ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ އަސްކަރީއާއަށް ޖާގަ ދޭނަމަ، އެހެން ގައުމުތަކުން ވެސް އޭގެ ފަހަތުން އަންނާނެ: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމުގެ ނަތީޖާއަކަށް ވާނީ ޗައިނާ އާއި އެމެރިކާ ފަދަ ބާރުގަދަ ގައުމުތަކުން ވެސް ރާއްޖޭގައި އަސްކަރީ ބާރު ހިންގަން މަސައްކަތް ކުރުން ކަމުގައި ކުރީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މަޝްހޫރު ނޫސް އޭޖެންސީ “ރޮއިޓާސް” އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޔާމީން މިހެން ވިދާޅުވީ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް އެމަނިކުފާނު ހިންގަވާ “އިންޑިއާ އައުޓްގެ” ގެ ހަރަކާތުގާއި ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ. މިއީ ބައިނަލްއަގުވާމީ މީޑިއާއެއްގައި އިންޑިއާ އާއި ދެކޮޅަށް އެމަނިކުފާނު ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

ރޮއިޓާސްއަށް ދެއްވި އިންޓަވިއުގައި ރައީސް ޔާމީން ވިދާޅުވި ގޮތުގައި އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމުން އެކަމުގެ ބިރު އޮތީ ރާއްޖޭގެ ގައުމީ ސަލަމާތަށް އެކަޏެއް ނޫނެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ތަރައްގީއަށްވެސް ހުރަސް އެޅޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަމާއި މެދު އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ރާއްޖެއަކީ އެކި ގައުމުތަކުގެ އަސްކަރީ މަރުކަޒުތައް ހުންނަ ތަނަކަށް ވާން ބޭނުން ނުވާ ކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގެ ދާހިލީ އަދި ހަރިޖީ ހަމަ ޖެހުމަށް ނުރައްކާވާނެ ކަމުގައި ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން އިންޑިއާގެ ސިފައިން ރާއްޖެއިން ބޭރު ކުރުން ވަރަށް މުހިންމުކަމަށެވެ.

މި ދަނޑިވަޅުގައި ރައީސް ޔާމީންގެ އެ ތުހުމަތުތަކަށް ރައްދުދެއްވައި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ރޮއިޓާސްއަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ، އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބީ އެ ގައުމުން ރާއްޖެ އަށް ހަދިޔާކޮށްފައިވާ އަސްކަރީ ތިން މަތިންދާބޯޓުތަކުގައި ހިންގާ ސާޗު އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި ދިވެހި ސިފައިންނަށް އެހީވުމަށް ކަމަށެވެ. އަދި އެމަނިކުފާނު ތުހުމަތު އެ ކުރައްވާފަދަ އެއްވެސް ކަމެއް ހިގަމުން ނުދާކަމަށެވެ.

މީގެއިތުރުން ރައީސް ޔާމީން ވިދާޅުވީ، މިއީ އެއްވެސް އަމިއްލަ އެދުމެއްގެ ސަބަބުން ދައްކާ ވާހަކައެއް ނޫންކަމަށާއި އެއްބަސްވުންތަކުގެ ހަގީގަތް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. ގައުމާއި މެދު ގޮތް ނިންމާނީ ދިވެހި ރައްޔިތުންކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ކަނޑުތަކަށް ބާރު ފޯރުވުމުގެ ފުރުސަތު އިންޑިއާއަށް ދީގެން ނުވާނެ ކަމަށެވެ.

މިއަދު ވެސް ގައުމުގެ އެކި ހިސާބުތަކުގައި އިންޑިއާ ސިފައިން ތިބީ ހަތިޔާރާއި އެކުކަމަށް ވާއިރު މިއީ ވަރަށް ނުރައްކާތެރި ވާހަކަތަކެއްކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެގްރިމެރިމެންޓުތަކާއި ގުޅުވައި، ޑިފެންސް މިނިސްޓްރީން ވެސް މީޑިއާތަކާއި އަދި އާއްމުންނާއި ހިއްސާ ކުރަނީ ދޮގު މައުލޫމާތުތައް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: