޮންމެ 30 ދުވަހަކުން ބަންދު ރިވިއު ކުރުމަށް ހުށަހަޅަން ސިޔާސަތަށް ބަދަލު ގެންނެވިއެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވެސް މިހާރު ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރާ ކޮންމެ މީހެއްގެ ވެސް ބަންދު ކޮންމެ 30 ދުވަހަކުން ރިވިއުކުރަން ޖެހޭނެ ކަމަށް ބުނެފަ އެވެ. ގާނޫނުގައި އެހެން ގޮތުމުން ކޮންމެ 30 ދުވަހަކުން ބަންދު ކޯޓުން ރިވިއު ކުރި ނަމަވެސް، އެކަން ކުރުމަށް ޝަރީއަތުގެ އަޑުއެހުމެއް ކޮންމެ ފަހަރަކު ނުބާއްވައެވެ. އެހެންވުމާއެކު، ޝަރީއަތްތައް ކުރިއަށްދާ މިންވަރު ވަކި އަވަހެއް ނުވިއެވެ. ބަންދުގައި ތިބެންޖެހޭ މީހުންގެ ބަންދަށް ދުވަސްތައް އިތުރުވެގެން ދިޔުން ނޫން ނަތީޖާއެއް އެކަމުން ނުނިކުތެވެ.

ޕީޖީ ޝަމީމް ވިދާޅުވި ގޮތުގައި، “ވާނުވާ” މައްސަލައަށް އެކަށީގެންވާ ހައްލެއް އައި ކަމަށް ގަބޫލު ކުރެވޭނީ އެގޮތަށް ބަންދުގައި ތިބޭ މީހުންގެ އަދަދު ދަށް ކުރެވިގެންނެވެ. އަދަދު ދަށް ކުރެވޭނީވެސް އެކަށީގެންވާ އިންސާފުވެރި ތަހުގީގެއް ހިގައިކަމަށް ގަބޫލުކުރައްވަންޖެހެއެވެ.

ދެން އިވިގެންދާ ވާހަކައަކީ ޕީޖީން މައްސަލަތަކަށް ނުފޫޒު ފޯރުވާ ވަހަކައެވެ. ވަކި މައްސަލައަކާއި ގުޅިގެން ހައްޔަރުކުރީ ޕީޖީން އަގައިގެންކަމުގެ ވާހަކައެވެ. ސަބަބަށް ބަލާއިރު ހަމަ ގާނޫނު އެލިބިދޭ ބާރެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވާ ގޮތުންނަމަ މަހަކަށްވުރެ ގިނަ ދުވަހު މީހަކު ހައްޔަރުގައި ބެހެއްޓޭނީ ދައުވާއެއް ކުރުމަށްފަހުއެވެ. އެ ނޫންނަމަ ޕްރޮސެކިއުޓާ ޖެނެރަލްގެ ލިޔުމުން ދޭ ހުއްދަ އޮންނަޖެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މައްޗަށް ގާނޫނު އަސާސީގެ 223 ވަނަ މާއްދާގެ ފާފުގެ ދަށުން ގާނޫނު އަސާސީގެ 17 ވަަނަ މާއްދާގައި އޮންނަ ހަމަހަމަކުރުމާއި އަސާސީ ހައްގުތައް، ހަމަހަމަ ގޮތެއްގައި ހިފެހެއްޓުން މަތިކުރި ނަމަވެސް ބަންދުގައި މީހުން ބެހެއްޓުމުގައި އާއި ބަންދު ޖެހުމުގައި މި ސިފަ އެބް އޮތްބާއެވެ؟

ވަރަށް ގަދަ
74%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 22%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: