ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުޅެނީ އެމްޑީޕީ ނުހިނގައިގެންނެއްނޫން، ޕާޓީގެ އަސާސްތައް ނައްތާލާ ފުނޑުފުޑުކޮށްލަން: ޝިޔާން

ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (ގިޓާ)
ޝެއާރކޮށްލާ ކަހަލަދޯ؟

އުޅެނީ އެމްޑީޕީ ނުހިނގައިގެން ނޫން ކަމަށާއި އެހެން ގޮތަކަށް ޕާޓީ ބަދަލުކޮށް ޕާޓީ އެއްކޮށް ފުނޑުފުުޑުކޮށްލާ ޕާޓީގެ އަސާސްތައް އެއްކޮށް ނައްތާލަން ކަމުގައި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝިޔާން ވިދާޅުވީ ޕާޓީގެ ގޮތުގައި  އަސާސްތަކާއިއެކު ސާފުތާހިރު ޕާޓީއެއްގެ ގޮތުގައި ރިޔާސީ އިންތިހާބުގައި 2023 ވަނަ އަހަރު ވާދަކުރައްވާނަމަ ކާމިޔާބު ވާނެކަމަށާއި ނަމަވެސް އެއްވެސް ކަހަލަ އިންތިޒާމް ތަކެއްނެތި ޕީޕީއެމްއާއި ޑީއާރުޕީފަދަ ކަރަޕްޝަންގެ  ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ މިއަދު ތުހުމަތު ކުރެވޭ ކަމަށެވެ.

ޝިޔާން ވިދާޅުވީ އުޅެނީ އެމްޑީޕީ ނުހިނގައިގެން ނޫން ކަމަށާއި ޕާޓީގެ އަސާސްތައް އެހެން ގޮތަކަށް ބަދަލުކޮށް ޕާޓީ އެއްކޮށް ފުނޑުފުޑުކޮށް ނައްތާލުމަށް ކަމުގައެވެ.

އެމްޑީޕީއިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ދުވަސްވަރު އެންމެ ބޮޑަށް ވީ ވައުދުތައް ނުފުއްދާ ކަމުގައި ޝިޔާން ވިދާޅުވިއެވެ. އެމްޑީޕީއިން ވީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މަރުތަކުގެ މަރުތަކުގެ މައްސަލައާއި އެމްއެމްޕީ އާރުސީގެ މައްސަލަފަދަ ބޮޑެތި މައްސަލަތައް ކޮޅެއްގައި ނުޖެހިގޮސް މުޅި ރާއްޖޭގައި ނަރުދަމާ ގާއިމްކޮށް މުޅި ރާއްޖޭގެ ކޮންމެ ރަށެއްގައި ހޮސްޕިޓަލް ގާއިމް ކޮށް މުޅި ރާއްޖޭގައި ފުޓްބޯޅަ ދަނޑު އެޅި ނަމަވެސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަކީ ނާދިރު ކަމެއް ކަމުގައި ޝިޔާން ވިދާޅުވިއެވެ.

ޕްރޮޖެކްޓަށް ބަލައިގެން ވެރިކަމަށް އަންނާނެ ނަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ނިމިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުނީސް ކަމުގައި ޝިޔާން ވިދާޅުވިއެވެ.

އެމްޑީޕީގެ އަސާސްތައް ކަމުގައި ހިމެނޭ ވައްކަމާއި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރާ ޕާޓީއެއް ކަމަށާއި ޕާޓީގެ ރައީސް އަކީ އަމިއްލަފުޅު ވިޔަފާރިއެއް ކުރައްވާ ބޭފުޅެއް ނޫން ކަމަށާއި ޖާހަތު ބޮޑުކުރުމަށް މަސައްކަތް ކުރައްވާނެ ބޭފުޅެއް ނޫންކަން ރާއްޖޭގެ އާންމު ރައްޔިތުން ގަބޫލު ކުރައްވާ ކަމުގައި ޝިޔާން ވިދާޅުވިއެވެ. އެކަން ހާމަވެގެންދަނީ ރަށްތަކަށް ކުރައްވާ ދަތުރުތަކުން ކަމުގައި ޝިޔާން ވިދާޅުވިއެވެ.

ޝިޔާން ވިދާޅުވީ ޕާޓީގެ އަސާސްތައް ދެމެހެއްޓޭނީ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ގެނެސްގެން ކަމުގައެވެ.

ޝިޔާން ވިދާޅުވީ ޕާޓީ ނުހިނގައިގެން ޕާޓީގެ ޖަގަހަތައް ނުހިނގައިގެން އެއްވެސް ރަށަކުން މައްސަލަ ނުޖައްސާ ކަމަށެވެ. އެމްޑީޕީ އަބަދުވެސް ހިންގަނީ ޕާޓީގެ އާންމު މެމްބަރުންގެ ޖީބުން ކަމަށާއި ވިޔަފާރި އުސޫލުން ޕާޓީ ހިންގަން ވެއްޖެ ނަމަ ޕާޓީއަށް ވެގެން ދިޔަގޮތް އެހެން ސިޔާސީ ޕާޓީ ތަކަށް ބަލައިލައިފިނަމަ ފެނިގެންދާނެ ކަމަށެވެ.

އެގޮތުން ވިޔަފާރިވެރިން ހިންގާ ޕާޓީތައް ހިނގާ އުސޫލަކީ ގޮނޑި ޖަހަން ޖެހޭ މީހާ ވެސް އެކަން ކުރަނީ ލާރިއަށް ކަމަށާއި ކައްކާ މީހާގެ ކެއްކުމަށްވެސް ލާރިދޭން ޖެހޭ ކަމަށާއި ދިދަ ޖަހާ މީހާއަށް ވެސް ލާރިދޭން ޖެހޭ ކަމަށެވެ. ޝިޔާން ވިދާޅުވީ އެގޮތަށް ސިޔާސީ ޕާޓީ ހިންގަން ވެއްޖެނަމަ ސިޔާސީ  ޕާޓީ ނުހިނގާނެ ކަމުގައެވެ.

އެމްޑީޕީ އުފެދި މިވީ 16 އަހަރުދުވަހުގެ ތެރޭގައި 94000 މެމްބަރުންނާއެކު މިހާހިސާބަށް އައިސްފައިއޮތީ އާންމު މެމްބަރުން ޕާޓީދެކެ ވާލޯބީގެ ސަބަބުންނާއި ވަމުންގެންދާ ގުރުބާނީގެ ސަބަބުން ކަމުގައި ޝިޔާން ވިދާޅުވިއެވެ. ނަމަވެސް އެފަލްސަފާ ބަދަލުކުރުމަށް ފަހުން ޕާޓީއާއި ގުޅުނު ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމުގައި ޝިޔާން ވިދާޅުވިއެވެ.

ޝިޔާން ވިދާޅުވީ އެމްޑީޕީއިން ސިޔާސީ މަސައްކަތެއް ނުވަތަ ކެމްޕޭނެއް ފަށައިފިނަމަ އެކަން ކުުރުމަށް ފައިސާ ނުފޮނުވާ ކަމަށެވެ. އަދި ކެމްޕޭން ހަރަކާތްތައް ހިނގަމުންދަނީ ވަރަށް ރަނގަޅަށް ކަމަށާއި ޖަގަހަ ތަކުން ލަވަވެސް ޖަހާނެ ކަމަށާއި ދިދަފަތިދެމުން ފަދަ ކަންކަން ހިނގާކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: