ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުވަދޫގެ ދަތުރަށް ފަހު އިންތިގެ ޓީމު: “ފެނުނީ ތިލަފަތަށް އޮތް އިތުބާރު!”

އިންތިގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެރޭގެ އިންތިހާބުގެ ޗެއާޕާސަން ކަމަށް ވާދަކުރުމަށް ކުރަމުން ގެންދާ ކެމްޕެއިންގެ ތެރެއިން މި އިންތިހާބުގެ ކެޑިޑޭޓު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ތިލަފަތަށް އޮތް އިތުބާރު ދަމަހައްޓާ މި އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރެވޭނެ ކަމުގައި ވިދާޅުވެއްޖެއެވެ.

މި އިންތިހާބާއި ގުޅިގެން ކުރިއަށް ގެންދާ ކެމްޕެއިން ތަކުގެ ތެރެއިން ކެޑިޑޭޓުން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ކެމްޕެއިން ދަތުރުތައް ކުރަމުންނެވެ. މި ގޮތުން އިންތި ގެ ކެމްޕެއިން ޓީމު އެންމެ ފަހުން ދަތުރު ކޮށްފައިވަނީ ގދ އަދި ގއ އަށެވެ. އަދި މިދަތުރުން އިންތިއަށް ވަރަށް ބޮޑު ތާއީދެއް ލިބިފައިވާކަން އެބޭފުޅުންގެ ޓްވިޓާ ހޭންޑްލް ތަކުން ހާމަވެއެވެ.

މިގޮތުން ހުވަދޫއަށް ކުރެއްވި ދަތުރާއި ބެހޭ ގޮތުން ޓްވީޓެއް ކުރައްވާ އިންތި ވިދާޅުވީ ހުވަދޫގެ އެމްޑީޕީގެ މެންބަރުންނަކީ ޕާޓީގެ އަސާސްތަކާއި، ފަލްސަފާޔަށް ފަރިތަ އަދި ރާއްޖޭގެ އިސްލާހީ މަސައްކަތުގެ މުގުލެއްކަމަށެވެ. އަދި އެ ފަރާތްތަކުން ދެއްވި ހިތްވަރާއި ސަބާހަށް އިންތި ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ދަތުރުގައި ކެމްޕެއިން ޓީމުގެ ފަރާތުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ދެން ވާދަކުރާ މަގާމު، އަންހެނުން ރޫހުގެ ރައީސް ކަމަށް ވާދަ ކުރައްވާ ކެޑިޑޭޓު އަދި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ގއ އަދި ގދ ގެ 18 ރަށަކަށް ދަތުރު ކުރެވިފައިވާކަން އީވާ ޓްވީޓެއްގައި ހާމަ ކުރައްވަމުން ވިދާޅުވެފައިވަނީ ރަށްތަކަށް އެރީ އުފަލުކަމަށާއި ފައިބައިގެން މިދަނީ ޔަގީންކަމާއި އެކު ކަމަށެވެ.

މީގެ އިތުރުން އީވާ ވަނީ ހުވަދޫގެ އެމްޑީޕީގެ އަންހެނުން ރޫހުގެ ގިނަ އަންހެން މެންބަރުންތަކަކާއި ބައްދަލު ކުރައްވާފައިކަންވެސް ފާހަގަ ކޮށްލެވެއެވެ.

ހުވަދޫ އަށް ކުރެވިގެން މިދިޔަ ކެމްޕެއިން ދަތުރާއި ގުޅުވައި އިންތިގެ ތަރުޖަމާނު އަދި ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވީ ހުވަދޫ އަކީ އެމްޑީޕީގެ ވަރަށް ބޮޑު ހިއްސާދާރެއްކަމަށާއި ހުވަދޫ އެމްޑީޕީ މެމްބަރުން، މިޕާޓީ ދާނެހާ މަގަކުން ބެހިގެންދާން ނޭދޭ މިންވަރު މި ދަތުރުން ހާމަވެގެން ދިޔަކަމަށެވެ.

ވައްޑެ ޓްވީޓުގައި އިތުރަށް ފާހަގަ ކުރައްވާފައިވަނީ ހުވަދޫގެ އެމްޑީޕީގެ މެންބަރުން އިންތިއަށް ކުރައްވާ އިތުބާރެވެ.

މި ދަތުރުގައި އިންތިއާއިއެކު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފްވެސް ވަނީ ބައިވެރިވެ ވަޑައިގެންފައިކަން ފާހަގަ ކޮށްލެވެއެވެ. ހަސަން ލަތީފް ވިދާޅުވީ ހުވަދު އަތޮޅުގެ އާންމު މެންބަރުންނަށް ސާފު ނުވާ އެއްވެސް ކަމެއް ނެތްކަމާއި ވީގޮތާި ވަމުންދާ ގޮތް އަދި ވާން އުޅޭ ގޮތްވެސް ހުވަދޫގެ އެމްޑީޕީ މެންބަރުންނަށް ވަރަށް ސާފު ކަމަށެވެ.

ޓްވީޓެއް ކުރައްވާ ހަސަން ލަތީފް މިހެން ވިދާޅުވެ ބުނެފައިވަނީ އެމެންބަރުން ތިބީި އާނދޮގޭ ކިޔާފައި ރައީސް ނަޝީދު ދައްކަވަމުން ގެންދަވާ މަގުން ކުރިއަަށްދާން ކަަމަށެވެ.

މީގެ އިތުރުން ޑެޕިއުޓީ ޕީޖީ ލީޑާ އިލްޔާސް ހަބީބް ޓްވީޓެއެއް ކުރައްވާ ބުނެފައިވަނީ ޕާޓީގެ މެމްބަރުން ތިބީ މިޕާޓީ ހަލާކުވާން، އަދި އަސާސްތައް މުގުރިދާން ދޫކޮށްލައިގެން ނޫންކަމުގެ ކަށަވަރުކަން ހުވަދޫ އެމްޑީޕީ މެމްބަރުންގެ ފަރާތުން އެބޭފުޅުންނަށް ސާފުވެއްޖެ ކަމަށެވެ. އަދި އިތުރަށް އޭނާ ޓްވީތުގައި ބުނެފައިވަނީ ހުވަދޫގެ ތާއީދު އޮތީ އިންތިއަށް ކަމަށެވެ.

ރޯދަ މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބު މިހާރު ވަނީ މެއި މަހުގެ 14 ވަނަ ދުވަހަށް ލަސް ކުރެވިފައެވެ. މިގޮތަށް ލަސް ކުރީ އިންތިހާބުގައި ދެން ވާދަކުރައްވާ ކެޑިޑޭޓު އިކޮނޮމިކް މިނިސްޓާ ފައްޔާޒް އިސްމާއީލްގެ ފަރާތުން އެދިގެން ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށްފަހު އެމްޑީޕީގެ ގައުމީ މަޖިލީހުގައި ނެގި ވޯއްޓާއިއެކުއެވެ. ނަމަވެސް އިންތި ކެމްޕެއިން ޓީމުން ވަނީ އިންތިހާބު ފަސްކުރުމާއި މެދު ދެކޮޅު ހަދާ ނުރުހުންވުން ފާޅު ކޮށްފައެވެ. އަދި މިއީ ޕީޕީއެމްގެ ސިފައެއް ކަމުގައި ބުނަމުން ގެންދިޔައެވެ.

އިންތިހާބުގެ ވާދަވެރިކަމުގައި އިންތިހާބަށް ނުފޫޒު ފޯރުވަމުން ދާކަމަށް ބުނުމުގެ އިތުރުން އެއް މެންބަރަކުން އެނެއް މެންބަރަކަށް އެކި ކަހަލަ ތުހުމަތު ކުރުން ފަދަ ކަންކަމުގެ ސަބަބުން ޕާޓީގެ ތެރޭގައި ވަނީ ދެފެކްޝަނެއް އުފެދި ވަރަށް ބޮޑަށް މަސްލަހަތު ގޯސްވެފައިކަން ފާހަގަ ކޮށްލެވެއެވެ. އަދި އާންމުގެ އިތުރުން އިދިކޮޅުގެ ފާޑު ކިޔުންތައް ދަނީ މިކަމުގެ ުސަބަބުން އެމްޑީޕީއަށް އަމާޒުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: