ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާޑުފާޑުގެ ބޯވަތައް ނިކުމެ އެތިބީ ހީލަތްތެރި މަކަރެއްގެ ތެރެއިން: ވައްޑޭ

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ފާޑު ފާޑުގެ ބޯވަތަކެއް ނިކުމެ އެހައްދަވަނީ ވަރަށް ހީލަތްތެރި މަކަރެއް ކަމުގައި އުގޫފާރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއަޕާސަން ކަމަށް ވާދަ ކުރައްވާ އިމްތިޔާޒް ފަހުމީ (އިންތި) ގެ ތަރުޖަމާނު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅިގެން ޕާޓީގެ ތެރެ ވަނީ ބޮއްސުންލައި މަސްލަހަތު ގެއްލިފައެވެ. އެއް މެންބަރަކު އެނެއް މެންބަރަކަށް އިދިކޮޅަށް ގޮވާ އަތް އުކާ ޕާޓީގެ މެންބަރުންނަށް އެތަކެއް ތުހުމަތުތަކެއް ކޮށް ޕާޓީގެ އެތެރޭގެ ހަމަ ނުޖެހުންތައް މިވަނީ ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް ވަނީ އުފެދިފަ އެވެ.

މި ގޮތަށް ކުރެވެމުންދާ ތުހުމަތުތަކުން އެންމެ ފާހަގަ ކުރެވޭ އެއް ތުހުމަތަކީ އެމްޑީޕީގެ ރައީސް އަދި މަޖިލީހު ރައީސް މުހައްމަދު ނަޝީދު ޕާޓީން ބޭރުކުރަން ޕާޓީގެ އެތެރެއިން ބަޔަކުޔ މަސައްކަތް ކުރަމުން ގެންދާ ވާހަކައެވެ.

ވައްޑެ ވިދާޅުވީ ރައީސް ނަޝީދަށް މިދިޔަ އަހަރުގެ މެއި 6 އެއްގައި ދިން ޓެރަރިސްޓު ހަމަލާ ޕާޓީގެ ގައުމީ މަޖިލީހުން އިންސާފު ލިބެންދެން ބެލުމަށް ހަމަ ޖެހުނު ނަމަވެސް ކޯރަމް ހަމަ ވިޔަ ނުދޭން މަސަކަތް ކުރި މީހުން މިއަދު ޕާޓީގެ މަސްލަހަތަށް މަސައްކަތް ކުރައްވަމުން ދާ ކަމަށެވެ.

އޭނާ މީގެ އިތުރަށް ބުނެފައިވަނީ ރައީސް ނަޝީދުގެ ފޮޓޯ ވިއްކައިގެން މަގާމުތަކަށް އިންތިހާބުވީ މީހުން މިއަދު ތިބީ ރައީސް ނަޝީދާއި އިދިކޮޅަށް ކަމަށެވެ.

“ ރައީސް ނަޝީދާއި އެއްބައި ވެގެން ކަން، ކުރިން ފޮޓޯ ނަގައިގެން ފޮޓޯ ދައްކައިގެން ހޮވުނު ގޮތަށް ދެންވެސް ރައީސް ނަޝީދުގެ ނަން ބޭނުން ކޮށްގެން އައިސް، ބަލަން ތިއްބަވާތި ހަމަ ސީދާ މި ޕާޓީން ރައީސް ނަޝީދު ބާކީ ކުރަން ނިކުމެ އުޅެ ބައެއް އެއީ“ ވައްޑެ ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ މާޒީގެ ގޮތުގައި ސިފަކޮށް އެމަނިކުފާނަށް، މިހާރު ތައީދު ނެތްކަމަށް ބުނަމުން ގެންދިޔަ ނަމަވެސް މި ކެމްޕެއިން ދަތުރުތަކުގައި ރަށް ރަށުން އެމަނިކުފާނަށް ލޯތްބާއި ތާއީދު އޮތް މިންވަރު ހާމަ ވެގެން ދިޔަ ކަމުގައި ވައްޑެ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: