ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލުތަކުން ގިނަ އަދަދެއްގެ މަނާ ތަކެތި އަތުލައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޖަލުތަކުގައި ހިންގި އޮޕަރޭޝަންތަކުން ގިނަ އަދަދެއްގެ މަނާ ތަކެތި އަތުލައިގެންފިއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވީ މިއަދާއި ހުސްވި ހަފްތާގައި އައްސޭރި ޖަލާއި މާފުށީ ޖަލުގައި ކައިރި ކައިރީގައި އޮޕަރޭޝަންތަކެއް ކުރިއަށް ގެންދެވިފައިވާ ކަމަށެވެ. އެގޮތުން މިއޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަނާ ތަކެތި އަތުލައިގަނެވިފައިވާ ކަމަށް އަހުމަދު ވިދާޅުވިއެވެ.

“މި މައްސަލައަށް ދާއިމީ ހައްލު ހޯދެންދެން، އަވަސް އަވަހަށް އޮޕަރޭޝަންތައް ކުރިޔަށް ގެންދެވޭނެ” އަހުމަދު ވިދާޅުވިއެވެ.

ސީޕީ މީގެ ކުރިން ވިދާޅުވި ގޮތުގައި އައްސޭރި ޖަލުގެ ވަށާފާރު އުސްކުރުމުގެ ޕްރޮޖެޓް ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށާއި މި މަސައްކަތް ނިމުމުން، ފާރުމަތިން ޖަލުގެ ތެރެއަށް އެއްޗެހި އުކާ މައްސަލައަށް ހައްލެ ލިބިގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: