ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރ” ރަސްމީކޮށް ހުޅުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ ފަދައިން މާލެ ސިޓީގެ ޚަބަރުތަކާއި މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކާ މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

ކައުންސިލްގެ ބަޖެޓުގައި ހިމަނާފައިވާ މި މަސައްކަތުގެ ސަބަބުން މާލެ ސިޓީގެ ރައްޔިތުންނާއި މީޑިއާތަކާއި ގުޅެނޭ ވަސީލަތެއް އުފެދިގެން ދިޔައީ ކަމަށް  މިކަމަށް ހާއްސަކޮށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުރުން މީޑިއާ ސެންޓަރުން މާލެ ސިޓީ ކައުންސިލުން ރައްޔިތުންނަށްޓަކައި ރައްޔިތުން އެދޭގޮތަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތަފްސީލް އޯޑިއޯ އާއި ވީޑިއޯ އަދި ބައްދަލުވުންތަކުގެ ޒަރީޢާއިން ރައްޔިތުންނާއި ހަމަޔަށް ގެނެސްދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން މޭޔަރު މުޢިއްޒު ވަނީ ދެއްވާފައެވެ. މިއާއި އެކު އަމިއްލަ ފަރުދުންނާއި އެކިއެކި ޖަމިއްޔާތަކާއި ކްލަބްތަކާއި އެނޫންވެސް ފަރާތްތަކަށް މި ސެންޓަރުގެ ބޭނުން ހިފޭނެ ކަމުގައި މޭޔަރު ވިދާޅުވިއެވެ

މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރު ރަސްމީކޮށް ހުޅުވުމަށް ބޭއްވުނު މި ބައްދަލުވުމުގައި ރާއްޖޭގެ މީޑިއާ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށްދެއްވި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާ ބައިވެރިވެ ވަޑައިގެންނެވިކަން ފާހަގަ ކޮށްލެވެއެވެ

މާލެ ސިޓީ ކައުންސިލްގެ މީޑިއާ ޓީމް އެކުލަވާލެވި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ކައުންސިލްގެ ވެބްސައިޓް ގެ އާ ފަރުމާ، އަދި ޓެލެގްރާމް ޗެނަލް، އަދި މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރު ޤާއިމްކޮށް ރަސްމީކޮށް އިފްތިތާޙް ކުރެވިގެންދިއުމަކީ ކައުންސިލްގެ މަސައްކަތްތަކުގެ މަޢުލޫމާތު މާލެ ސިޓީގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރެވުނު މުހިންމު މަސައްކަތެއް ކަމުގައި މާލެ ސިޓީ ކައުސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން މި މަރުކަޒުގައި އެންމެ ފުރަތަމަ ކުރިއަށް ގެންދިޔުމަށް ހަމަ ޖެހިފައިވާ ހަރަކާތަކީ ކުރިއަށް އޮތް ރަމަޟާން މަހަށް ޚާއްސަކޮށްގެން ކައުންސިލުން ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތާއި، މަދަޙަ މުބާރާތް ކަމުގައި މޭޔަރު ހާމަ ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: